ޓިކްޓޮކް އެކައުންޓް ވައިއެސް އަމްރީ އޭނާގެ ލޯބިވެރިޔާގެ ބައްޕައާ ކައިވެނި ކޮށްފިއެވެ. ލޯބިވެރިޔާ ދޫކޮށް ބައްޕައާ އަމްރީ ކައިވެނި ކުރި ސަބަބު ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

އަމްރީ ބުނެފައިވާ ގޮތުގައި އަމްރީގެ ލޯބިވެރިޔާގެ މަންމަ ވަނީ މަރުވެފައެވެ. އެކަމުގެ ފުން އަސަރުތަކެއް ލޯބިވެރިޔާއަށް ކޮށްފައިވާ ކަމަށާއި އަބަދު ދެރަވެފައި ހުންނަ ކަމަށް ވެސް އަމްރީ ބުނެފައިވެއެވެ.

އެހެންކަމުން ލޯބިވެރިޔާއަށް މަންމައެއްގެ ލޯބި ދިނުމަށް، މަންމަ ނެތް ކަމުގެ އިހުސާސް ވިޔަ ނުދިނުމަށްޓަކައި އަމްރީ ލޯބިވެރިޔާގެ ބައްޕައާ ކައިވެނި ކުރިއެވެ.

އަމްރީގެ މި ވާހަކަތައް މީސް މީޑިޔާގައި ހިއްސާ ކުރުމުން އެއްބަޔަކު އަމްރީ ވީ ގުރުބާނީއަށް ތަޢުރީފުކޮށް ހިތްވަރު ދީފައިވެއެވެ. ނަމަވެސް އަނެއް ބަޔަކު ވަނީ އަމްރީގެ މި ނިންމުމަށް ފާޑުކިޔައި މަލާމަތް ކޮށްފައެވެ.

މިފަދަ އެހެން ހާދިސާއެއް އިންޑިޔާގެ އުއްތަ ޕްރަދޭޝްގައި ވެސް ވަނީ ހިނގާފައެވެ. ކުރީގެ ފިރިމީހާގެ ބައްޕައާއި ކައިވެނިކޮށް ދަރިއަކު ވެސް ވަނީ ލިބިފައެވެ.

ފިރިހެން މީހާއަށް މިކަން އެނގުނީ އުމުރުން 48 އަހަރުގެ ބައްޕައާއި ކައިވެނިކޮށް ދަރިއަކު ލިބި ކުއްޖާއަށް ދެ އަހަރު ވެސް ވީ ފަހުންނެވެ.

ފިރިހެން މީހާއަށް މިކަން އެނގުމާއި އެކު މި މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. ފިރިހެން މީހާއަށް މިކަން އެނގުނީ ބައްޕަ ގެއިން ފިލައިގެން ގޮސް އެތައް އަހަރެއްވެ، ބައްޕަ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފުލުސް އޮފީހަށް ދިޔުމުންނެވެ.

މިފަދަ ކަންތައްތަކަކީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އާއްމުކޮށް ހިނގާ ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯކާ 1

    ތީހާދަ އެހެންކަހަލަ ވިސްނުމެއް / ބޯރަނގަޅު މަންޖެ ޢަކީތާ //

    8
    1
  2. ފޭސް ބުކ

    އަސްލު ލޯބިވެރިޔާ އަށް އިނދެވުނީ ޓިކް ޓުކާއި