އިންޑޮނޭޝިއާއަށް ނިސްބަތްވާ ޚޮއިރުލް އަނަމް ނަމަކަށް ކިޔާ ފިރިހެނަކު މި ވަނީ އޭނާ ރައިސް ކުކަރަކާއި ކައިވެނި ކުރުމަށްފަހު ނަގާފައިވާ ފޮޓޯތަކެއް މީސް މިީޑިއާގައި ހިއްސާކޮށްފައެވެ. މިދިޔަ ހަފްތާ ތެރޭގައި އޭނާ ކައިވެނިކުރިއިރު އޭނާ ހުރީވެސް ކައިވެނި ކުރަން މީހުން ލާ ގޮތަށް ހެދުން އަޅައިގެންނެވެ. އޭނާ ކައިވެނިކޮށްފައި ވަނީ ހުދު ކުލައިގެ ރައީސް ކުކަރާއެވެ. އެ ކުކަރުގައި ހުރި ކައިވެނި ކުރާއިރު އަންހެނުން ބޭނުން ކުރާ ޒާތުގެ ވެއިލްއެއްވެސް އަޅުވާފައެވެ.


އޭނާ މީސް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ފެނިގެން ދަނީ އޭނާ ކައިވެނި ކުރި ކަމަށް ބުނާ ރައިސް ކުކަރު ކައިރީގައި އިށީންދެގެން އިންނަ ތަނެވެ. އަދި އެހެން ފޮޓޯއަކުން އޭނާ ރައިސް ކުކަރަށް ބޮސްދޭތަންވެސް ފެނިގެން ދެެއެވެ. އަދި އޭނާ އިތުރު ބަޔަކާއެކު ތިބޭއިރު ކައިވެނިކޮށް ނިންމާފައި ސޮއިކުރާތަންވެސް ފޮޓޯތަކުން ފެނިގެން ދެއެވެ.

އެ ފޮޓޯތަކަށް މިހާތަނަށް 7000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، 1200 އެއްހާ ކޮމެންޓް ލިބިފައި ވެެއެވެ.

މިއީ މީހަކު މޮޔެވެގެން ކޮށްފާނެ ކަންތައްތަކެއް ކަމަށް އެތައް ބަޔަކު ބުނެފައިވައިރު، އޭނާ ކައިވެނި ކުރިތާ ހަތަރު ދުވަސް ފަހުން އޭނާ ވަނީ ވަރިކޮށްފައިވާ ކަމަށް ބުނެފައެވެ. ސަބަބެއް ކަމަށް ބުނީ އޭގެން ހަމައެކަނި ކެއްކެނީ ބަތް ކަމަށެވެ. އޭނާ ވަނީ ވަރިވިކަންވެސް ފޭސްބުކްގައި ިއިއުލާނުކޮށްފައެވެ.

މިއީ މީހަކު މީސް މީޑިއާގެ ސަމާލުކަން ހޯދަން ވެގެން ކުރި ކަމެއް ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން ައަނަމްއަކީ އެ ގައުމުގެ މަޝްހޫރު ތަރިއެކެވެ. އަދި މީހުންގެ ސަމާލުކަން ހޯދަން އޭނާ އެފަދަ ކަންތައް ކޮށް އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަމާ

    މިކަހަލަ މިނިވަންކަން ހޯދަން މިގައުމުގައިވެސް ބަޔަކު ހޭބަލިވާނީ .
    ކޭކޭ ދެންބުނާނީ ؟

    36
    2
  2. ޣގމޮހ

    އިންޑޮނޭޝިއާގަ .... މުސްލިމު .....ނޫން .... މީހުން ... އުޅޭތަ؟

    16
    1
    • ޙދބސގ

      ޞަިވަރު އުޅެ. 100 ޕަސެންޓް މުސްލިމް ގައުމެއްނޫން

    • ޒިންމާ

      އަހަރުމެންގެ ސަމާލުކަން ހޯދަން!ތިކަހަލަ ގަޅިސޮރަކަށް ސަމާލުކަމެއް ދެވެންނެތް ވާހަކަ އިހުތިރާމާއެކު ދަންނަވަން..

  3. ހުސޭނުބޭ

    ކުއްޖަކު ލިބެންދެން ހިތްވަރުކޮށްލިނަމަ

    13
    • އެލެކްސް އަހުމަދު

      ނޭގެއެއްނު ބަލިވެ ނުއިންނަކަމެއް! ކަލެޔަކަސް ބޭނުމިއްޔާ އިއްދަ ހަމަވަންދެން މަޑުކުރޭ!

  4. ކުކް

    ކަރަންޓު ޖައްސާފަ ފިއްސާލީދޯ.

    15