“ކިއްލާ ގިގު" "ކަވާސާ ގިގު" ގެ ނަމަށް ރީބްރޭންޑު ކުރުމަށްފަހު ކަވާސާގެ ނުވަ ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

“ކަވާސާ” އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ ނުވަ ވަނަ ޝޯ އޮންނާނީ މިރޭ 22:30 އިން 00:00 ހަމައަށް ކަމަށް ކަވާސާގެ ހިންގާ ކޮމިޓީން ވަނީ ބުނެފައެވެ.

ކުރީގެ ޝޯތަކެކޭ އެއްފަދައިން މިރޭގެ ޝޯގައި ވެސް 2 ފަންނާނަކު ބައިވެރިވާނެއެވެ. އެގޮތުން މި ޝޯވ ލައިވްކޮށް ހުށަހަޅައިދޭ ދެ ފަންނާނުންނަކީ ވިން ޝާވިން އާއި ނަޒީހު ކަމަށް އެކޮމިޓީން ވަނީ ބުނެފައެވެ.

“ކަވާސާ”ގެ ކޮންމެ ލައިވް ޝޯވ އަކީ ވެސް ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ޝޯތަކެކެވެ. މިރޭގެ ޝޯވް ސްޕޮސންސަރ ކޮށްފައިވަނީ ފިޓްނަސް އާއި ކުޅިވަރަށް އަށް ހާއްސަ ބްރޭންޑެއް ކަމަށްވާ ސްޕޯޓްސް ޕަވާ އިންނެވެ.

ކިއްލާ ހިންގާ ކޮމިޓީން ބުނީ، އާޓިސްޓުން ބާރުވެރިކުރުވުމަށް ކިއްލާއިން ކުރި މަސައްކަތް ކަވާސާ އަށް ބަދަލު ކުރުމަށްފަހު ރީބްރޭންޑު ކުރަން ޖެހުނީ ފަންނާނުންގެ މަސައްކަތަށް އެކަށީގެންވާ ވަގުތާއި ޖާގަ އިތުރު ކުރެވެން އޮތީ އެ މަސައްކަތް ފުޅާ ދާއިރާގައި ކުރެވޭނެ މަގެއް ތަނަވަސްކޮށްގެން ކަމުގައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއޮތީ އާޓިސްޓުންގެ މަސައްކަތް 24 ގަޑި އިރު ކުރެވޭ ވަރުގެ ޕްލެޓްފޯމެއް ހޯދާފަ. ކަވާސާގައި އާޓިސްޓުންނަށް ކުރިމަގު އެބައޮތް." ކަވާސާއިން ބުންޏެވެ.

 

ހިންގާ ކޮމިޓީން ބުނީ، ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓުތަކަށް އަމާޒުކޮށްގެން އެ ކްލަބުން ކޮންމެ ބުދަ ދުވަހެއްގައި ހުށަހަޅައިދޭ ލައިވް ލޯންޖު ޝޯވް ދެން އޮންނާނީ ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާއިން ކަމުގައެވެ.

“ކަވާސާ” ގިގު ނައިޓަކީ ލަވައާއި މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބްހައުސްގައި ފެށި މަސައްކަތެކެވެ.

"ކަވާސާ"ގެ ކުޑަދަށުގައި ކުޅޭ ކޮންމެ އާޓިސްޓަކީ ކްލަބްހައުސް އިން އެކަށީގެންވާ އާމްދަނީއެއް ލިބޭ ބައެއްކަން ފާހަގަކޮށްލެވެއެވެ. މި ލައިވް ޝޯވްތައް އިންތިޒާމްކޮށް މެނޭޖު ކުރުމުގެ މުގުލުގައި ހުންނެވީ ހުނަރުވެރި މިއުޒިޝަން މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އެވެ.