ބޮލީވުޑު އެކްޓަރުންގެ ތެރެއިން ރީތި، ފިޓް ހަށިގަނޑަކަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ ފަންނާނުންގެ ތެރެއިން އެކަކީ ޓައިގަރ ޝްރޯފްއެވެ.

ފިލުމު ''ބާގީ'' ގެ ސީކުއަލް ފިލުމުތަކާއި، ''ވޯރ'' އާއި ''ފްލައިން ޖެޓް'' ފަދަ ފިލުމުތަކުން އެތައް ޒުވާން އަންހެނުންގެ ސަމާލުކަން ލިބިފައިވާ ޓައިގަރ ޝްރޯފް އަންހެނަކާއި ވައްތަރު ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ޓައިގަރ ޝްރޯފުގެ ފުރަތަމަ ފިލުމު ''ހީރޯޕަންތީ'' ގައި ޓައިގަރ އަންހެނަކާއި ވައްތަރު ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޓައިގަރ އެންމެ ވައްތަރީ ބޮލީވުޑުގެ ބަތަލާ ކަރީނާ ކަޕޫރު ޚާނާއި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓައިގަރއާއި ބެހޭގޮތުން ދެކެވޭ މި ފާޑުކިޔުންތަކަށް އޭނާގެ ބައްޕަ ޖެކީ ރައްދެއް މި ވަނީ ދީފައެވެ.

''ޓައިގަރ އަންހެނަކާއި އްތަރު ކަމަށް ބުނާ ބުނުމަށް ބުނެލަން އޮތީ ޓައިގަރއަކީ އަދިވެސް ކުޑަކުއްޖެއް. އޭނާ އަންނަނީ ބޮޑުވަމުން. މީހުން އަޑުތައް ފަތުރާ ވައްތަރު މީހެއް ނޫން ޓައިގަރއަކީ. އެއްވެސް މީހަކު އުފަންވާއިރު އެމީހެއްގެ ތުނބުޅި މަތިމަހެއް ނުހުންނާނެ'' ފާޑުކިޔުންތަކާއި މެދު ހިތްހަމަ ނުޖެހިފައިވާ ޖެކީ ޝްރޯފް ބުންޏެވެ.

ކަރީނާއާއި ވައްތަރު ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޖެކީ ބުނެފައިވަނީ، ކަރީނާއާއި ޓައިގަރ ވައްތަރު ނަމަ، ޓައިގަރއަކީ ވަރަށް ''ކިޔުޓް'' މީހެއް ކަމަށެވެ.

މިކަމާއި ބެހޭގޮތުން އަރުބާޒު ޚާންގެ ޝޯގައި ވާހަކަ ދައްކަމުން ޓައިގަރ ބުނެފައިވަނީ ''ހީރޯޕަންތީ'' ރިލީޒްވުމުގެ ކުރިން ވެސް އޭނާ ހުންނަ ގޮތާއި މެދު މީހުން މަލާމާތް ކުރާކަމަށެވެ. އެކްޓަރެއް ތޯ ނުވަތަ އެކްޓްރެސްއެއްތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށް އޭނާ ބުންޏެވެ. އަދި ޖެކީގެ ދަރިއަކާއި ވައްތަރު ނޫންކަމަށް ވެސް ބައެއް މީހުން ބުނާ ކަަމަށް ޓައިގަރ ބުނެފައިވެއެވެ.

މިއަދު ޓައިގަރގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކަކީ އެފަދަ ފާޑުކިޔުންތަކުގެ ސަބަބުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ވެސް ޓައިގަރ ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާދަމް

    "މިއަދު ޓައިގަރ ގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކަކީ އެފަދަ ފާޑުކިޔުންތަކުގެ ސަބަބުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށްް ވެސް ޓައިގާ ބުނެފައި ވެއެވެ."
    މިހެން ބުނާއިރު ހީވަނީ ތިމާގެ ހަށިގަނޑަކީ ވެސް ތިމާގެ މިލްކެއްހެން. އެ ހަށިގަނޑަށް ބަދަލު ގެނެސް ސޫރަކޮށް ހަދަނީ ވެސް ތިމާހެން.
    ނޫސްވެރިންވެސް ޚަބަރުތައް ލިޔުއްވާއިރު ދިވެހިބަހުގެ ޤަވާއިދާ ދިވެހި ބަހުގެ ހަމަތަށް ދަސްކުރެއްވުން އެދެން.
    ދޭހަނުވާގޮތަށް ބުނެވޭ ބުނުމަކީ ބުނުމެއް ނޫން.އެއީ ހުނުމެއް.

    6
    4
    • ސަމާ

      ބޮޑު ހަރުކަށި.
      ކަލޭމެންނަށް ނޭނގޭކަމެއްވެސް ނެތްދޯ ؟

      2
      2
  2. Anonymous

    ވައްތަރު ވުމުން ކޮބާ މައްސަލަޔަކީ، އެސޮރު ވައްތަރު އަންހެނަކާ.

    7
    3
  3. Anonymous

    ވައްތަރު ވުމުން ކޮބާ މައްސަލަޔަކީ، އެސޮރު ވައްތަރު އަންހެނަކާ..

    5
    4
  4. ކޭ

    ޓައިގާއަށް ހިތްކިޔާ ފިރިހެނުންތަކެއްގެ ކަމަކަށް ވާނީ.

    5
    1