އިސްތަށިގަނޑު ބުޅިކުރުމަށް ބޮލީވުޑްގެ ބަތަލާ ޖެކުއެލިން ފެނާންޑަޒްގެ ތަފާތު އުކުޅެއް ދައްކުވައިދޭ ވީޑިއޯއެއް އަކްޝޭ ކުމާރުގެ އިންސްޓަގުރާމު އެކައުންޓުުގައި ހިއްސާ ކޮށްފިއެވެ.

އަކްޝޭ އާއި ޖެކުއެލިން މިހާރު ދަނީ އެމީހުންގެ ކުރިއަށް އޮތް ފިލުމު ''ރާމު ސޭޓް'' ގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ.

އިސްތަށިގަނޑު ބުޅި ކުރުމުގެ ޖެކުއެލިންގެ ހާއްސަ އުކުޅު ދައްކުވައިދޭ މަޖާ މި ވީޑިއޯ އަކްޝޭގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާކޮށް ބުނެފައިވަނީ ހެލިކޮޕްޓަރެއްގައި އިނދެ އިސްތަށިގަނޑު ބުޅި ކުރާނެ ގޮތް ޖެކުއެލިން ދައްކާދެނީ ކަމަށެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މި ވީޑިއޯގައި ޖެކުއެލިން ފެންނަނީ ޗޮޕާ ހެލިކޮޕްޓަރެއްގެ ދޮރުގައި އިން ލޯވަޅަކުން އޭނާގެ އިސްތަށިގަނޑުން ބައެއް ބޭރަށް ނެރުމުން ވައިގެ ސަބަބުން އިސްތަށިގަނޑަށް އަންނަ ބަދަލެވެ.

ޖެކުއެލިންގެ އިސްތަށިގަނޑުގެ ދެ ފަރާތުން ބައެއް ދޮރުން ބޭރަށް ލުމަށްފަހު ދައްކާލާއިރު ފެންނަނީ އެ ދެ ބައި ވެސް ކުޑަކޮށް ބުޅިވެލާފައިވާ ތަނެވެ.

އަކްޝޭގެ މި ޕޯސްޓަށް ކޮމެންޓްކޮށް ޖެކުއެލިން ބުނެފައިވަނީ އޭނާ އެގޮތަށް އެ އުޅެނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

އެތައް ހާސް ބަޔަކު ލައިކްދީފައިވާ މި ޕޯސްޓަށް ޖެކުއެލިންގެ އިތުރުން ވެސް އެތައް ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. މި ފޮޓޯއަަށް ކޮށްފައިވާ ބައެއް ކޮމެންޓުތަކުގައި ބުނެފައިވަނީ ޖެކުއެލިން ރައްކާތެރިވެ އިނުމަށެވެ.

މިގޮތަށް އިސްތަށިގަނޑު ބުޅިކުރުމަށް ބޭނުންވާ ނަމަ މައްޗަށް ދާން ޖެހޭނެ ކަމަށް ވެސް ކޮމެންޓެއްގައިވެއެވެ. އަދި މިއީ މޮޅު އުކުޅެއް ކަމަށް އެތައް ބަޔަކު ވަނީ އެއްބަސްވެފައެވެ.

އަކްޝޭއާއި ޖެކުއެލިން އެކުގައި ކުޅޭ މި ފިލުމު ޑައިރެކްޓް ކޮށްފައިވަނީ އަބީޝެކް ޝަރުމާއެވެ.