ވޯލްޑްކަޕްގައި އާޖެންޓީނާއަށް ކުޅެމުން އައި ތަރި ލިއޯނަލް މެސީ އާއި ޕޯޗުގަލްއަށް ކުޅެމުން އައި ތަރި ކްރިސްޓިއޯނާ ރޮނަލްޑޯއާ ހެދި ދެމަފިރިއެއްގެ ކައިވެނި ރޫޅާލަން ޖެހިއްޖެއެވެ.

ރަޝިޔާއަށް ނިސްބަތްވާ ދެމަފިރިއެއްގެ ކައިވެނި ރޫޅާލުމަށް ފިިރިހެން މީހާ މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ އަންހެން މީހާއަކީ ރޮނަލްޑޯގެ ސަޕޯޓަރަކެވެ. ފިިރިހެން މީހާއަކީ މެސީގެ ސަޕޯޓަރެކެވެ. މި ދެ މީހުންގެ ތެރޭގައި މައްސަލަ ޖެހެން މެދުވެރިވީ މެސީގެ ކުޅުމާއި ރޮނަލްޑޯގެ ކުޅުމާއި އަޅާ ކިޔަމުންދިނިކޮށް ހިނގި ޒުވާބެއްގެ ތެރެއިންނެވެ.

އެ ޒުވާބު ފެށުނީ ނައިޖީރިއާ ދެކޮޅަށް އާޖެންޓީނާ ކުޅެގެން މޮޅުވުމުން އެކަން އެ ފިރިހެން މީހާ އުފާފާޅު ކުރުމުންނެވެ.

މި ދެ ތަރިންގެ ކުޅުމާއި މެދު މީގެ ކުރިންވެސް މި ދެމަފިރިންގެ ތެރޭގައި ޒުވާބުތައް ހިނގައެވެ. އެހެން ނަމަވެސް މިފަހަރު އެ ޒުވާބު ހޫނުވެ އެ ފިރިހެން މީހާ ވަނީ އޭނާގެ އެއްޗެހި ހަފައިން ގެއިންވެސް ނިކުމެގެން ގޮސްފައެވެ. އަދި އޭގެ އަނެއް ދުވަހު ހެނދުނު އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މި ދެމަފިރިން ދިމާވީ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ތެރެެެވެ. އެތަނުން ފެނިގެން މި ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވިއެވެ.

"ވޯލްޑްކަޕް ފެށުނީއްސުރެ އޭނާ ދިޔައީ މެސީގެ ކުޅުމަށް ފާޑުކިޔަމުން. މެސީ އާއި ދިމާލަށް އެއްޗެހި ކިޔަމުން. މެސީއަށް ގޯލެއް ނުޖެހެއޭ ބުނަމުން"

"އެކަމާއި ރުޅި އައިސްގެން އަހަރެން އޭނާ ދޫކޮށްލާފައި ނުކުމެން މި ދިޔައީ އުމުރަށް"

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ދެން ވަރިވި ދެމީހުން ގޮސް މެސީ އާއި ރޮނާލްޑޯ އާ ދެމީހުންނާ އިނީމާ ނިމުނީމު!

  2. އޭނަ

    XD... ހަގީގީ ފޭނުންނަކީ އެއީ.. ފެނޭތަ

  3. މެސީރޮނާލްޑޯ

    ވޯލްޑް ކަޕް އިން ފެށުނު ލޯބި ވޯލްޑް ކަޕް އިން ނިންމާލާ

  4. ޭައެއޯކޭ

    ޢެދެކުޅުން ތެރިންނާއި ހުރެއެއް ނޫން. ޢެދެމީހުން ކީއްކުރީ.އަސްލު އެހެން އެވީ އެދެމަފުރިން މާ އޯވާ ވީ