ފްރާންސްގައި އެކަނި އުޅޭ އަންހެނުންނަށާއި، އަދި އެއްޖިންސުން ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ވެސް ދަރިން ހޯދުމުގެ ހުއްދަދީ ޖޫން މަހު ފާސްކުރި ގާނޫނަށް މިދިޔަ ބުދަ ދުވަހު އަމަލު ކުރަން ފެށިއިރު އެފަދަ އަންހެނުންނަށް ދަރިފަނި ދޭނެ ފިރިހެނުން ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދަރިފަނި ވިއްކައިގެން އުޅޭ ފިރިހެނުން ހުޅަނގުގެ ގިނަ ގައުމުތަކުގައި ވަރަށް ގިނައެވެ. އެއީ ބަޔަކު ކުރާ މިލިއަނުން ފައިސާ ލިބޭ ވިޔަފާރިއެކެވެ.

ނަމަވެސް ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި އިންސާނީ އާއްމު އުސޫލާއި ހިލާފު އަދި ޒަމާންވީ އާދަކާދަތަކާއި ހިލާފު މިފަދަ އަމަލުތައް ކުރަން ފްރާންސްގައި މާބޮޑު ތަރުހީބެއް ނެތެވެ.

ފްރާންސްގެ ގާނޫނުތަކުން މިހާރު ފަހިކޮށްދީފައިވާ ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން ދަރިން ހޯދަން ހުޅަނގުގެ އެހެން ގައުމުތަކުން ވެސް އަންހެނުން ފްރާންސަށް ދަތުރު ކުރާކަމަށް ވެއެވެ. ނަމަވެސް ފްރާންސްގައި އަންހެނުންނަށް މިހާރު ކުރިމަތިވަނީ ގާނޫނީ މައްސަލައެއް ނޫނެވެ. މިހާރު ކުރިމަތިވަނީ ދަރިފަނި ހޯދުމުގެ މައްސަލައެވެ.

ދަރިފަނި ހަދިޔާ ކުރުމާއި ދެކޮޅު އެކްޓިވިސްޓަކު ފްރާންސްގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހުރިހާ ވެސް މައްސަލައަކީ އިންސާނީ އާއްމު އުސޫލާއި ބަޔަކު ހިފާލުވުން ކަމަށެވެ. "ރަނގަޅަށް ހިނގަމުން އައި އުސޫލު ބަދަލުކޮށް އިންސާނީ ހަމަތަކާއި އުސޫލުތަކާއި ހިލާފަށް ދުނިޔެ ނުވެސް ދަންނަ ކަންކަން ތައާރަފް ކުރަން އުޅުމުގެ ނަތީޖާ މިފެންނަނީ. މިފަދަ ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ އާބާދީ މަދުވެ، ކުރިއަށް އޮތްތަނުގައި އަދި ބަޔާން ކުރަން ވެސް ނޭނގޭ އެތައް މައްސަލަތަކެއް ކުރިމަތިވާނެ." އޭނާ ބުންޏެވެ.

ފްރާންސްގެ ފާޓިލިޓީ ކްލިނިކްތަކުން ވެސް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އަންހެނުންނަށް އެކަނި ދަރިން ހޯދަން ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނު ފާސްކުރި ނަމަވެސް އެއީ އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ގާނޫނެއް ފާސްކުރިޔަސް ފްރާންސްގެ ސަރުކާރުން ބޭނުންވާ ގޮތައް މިފަދަ ކަންކަމެއް ނުކުރެވެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    އިންސާނުން ދެޖިންސުން އުފައްދަވާފަވާގޮތް ކަމުނުގޮސްގެން އެއްޖިއްންސުން ކައިވެނިކޮއްގެން އަދި ފިރިހެނުންގެ ދަރިފަނިވެސް ހޯދަންޖެހޭ؟؟؟ އަޅެ ގޮން ޖަހާލާފަ ތިބެބަލަ އެއްޖިންސުން ގުޅުން ހިންގައިގެން މާބަނޑުވޭތޯ ބަލަން!!!

