އިންސާނުންނަކީ އެބައި މީހުން ގެންގުޅޭ ޖަނަވާރުތައް ދެކެ ވަރަށް ލޯބިވާ ބައެއް ކަން ގިނަ ފަހަރު މިސްމީޑިއާއިން ގެނެސްދޭ ހަބަރުތަކުންނާއި ފެންނަ ކަންތައްތަކުން އެނގެއެވެ. މިއީ ވެސް އެފަދަ ޖަނަވާރެއް ދެކެ ވަރަށް ލޯބިވާ މީހަކު އެސޮރާއި އެކީ ދަތުރު ކުރުމަށް ކޮށްފައިވާ ކަމެއްގެ ވާހަކައެކެވެ.
ނަން ހާމަނުކޮށް ކުއްތާއެއް ގެންގުޅޭ މީހެއްގެ މައުލޫމާތު މީސްމީޑިއާގައި މިވަނީ ދައުރުވާން ފަށާފައެވެ. އެއީ އެކުއްތާ ގޮވައިގެން އަރާމު ކަމާއި ހިތްހަމަ ޖެހުމާއި އެކީ ދަތުރު ކުރުމަށް އެއާ އިންޑިއާގެ A320 ފްލައިޓުގެ ބިޒްނަސް ކްލާސް އެއްކޮށް ހިފި މީހެއްގެ ވާހަކައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފްލައިޓަކީ އެއީ މުމްބާއީން ފުރައިގެން ޗެއްނާއީ އަށް ދަތުރު ކުރި ފްލައިޓެކެވެ. ދެގަޑިއިރުގެ މި ދަތުރަށް އާއްމުކޮށް ބިޒްނަސް ކްލާސް ޓިކެޓެއް ލިބެނީ 18،000 ރުފީސް އާއި 20،000 ރުޕީސް އާއި ދެމެދުއެވެ.
އެއާ އިންޑިއާގެ އެ ފްލައިޓުގައި ބިޒްނަސް ކްލާހުގެ 12 ގޮނޑި ހުރެއެވެ. އެހެން ނަމަވެސް އޭނާ ވަނީ ކުއްތާއާއި އެކީ ދަތުރު ކުރުމަށް ހުރިހާ ސީޓެއް ވެސް ގަނެފައެވެ. އެއީ އިތުރު ބަޔަކު ތިބެއްޖެނަމަ، އޭނާ ހިތްހަމަ ނުޖެހިދާނެތީއެވެ. ނުވަތަ އުނދަގޫތަކެއް ވެދާނެތީއެވެ.
ކުއްތާއެއް ގޮވައިގެން ފްލައިޓަށް އޭނާ އެރުމާއި އެކީ ގިނަ ބަޔަކު ވަނީ އެފަދަ ޖަނަވާރުތައް ގޮވައިގެން ފްލައިޓަށް ނޭރޭ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން އެއާއިންޑިއާއިން ބުނެފައިވަނީ ވަކި ކަހަލަ ޝަރުތުތަކަކާއި އެކީ މިހާރު ޖަނަވާރުތައް ގޮވައިގެން ފްލައިޓަށް އެރޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެއީ ކުއްތާ ގޮވައިގެން ފުލައިޓައް ނޭރިގެން މީހުން އަތުން ލޯނު ނަގައިގެން ބިޒަނަސް ކުލާހުގެ ހުރިހާ ސީޓެއް ގަނެލީ.

    1
    2
    • މުދި

      ކޮންމެ ކޮންމެ މީހަކީ ކަލެއެއް ނޫނޭ