ޑާކްރެއިން އެންޓަޓެއިންމަންޓްގެ ވެބް ސީރީޒް "ގިރިޓީ ލޯބި" މާދަމާރޭ ބައިސްކޯފުގައި ދައްކަން ނިންމައިފިއެވެ.

މަޝްހޫރު ގިނަ ތަރިންނެއް ފެނިގެންދާ މި ސީރީޒް ކުރިން ބައިސްކޯފުން ދައްކާ ގޮތަށް އޮތީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެކަމަކު، ފަހުން ވަނީ މި ސީރީޒް އަޅުވާ ތާރީހު ފަސްކޮށްފައެވެ. ސީރީޒް ދެއްކުން ފަސް ކުރަން ޖެހުނު ސަބަބެއް ބައިސްކޯފުން ހާމަކޮށްފައެއް ނުވެއެވެ.

"ގިރިޓީ ލޯބި" އަކީ 20 ސީރީޒްގެ މައްޗަށް ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ.

މި ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)އެވެ. މި ދެ ތަރިންގެ އިތުރުން މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް)ވެސް ފެނިގެންދާނެއެވެ.

މި ސީރީޒްގައި އާޝާގެ ބައްޕައަކީ މުހައްމަދު މަނިކުއެވެ. އަދި އާޝާއަކީ ރޯމަންގެ ލޯބިވެރިޔާއެވެ. މި ސީރީޒްގައި ހެއްވާ އަދި މަޖާ ކަންތައްތަކެއް ފެނިގެންދާނެ ކަމަށްވެއެވެ.

މި ސިރީޒަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ޕްރޮޑިއުސްކޮށް، ހުމަދު ޒަރީރުގެ ސްކްރީން ޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާސާ

    ގިނަބއެކޭ !! އެއީ ކޮންބައެއް ؟
    ތިއީ ޓިކްޓޮކްގައި އުޅޭ ގޮތުން އަގުވެއްޓިފައި ތިބި ބައެއް.
    ބޮލީވުޑް އަދި ހޮލީވުޑް މީހުންވެސް ޓިކްޓޮކުގައި އުޅޭ އެމީހުން އުޅޭ ގޮތްވެސް މާ ތާހިރު

    9
    1
  2. ހީވާގޮތްތަ؟

    އާޝާ އާ ޝްރަދާ ކަޕޫރާ ވައްތަރީތަ؟

  3. އަލީ

    އަހުލާގެއްނެއް ބައެއް