ކެއްކުމަކީ ގިނަ މީހުން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އެކަމަކު އެއީ ވަރަށް ވަގުތު ދާ ކަމެއްވެސް މެއެވެ. އާއްމުކޮށް ތަރުކާރީ ކޮށުމަށް ވަގުތު ދެއެވެ. އަދި ބައެއް ފަހަރު ބައެއް އެއްޗެހީގެ ތޮށި ނޮޅުމާއި، ބައެއް އެއްޗެހި މަޑު ކުރަން އުނދުނަށް އެރުވުމަކީވެސް ކައްކަން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެވެ.

މީގެ ތެރެއިން ގިނަބަޔަކަށް އެންމެ ކަމުނުދާ އެއް ކަމަކީ ފިޔާ ކޮށުމެވެ. ބައެއް މީހުންނަށް މިކަން މިއީ ވަރަށް ފޫހި ކަމެކެވެ. އަނެއް ބައި މީހުން ބުނާގޮތުގައި މިއީ ވަރަށް ވަގުތު ނަގާ ކަމެކެވެ.

މިކަން އަވަހަށް ފަސޭހައިން ކުރުމާއި ގުޅޭގޮތުން މީގެ ކުރިން އެތައް ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވިއެވެ. އެކަމަކު މިފަހަރު އިންސްޓަގްރާމްގައި އާއްމު ކުރި މި ވީޑިއޯއަކީ އެންމެ އަވަހަށް ފިޔާ ކޮށޭނެ ގޮތެވެ. އަދި މިއީ ވަރަށް ބޮޑަށް ވަގުތު ސަލާމަތްވެސް ވާނެ ގޮތެކެވެ.

ކޫކްބުކް ލިޔުންތެރިޔާ އަދި ނިއުޓްރިޝަނިސްޓް މެލާނީ ލިއޮނެލޯ ވަނީ އޭނާގެ އިންސްޓަގްރާމް ހެންޑްލް @frommylittlekitchenގައި އެ ވީޑިއޯ ހިއްސާ ކޮށްފައެވެ.


އެ ވީޑިއޯގައި އޭނާ ފަސޭހައިން ފިޔާގެ ބޭރު ތޮށި ނޮޅާލާ ގޮތްވެސް ދައްކައެވެ. އަދި އޭނާ ގެންގުޅޭ ވަޅިން ފިޔާ އަވަހަށް ކޮށާލެވޭ ގޮތް ދައްކާލައެވެ.

މިއީ ވަރަށް ފަސޭހައިން ފިޔާ ކޮށާލެވޭނެ ގޮތެކެވެ. އަދި ވަގުތު ސަލާމަތް ކުރެވޭނެ ގޮތެކެވެ.