އިންޑިއާގެ ބިހާރްގެ ފުލުހުން ކުރިއަށްގެންދިޔަ ބަނގުރާ ހޯދުމުގެ އޮޕަރޭޝަނެއްގައި ބޮޑު ވިހަގަދަ ހަރުފައެއް ފުލުހުންނާއި ކުރިމަތިލައި، އެ ހަރުފައިގެ ކިބައިން ސަލާމަތްވީ ކިރިޔާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބިހާރްގައި ވަގަށް ބަނގުރާ ފުޅި އެތެރެ ކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

މިއާއެކު ޕަޓްނާ ޑިސްޓްރިކްޓްގެ ގެއެއްގައި ބަނގުރާ ފުޅިތަކެއް ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސް ކުރަން ދިޔައެވެ.

އެ ގެ ބަލާ ފާސް ކުރުމުގެ ތެރެއިން ފުލުހުންނަށް ވަނީ އެގޭގެ ތެރެއިން ބޮޑު ޕްލާސްޓިކް ފޮއްޓެއް ފެނިފައެވެ. އަދި އާއިލާ މީހުން ކައިރީގައި އެ ފޮށި ހުޅުވައި ދޭން އެދުނެވެ. އެެހެން ނަމަވެސް އެ މީހުން އެކަމާއި ދެކޮޅު ހެދިއެވެ. އޭގެ ތެރޭގައި ބޮޑު ކޯބްރާއެއް އޮތް ކަމަށް އެ މީހުން ބުންޏެވެ.

އެހެން ނަމަވެސް އެއީ ބަނގުރާ ހުރި ފުޅިތަކެއް ކަމަށް ފުލުހުންނަށް ބެލެވޭތީ ފުލުހުން ވަނީ އަމިއްލައަށް އެ ފޮށި ހުޅުވަން މަސައްކަތް ކޮށްފައެވެ.

މަންޒަރު ދުށް މީހަކު ބުނީ، އެ ފޮށި ހުޅުވި ތަނާހެން ބޮޑު ހަރުފަ ނުކުމެ ފުލުހުންނަށް އަނިޔާދޭން އުޅުނު ކަމަށެވެ. އެކަމާއި ފުލުހުންނަށްވެސް ލިބުނި ޝޮކެކެވެ. އެންމެ ފަހުން އެ ހަރުފަ ފޮށީގެ ތެރެއަށް ވެއްދީ ގޭގެ ވެރި މީހާއެވެ.

ބިހާރްގައި ފުލުހުން ދޭތެރެ ދޭތެރެއިން ބަނގުރާ ފުޅި ހޯދުމަށް ހާއްސަ އޮޕަރޭޝަންތައް ހިންގާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު