ރާއްޖޭގައި މީހުން އުގުވާނާ ގެންގުޅެނީ ކޮށިތަކުގައި، އޮޅުކޮށްގެންނެވެ. އެހެންނަމަވެސް ބޭރުގެ ގައުމުތަކުގައި އިގުވާނާ އަކީ ބޮނޑު ފަދައިން ގިނައިން އުޅޭ އެއްޗެކެވެ. އަދި ބައެއް މީހުންނަކީ އިގުވާނާގެ އުނދަގުލުން އެ އެއްޗެހި މަރާއުޅޭ ބައެކެވެ.

ނަމަވެސް މި އަންހެން މީހާ ތަފާތެވެ. އިގުވާނާ ހިފައި މެރުމުގެ ބަދަލުގައި ކެއުމަށްވެސް ބޭނުންކުރެއެވެ. މިއީ އާންމުކޮށް މީހުން ކައި އުޅޭ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ހިސާބުތަކުގެ މީހުން ކައެވެ.

މިނެޕޮލިސްއަށް އުފަން ފްލޮރިޑާ ނަމަކަށްކިޔާ މި އަންހެންމީހާ ބުނިގޮތުގައި ވަރަށް ގިނަ މީހުން އިގުއާނާ މަރާކަމަށެވެ. އަދި މިއީ ކާންވެސް ބޭނުންކުރެވޭ އެއްޗެއް ކަން އިގުވާނާ މަރަމުންދާ މީހުންނަށް ދައްކަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ އެހެން ގޮތަކުން ބުނާނަމަ ގަހުގައި ހުންނަ "ކުކުޅު" ކަމަށް ފްލޮރިޑާ ބުންޏެވެ. އަދި އިގުވާނާގައި ލަނީ ކުކުޅު ފަދަ ރަހައެއް ކަމަށްވެސް އޭނާ ބުންޏެވެ.

ފްލޮރިޑާ ވަނީ އިގުވާނާ ކައްކާނެ ގޮތްވެސް މީޑިޔާއާއި ހިއްސާކޮށްފައި އެވެ. އަދި މިއީ ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭ ފައިދާހުރި އެއްޗެއް ކަމަށް ފްލޮރިޑާ ބުނެފައި ވެއެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި އިގުވާނާގެ މަހުގައި ކުކުޅު މަހަށްވުރެ ޕްރޮޓީން ހުންނަ މިންވަރު އިތުރެވެ.

މިކަމުގެ ރައްދުގައި ބައެއް ފަރާތްތަކުން، އިގުވާނާ ވަރަށް މީރުކަމަށާއި ފްލޮރިޑާ ފަދައިން އިގުވާނާ ހިފަންދާނެ ކަމަށް ބުނެފައި ވެއެވެ.

ނެޝަނަލް ޖިއޮގުރެފިކް ރިޕޯޓްތަކުން ބުނާގޮތުގައި ބައެއް ގައުމުތަކުން އިގުވާނާ ކެއުން އާންމުވެފައި ވުމުން އެގައުމުތަކުގައި އިގުވާނާ ވަނީ ހިމާޔަތް ކުރެވިފައި ކަމަށެވެ.