އަންހެނަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް، ހަ މަސް ވަންދެން އަވަށު ހުރިހާ އަންހެނުންގެ އަންނައުނު ހިލޭ ދޮވުމަށް އިންޑިއާގެ ބިހާރްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އުމުރުން 20 އަހަރުގެ އެ މީހާގެ މައްޗަށް މިފަދަ ހުކުމެއް ކޮށްފައި ވަނީ އޭނާ ޖަލު ހުކުމަކުން ސަލާމަތްވާން ބޭނުން ނަމަ ކަންތައް ކުރަން ޖެހޭނީ މިގޮތަށް ކަން ބަޔާން ކުރަުންނެވެ.

ކޯޓުން ކުރި އެ ހުކުމާއެކު އެތައް ބަޔަކު މިހާރު ދަނީ އެކަމާއި ވާހަކަދައްކަމުންނެވެ. އެ ހުކުމްގެ ކޮޕީ މިހާރު ވަނީ ވިލޭޖް ކައުންސިލާއި ހަމައަށްވެސް ގޮސްފައެވެ.

އެ ކޯޓުގެ ހުކުމްގައި ވަނީ ބޮޑު މެސެޖެއްވެސް ލިިޔެފައެވެ. އޭގައި ލިޔެފައި ވަނީ މިއަށްފަހު އެއްވެސް މިފަދަ ކުށެއް ނުކުރާނެ ކަމަށެވެ.

އެ ހުކުމް ރައްދުވި މީހާގެ ގާނޫނީ ވަަކީލް ބުނެފައި ވަނީ، އޭނާގެ ކްލައިންޓަކީ ވަޒީފާގެ ގޮތުން އެއްޗެހި ދޮވެދީ އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ ބޭނުންވީ އެފަދަ އަދަބެއް ކަމަށްވެސް ބުނެފައި ވެއެވެ.

"އޭނާ ބޭނުންވި ގޮތް ކޯޓުގައި ބުނެދިނުމުން ކޯޓުން އެފަދަ ހުކުމެއް ކޮށްފައި ވަނީ".

އޮފިޝަލުން ބުނެފައިވާގޮތުގައި، އެ ވިލޭޖްގެ އާބާދީއަކީ 2000 އެވެ. ކޯޓުގެ އެ ހުކުމާއި އެއްގޮތަށް އޭނާ އެ މީހުންގެ އަންނައުނު ކޮންމެ ދުވަހަކު ދޮންނަން ޖެހޭނެއެވެ.

ދަ ލޯކަލް ވިލޭކް ކައުންސިލް ޗީފް ނާސިމާ ޚަތޫން ވަނީ އެއީ ތާރީހުގައި ލިޔެވިގެންދާނެ ފަދަ ހުކުމެއް ކަމަށް ބުނެފައެވެ.

"މިއީ އަންހެނުންގެ އިއްޒަތާއި ކަރާމާތް ހިފެހެއްޓިގެންދާނެ ފަދަ ހުކުމެއް. އެހެންކަމުން މިފަދަ ކުށަކަށް އަރައިގަތުމުގެ ކުރިން 100 ފަހަރަށް ވިސްނާނެ".

އެ މީހާއާ ދެކޮޅަށް ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އޭނާ އޭޕްރިލް 17 ވަނަ ދުވަހު އަންހެނަކު ދިރިއުޅޭ ގެއަކަށް ވަދެ އޭނާ ރޭޕް ކުރަން އުޅުނު ކަމަށެވެ. އޭނާ ރޭޕް ކުރަން އުޅުނު ކަމަށް ބުނާ މީހާ މައްސަލަ ހުށަހެޅުމުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭޕްރިލް 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ހުރީ ޖަލު ބަންދުގައެވެ.

އިންޑިއާ އަކީ ޖިންސީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ގައުމެެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    2000 އަކީ އެ ވިލޭޖް ގެ އާބާދީތޯ ބުވަތަ އެ ވިލޭޖް ގެ އަންހެނުންގެ އާބާދީތޯ؟ ދެން އޮތް ސުވާލަކީ ވިލޭޖް އަކީ ކޯންޗެއްތޯ؟ މީހަކަށް ކިޔާ ނަމެއްތޯ ތަނެއްގެ ނަމެއްތޯ؟ އެއީ ނޭނގޭ ބޭފުޅުންވެސް ތިއްބަވާނެތީ...

    1
    1