އިންޑިއާގެ ކެެރެލާއަށް ނިސްބަތްވާ 17 އަހަރުގެ ކުއްޖަކު ގޭގައި އެއްވެސް މީހަކު ނެތި، ޔޫޓިއުބް ވީޑިއޯ ބަލައިގެން އަމިއްލައަށް ވިހައިފިއެވެ. އެ އަންހެން ކުއްޖާ ބަނޑުބޮޑުވެފައި ވަނީ އޭނާގެ 21 އަހަރުގެ ލޯބިވެރިޔާގެ ދަރިއަކަށެވެ.

އޭނާ ބަނޑުބޮޑުކަން އާއިލާއަށް އޮތީ ސިއްރުކޮށްފައެވެ.

މިކަން އެންމެ ފަހުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވިހައިގެން ތިން ދުވަސް ވަންދެން އެ އަންހެން ކުއްޖާ އޮތީ ގޭގައެވެ. ފަހުން އޭނާގެ މަންމައަށް އެކަން ފަޅާއެރިއެވެ. އެއީ ދަރިފުޅު ރޯ އަޑުވިގެންނެވެ.

އަދި އޭނާ ވިހެއި ފަހުން ޖަރާސީމު ހެދި، އެންމެ ފަހުން ހޮސްޕިޓަލަށްވެސް ގެންދިޔައިރު، އޭނާގެ ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އަދި އެ ދެމައިންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެރެލާގެ ފުލުހުން ހާމަކުރި ގޮތުގައި މުޅި އެ ދަރިފުޅު އުފަންވުމުގެ ކަންކަން ކުރިއަށް ދިޔައިރު ވެސް އެ އަންހެން ކުއްޖާއަށް ބޭރުން އެއްވެސް އެހީތެރިކަމެއް ލިބިފައިއެެއް ނުވެއެވެ. އެކަމަކު އޭނާ ޔޫޓިއުބް ވީޑިއޯތައް ބޭނުންކޮށްގެން އަމިއްލައަށް ދަރިފުޅުގެ ފޫޅު ކަނޑާލިއެވެ. އޭނާ މި ހުރިހާ ކަމެއްކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ އެގޮތަށް އިރުޝާދު ދިނުމުން ކަމަށް ބުންޏެވެ.

މި މައްސަލައިގައި މިހާރު އެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ އަންހެން ކުއްޖާ ދަރިފުޅު ވިހާފައި ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އަދި އޭނާގެ މަންމައަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހެކެވެ އޭނާގެ ބައްޕަ އަކީ ނައިޓް ވޮޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އެހެންކަމުން އޭނާގެ މާބަނޑުކަން އާއިލާއަށް ފޮރުވަން ވަރަށް ފަސޭހަވިއެވެ.

ނަމަވެސް އޮކްޓޯބަރު 22 ވަނަ ދުވަހު އެ ތުއްތު ކުއްޖާ ވަރަށް ބާރަށް ރޯ އަޑު އިވުމުން އެކަން މައިންބަފައިންނަށް އެނގިގެން ދިޔައީއެވެ.

އެ އަންހެން ކުއްޖާއާއި 21 އަހަރުގެ ފިރިހެން މީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާއިލާއަށްވެސް އެނގެއެވެ. އަދި އެ ދެމީހުން ކައިވެނި ކުރުުވުމުގެ މަސައްކަތް އަންހެން މީހާގެ އާއިލާއިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިކަހަލަ ޚަބަރު އަހަރެމެންގެ މުޖްތަމަޢު އާއި ނުގުޅޭ.

    42
    4
  2. Anonymous

    ނޫހުގައިލިޔާ ކޮންމެ މަޢުލޫމާތެއްވެސް ލިޔުމުގެ ކުރިން އެމަޢުލޫމާތަކުން މުޖުތަމައަށްކުރާނީ ކޮންފަދަ އަސަރެއްތޯ ވިސްނާލާފަ ނޫހުގައިލިޔެ ޕަބްލިކަށް ހާމަކުރުމީ ބުއްދިވެރިގޮތެއް، މިމައުލޫމާތާއިމެދު ވިސްނާލާއިރު ޒުވާން އަދި މުސްތަގުބަލުގެ ޖީލް އިތުރަށް ނުރައްކާވެ ފާސިނގުވުމަށް ބާރުލިބޭނެއެވެ،

  3. ވިސްނަންޖެހޭ ކަމެއް

    މިކަހަލަ ޚަބަރުން ޅަ ޒުވާނުންނަށް ވާނީ ގެއްލުން ކަމަށް ފެންނަނީ. އެއީ ބިރެއް ނެތި އެފަދަ ޙަރާމް ކަންތަކަށް އަރައިގަތުމަށް މިކަހަލަ ޚަބަރުތަކުން ހިތްވަރު ލިބޭނެތީ. ނޫހުގެ ފަރާތުން މިކަމަށް ވިސްނާނެ ކަމަށް އުންމީދު ކުރަން.