ސްޓޯމީގެ ތުންފަތް އެންމެ ވައްތަރީ އޭނަގެ ބައްޕަގެ ތުންފަތާއި ކަމަށް ކައިލީގެ މަންމަ މަޝްހޫރު މޭކަޕް އާޓިސްޓު އަދި މޮޑެލްއެއްގެ އިތުރުން ރިއަލިޓީ ޝޯވް ތަރި ކައިލީ ޖެނާރ ބުނެފިއެވެ.

ކައިލީ ޖެނާ މިކަން ހާމަ ކުރީ އޭނާގެ އެންމެ ގާތް އެކުވެރިއާ ޖޯޑީ ވުޑްސްއާއި އެކު ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯއެއްގައެވެ. މި ވީޑިއޯއިން ފެނިގެންދަނީ ސުވާލާއި ޖަވާބުގެ ސެޝަނެއް ކުރިއަށް ގެންދާތަނެވެ.

މި ވީޑިއޯގައި ކައިލީ ބުނީ ދަރިފުޅުގެ ތުންފަތް އެންމެ ވައްތަރީ އޭނަގެ ބައްޕަ ސްޓްރޭވިސް ސްކޮޑް އާއި ކަމަށެވެ. ކައިލީ ބުނީ ދަރިފުޅު ސްޓޯމީގެ ގިނަ ކަންތަށްތަކެއް ބައްޕައާއި އެގޮތް ކަމަށެވެ.

ސްޓޯމީއަކީ ކައިލީގެ ކުރީގެ ލޯބިވެރިޔާ، އަދި އެމެރިކާގެ މަޝްހޫރު ރެޕަރ ޓްރެވިސް ސްކޮޓްގެ ދަރިއެއް ނޫންކަން ކައިލީއަށްވެސް އެނގޭއިރު، ކުއްޖާގެ ފޮޓޯ މީސްމީޑިއާގައި ޢާންމުކޮށް ފަޟީޙަތްވީ އޭނާ އަމިއްލައަށްކަމަށް ބުނެ ބައެއް ފަރާތްތަކުގެ މަލާމާތުގެ ބަސްތައް ކައިލީއަށް އަމާޒުވެފައި ވެއެވެ.

އަލަށް މަންމައަކަށް ވުމުން، މިހާރު އުމުރުން ހަތަރު މަސް ފުރިފައިވާ ދަރިފުޅަށް ހާއްސަ އިސްކަމެއް ދެމުން އަންނަ މަޝްހޫރު ތަރި ކައިލީ ވަނީ އޭނާގެ ކުރިން ނޭނގޭ ގިނަ ސިއްރުތައް މިވީޑިއޯގެ ޒަރީއާއިން ހިއްސާކޮއްފައެވެ.

މިކަންކަމުގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި ކައިލީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށްވެސް ކާޑޭޝަން އާއިލާގެ ފަރާތުން ނޫސްތަކުގައި މަޢުލޫމާތު ހާމަކުރި ފަރާތުން ވަނީ ބުނެފައެވެ.

ދަރިފުޅު ސްޓޯމީ އަކީ ކައިލީގެ ބޮޑީގާޑުގެ ދަރިއެއް ކަމަށް ބުނެ މީސް މީޑިއާގައި އެތަށް ބަޔަކު ސުވާލު ކުރަމުން ދަނީ ކައިލީގެ ދަރިފުޅު ކައިލީގެ ބޮޑީގާޑާއި ވައްތަރު ވުމުންނެއްވެ. ކައިލީއާއި އޭނާގެ ބޮޑީގާޑާއި ވަކިން ބައްދަލުވެ އުޅޭކަމުގެ އަޑު ފެތުރިފައިވަނިކޮށް، ސްޓޯމީ އޭނާ އާއި ވައްތަރުވުމުން ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު މިކަމާއި ގުޅޭގޮތުން އެދެމީހުންވެސް އަދި ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސޮޓީ

    ދެރަ ކަމެއް! އެއީ ޓްރެވިސް ސްކޮޓްގެ ދަރިއެއް! ކާކު އެހެން މީހެއްގެ ކުއްޖެއް އަމިއްލަ ކުއްޖެއްގެ ގޮތުގައި ބަލާނީ! އެސްޕެޝަލީ ދީސް ސެލެބްރިޓީޒް!

  2. މަރީ

    ދެން ކީއްކުރަން ޓައިގާގެ ފޮޓޯއެއް ޖަހައިފަ އިނީ

  3. ބްރޯ

    ކައިވެނި ނުކޮށް ނަހަލާލަށް ވިހާފައި ހުރި މީހެއްގެ ވާހަކަ މާ މޮޅުކޮށްގެން . ބަފާ ނެތް ނަހަލާލި ހަރާން ދަރިއެއް.

  4. ޢިސްލާހު.

    ޒިނޭކޮއްގެން ހޯދާފައިވާ ކުއްޖެއްގެ ވާހަކަ ތަކުތާރުކޮށް ވަޤުތު ނޫހުން ތިޔަ ގެނެސްދެނީ ކީއްކުރަންތޯ. މިނޫނަސް ޚަބަރު ހުންނާނެ ނޫންތޯ.

  5. އެހެންދޯ

    ސާޖަރި ކޮށްގެން ޓްރެވިސް އާ ވައްތަރު ކުރީ ކަމަށްވާނީ އެހެންވެ ކަންނޭގޭ ފޮޓޯތައްވެސް ނެގީ?

  6. ??

    ދަރިގެ ކޮންމަސަލައެ....???

  7. ބުރުހާނުއްދީން

    އަހަރެމެންނަށް ކޮންކަމެއް ތުންފަތް ކޮންމެފާޑަކަށް އިނަސް.