ކައިވެނިކުރަން ބުޅާ އޮޅުކޮށްގެން ގެންގުޅޭހިތްވާ އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.

ކައިވެންޏަށް ބައިވެރިއަކު ހޯދުމަށް ފޭސްބުކްގައި ހަދާފައިވާ މަޝްހޫރު ’ކައިވެނިޕޭޖް‘ ގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކައިވެނި ކުރަން ހޯދަން ބޭނުންވަނީ އުމުރުން 19 އަހަރާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ.

”އަޅުގަނޑަކީ 33އ މާލެއިން ދެކުނުގެ ރަށަކަށް ނިސްބަތްވާ ފިރިހެނެކެވެ. ކައިވެންޏެއްކޮށް ވަރިވެފައި ދަރިއަކު ނެތެވެ. އަދާކުރަނީ ސަރުކާރުގެ ވަޒީފާއެކެވެ. އާމްދަނީގެ ގޮތުގައި މަހަކު 10،000 ރުފިޔާ އާއި 12،000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބެއެވެ.“ ޕޯސްޓުގައި ބުނެފައި ވެއެވެ.

ކައިވެނިކުރަން ބޭނުންވާ އަންހެންމީހާ އަކީ ފިރިހެންމީހާގެ ރަށުގައި ދިރިއުޅެވޭނެ މީހަކަށް ވުން ޝަރުތުތަކުގައި ހިމެނެއެވެ. އަދި އަހުލާގު ރަނގަޅު، ދީނަށް ލޯބިކުރާ މީހަކަށް ވުން ހިމެނެއެވެ. މީގެ އިތުރުން އިނދެވަރިވެފައި ވިޔަސް ދަރިއަކު ނެތް މީހަކަށް ވުން ޝަރުތުކޮށްފައި އޮތެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން ޕޭޖަށް މެސެޖުކުރުމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ. އެ ޕޯސްޓަށް ދީފައިވާ ކޯޑަކީ ޕީ3775 އެވެ. މި ނަންބަރު ޕޭޖަށް މެސެޖު ކުރުމުން ދެން ކުރިޔަށް ގެންދަވަންވީގޮތުގެ ތަފްސީލު ޕޭޖުން ލިބޭނެއެވެ.

ބޭރު ގައުމުތަކުގައި ކައިވެނި ކުރަން ބައިވެރިއަކު ހޯދަން ވެބްސައިޓްތަކާއި ފޭސްބުކް މިފަދަ ޕޭޖްތައް ހުންނައިރު ރާއްޖޭގައި ފަހަކަށް އައިސް މިފަދަ ޕޭޖުތައް ދަނީ ހިންގަމުންނެވެ. އަދި މިފަދަ ޕޭޖުތައް މެދުވެރިކޮށް އެތައް ބަޔަކު ދަނީ ކައިވެންޏަށް ބައިވެރިން ހޯދަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ގެރި ގެންގުޅޭ، ހިތްވަނީ އޯކޭތަ...؟؟

    12
  2. ކަނޑުފުރޭތަ

    އަނެއްކަ އެމީހަކާއިނދެފަ ބުޅާ ގޮވައިގެނެއްނޫން އަބަދު އުޅޭނި

  3. ގަލަން ތުނޑު

    ބުޅާ ގެންގުޅޭވާހަކަ ސުރުޚީގަ އޮތީ ..ޚަބަރަކުން މާބޮޑު ތަފްޞިލެއް ނުފެނުނު.