ބިރިޔާނީ މިއީ ދުނިޔޭގެ ގިނަބަޔަކަށް ބީރު ކެއުމެކެެވެ. އެކި ގޮތް ގޮތަށް އެކި ޒާތްޒާތުގެ ބިރިޔާނީ ތައްޔާރުކޮށް އުޅޭއިރު، މިހާރު އެންމެ މަޝްހޫރުކަން ހޯދާފައި ވަނީ އިންޑިއާ ބިރިޔަނީއެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި ބިރިޔާނީ ތައްޔާރު ކުރާ ގޮތްވެސް ތަފާތެވެ. އަދި ރަހަވެސް ތަފާުތު ކަމަށް ވެއެވެ. އަދި ނަންވެސް ތަފާތެވެ. އެގޮތުން ހައިދަރްއާބާދް ބިރިޔާނީ، އަވަދީ ބިރިޔާނީ، ކޮލްކަޓާ ބިރިޔާނީ، ސިންދީ ބިރިޔާނީ މިއީ ފާހަގަކޮށްލެވޭ ނަންތަކެވެ.

މިގޮތަށް އެކި ރަހަތަކުގެ ބިރިޔާނީ ތައްޔާރުކުރާއިރު، ދިވެހިންގެ ތެރޭގައިވެސް އެތައް ވައްތަރަކަށް ބިރިޔާނީ ތައްޔާރު ކުރާ ކަން އެނގެއެވެ. ބިސް އަޅައިގެންނާއި، ތަރުކާރީއާއި އެނޫންވެސް އެތައް އެއްޗެއް އަޅައިގެން ބިރިޔާނީ ތައްޔާރުކުރާއިރު، ބައެއް މީހުން ސްޓްރޯބެރީ ބިރިޔާނީ އާއި ޗޮކްލެޓް ބިރިޔާނީވެސް ތައްޔާރު ކުރެއެވެ.

އެކަމަކު މިހާރު ތަފާތަކަށް އައިސްފައި މި ވަނީ ޗައިނީސް ބިރިޔާނީ އެވެ. ރެސިޕީވެސް ތަފާތެވެ.

ޗައިނީސް ބިރިޔާނީ ތައްޔާރުކުރާ ވީޑިއޯއެއް ޔޫޓިއުބްގައި ވަނީ ވައިރަލް ވެފައެވެ. ޔޫޓިއުބް ޗެނަލްއެއް ކަމަށްވާ ކުކިންގ ވިތް ސަރިޔާގައި އެ ވީޑިއޯ ލާފައިވާއިރު، މިހާތަނަށް 85000 މީހުން އެ ވީޑިއޯ ބަލާފައި ވެއެެވެ.

މި ބިރިޔާނީ ތައްޔާރު ކުރަނީ ކުކުޅާއި ތަރުކާރީ އަޅައިގެންނެވެ. ބޮޑަށް ވައްތަރީ ޗައިނީސް ފްރައިޑް ރައިސްއާއެވެ.

އެހެންކަމުން މިއީ ތައްޔާރުކޮށް އަޖުމަ ބަލައިލަން ރަނގަޅު ކެއުމަކަށް ވެގެން ދާނެއެވެ.