އަންހެން ނޫސްވެރިންނަށް ވޯލްޑް ކަޕްގެ ތެރެއިން ރައްކާތެރިކަމެއް ނެތް ކަމަށް މީސްމީޑިޔާގައި އަޑު ހަރުކޮށް ބުނަމުން އެބަދެއެވެ.

މޮސްކޯގައި މެޗް ކުރިއަށްދިޔަ ވަގުތު ލައިވްކޮށް ކިޔަމުންދިޔަ ހަބަރުގެ ތެރެއިން ސްޕެއިންގެ އަންހެން ނޫސްވެރިއަކަށް ސަޕޯޓަރަކު ވަނީ ގޯނާ ކޮށްފައެވެ.

އެމީހާ ވަނީ ކެމެރާ ކުރަމުން ދަނިކޮށް އަންހެން ރިޕޯޓަރުގެ ކޮލުގައި ބޮސްދިނުމަށްފަހު ދުވެފައެވެ.

އެ ރިޕޯޓަރު ވަނީ 4000 މީހުން ފޮލޯ ކުރާ އޭނަގެ އަމިއްލަ ޓްވިޓަރ އެކައުންޓްގައި އެ ވީޑިޔޯ ކުލިޕް ހިއްސާކޮށް އަދި ވީޑިޔޯއާއިއެކު ލިޔެފައި އޮތީ މިފަދަ ކަންތައް ހުއްޓަން ވެއްޖެ ކަމަށެވެ. އަދި އެ ވީޑިޔޯ ހިއްސާކުރަނީ، މިއީ އަންހެނުންނަށް ގޯނާކުރުން ކުރުން ކަމަށް ދެއްކުމަށް ކަމަށާއި އެއްގޮތަކަށްވެސް މިއީ މަޖާ ކަމެއް ނޫންކަމަށެވެ. އޭގެ އިތުރުން މިއީ އާންމު ކަމެއް ނުވަތަ ކުޑަކަމެއް ކަމުގައި ނުދެކޭ ކަމަށް ބުނެ ކަންބޮޑުވުންފާޅު ކޮށްފައި ވެއެވެ.

އެ ވީޑިޔޯ ކުލިޕް މިހާރު މުޅި މީސްމީޑީޔާ ހިސޯރުކުރަމުން ދާއިރު ގިނަބަޔަކު ދަނީ އެ އަންހެން ރިޕޯޓަރާއި އެއްކޮޅަށް އަޑުއުފުލަމުންނެވެ.

އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި އެއީ މަޖަލަކަށް ކުރާ ކަމެއް ކަމަށާއި އެއީ މައްސަލައެއް ކަމުގައި ދެކެންޖެހޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރިޕޯޓަރުންނަށް ހިމާޔަތްތެރިކަން ދޭނެ ޖެހޭނެ ކަމަށްބުނެވެސް ގިނަ ބަޔަކު އަޑުއުފުލާފައި ވެއެވެ.

މިއީ ބޭރުގެ ގައުމުތަކުގައި މީގެ ކުރިންވެސް ވެފައި ހުންނަ ކަންކަމެވެ. ނަމަވެސް މިފަދަ ކަންކަމަކީ މައްސަލައެއް ކަމަށް ބަލާ މިކަމާއިމެދު އެއްވެސް ގައުމަކުން ފިޔަވަޅު އަޅާފައިވާ ކަމަކަށް އެނގިފައެއް ނުވެއެވެ.