    36
    2
  2. ހުސޭނުބޭ

    ތިއީ ތިހެންތެޅޭ އަހްހެންވެރިންގެ ހާލު. ތިހެން ތެޅޭ ފިރިހެނުން ދަރިން ހޯދަން ކޮންމެވެސް އެއްޗެއް ހޯދަންޖެހޭނެދޯ! އެމީހުންގެ އަންހެނެއްގެ ރަހިމް ހޯދާނީ ކިހިނެއް؟

    15
    2
  3. Anonymous

    އެހެންވެގެންތާ ދިވެހި ކުރީގެ ޢާލިމަކު ވެސް ވިދާޅުވީ، ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔައްވެސް ބޭސްކުރާ ވަރުގެ ކަމެކޭ...

    12
    2
  4. ވިސްނާ

    ﷲ ގަބޫލްނުކޮށް ބޭނުންހާގޮތަކަށް އުޅުމުން ދިމާވެދާނެކަމަކަށް ނުވިސްނާ އެއްޖިންސުން ގުޅުން
    ހިންގުމުގެ ނުބައިކަމާ ގެއްލުން އަންގަވާފައިވަނީ އެކަމުގެ ނުބައިކަމުން

    9
    2
  5. އަލިބެ

    މީގެ 25، 30 ހަކަށް އަހަރު ކުރިން އެއް ޢާއިލާގެ ދެމެމްބަރަކު ތިބިތާކު ފިލްމެއްގެ ގައިގޯޅި މަންޒަރެއް ފެނުނަސް ލަދުން ހަލާކުވާވަރު ވެއެވެ. ޚާއްޞަކޮށް މައިންބަފައިންނާ ދަރިން ތިބިތާކު މިފަދަ މަންޒަރެއް އޭރު ނުވެސްބަލައެވެ. އެއީ ދީނީ ގޮތުންނާއި އަކްލާޤީގޮތުންވެސް ވަރަށް ގޯސްކަމެއްކަމަށް ދެކެވޭތީއެވެ. އެކަމަކު މިއަދު އެހެންތޯއެވެ. ހުރިހާ ހަޑިހުރުކަމެއް ޢާއްމުވެ އެވާހަކަތައް ދެއްކުމަކީ ފަޚުރެއްކަމުގައި ދެކެވުނީއެވެ. އެއްޖިންސުންގެ ދެމީހުން ކާވެނިކޮށް ޖިންސީ ގުޅުން ހިންގާ ވާހަކައެވެ. ދަރިފަނިލައްވާ ވާހަކައެވެ. ޖިންސީ ގުނަވަން ބަދަލުކުރާ ވާހަކައެވެ. މާތްކަލާކޯއެވެ. ކުރާނީ ކީއްހެއްޔެވެ؟ ގޯސްކަމެއް މީހަކު ސިއްރިޔާތުގައި ކޮށްފާނެއެވެ. އެޒަމާނުގައިވެސް ކުރެއެވެ. އެކަމަކު މިހާފާޅުގައި ޤައުމުތަކުގައި މިކަންކޮށް އަދި މިވާހަކަތައް މާ މޮޅުކަމަކަށް ހަދާފައި ދުނިޔޭގެ މީޑިއާ ތަކުގެ ފަލަ ސުރުޙީތަކަށް އަރުވައިގެން އުޅޭތީވެ އަހަރެން ހަމަ އަޖައޮބުވެއްޖައީމެވެ. މިއީ ހަޑިހުތުރި، ނަލަ ޗާލަށް ބަދަލުވާޒަމާން ވިއްޔާއެވެ. ސަހަރޯއެވެ. އަހަރެމެން މިރާްޖޭގައިވެސް މިފަދަ ޚަބަރުތައް މިހާރު ޢާއްމުވެ އެފަދަ ޚަބަރެއް ނެތިއްޔާ އެއީ ނޫހަކަށްވެސް ޓީވީ ޗެނަލަކަށްވެސްނުވެއެވެ. ޔާﷲ މިފަދަ ނުބައި ކަންކަމުން އަހަރެމެން ސަލާމަތްކުރައްވާށިއެވެ! އާމީން.

    5
    2
  6. ައަބްޅޯ

    އުފެދޭސުވާލަކީ ދަރިފަނި ނަގަނީ ފިރިހެނުންގެ ކިބައިންކަމަށްވާތީ ތިކުރާކަމަކީ ބޭކާރު ތާކުން ތާކުނުޖެހޭކަމެއްކަން ތިކަމުން މަންފާކުރާނީ މުއްސަދިންނަށް އެމީހުންގެ ޖީބުބޮދުކުރުމަށްޓަކައި ރާވައިގެން ހިންގާ ވިޔާފަރިއެއް

    2
    2