ދެކުނު ކޮރެޔާގެ ލަވަކިޔާ ބޭންޑެއް ކަމުގައިވާ ބީޓީއެސްގެ ސަޕޯޓަރުން ކަމުގައިވާ އާރމީއަށް އުފާވެރި ޚަބަރެކެވެ. ބީޓީއެސްގެ ކޮންމެ މެމްބަރެއްގެ ވެސް އަމިއްލަ އިންސްޓަގުރާމު އެކައުންޓެއް ހުޅުވައިފިއެވެ.

ޑިސެމްބަރު 7 ވަނަ ދުވަހު މި ގުރޫޕުގެ 7 މެމްބަރުން ވެސް އެމީހުންގެ އިންސްޓަގުރާމު އެކައުންޓް ހުޅުވައި ފޮޓޯތައް ވަނީ ހިއްސާ ކޮށްފައެވެ.

މި އެކައުންޓުތަކުގައި އެންމެ ފާހަގަ ކޮށްލެވެނީ އެމީހުންގެ ޔުސަރނޭމް ތަކެވެ.


އާރްއެމް

މި ގުރޫޕުގެ ލީޑަރ އާރްއެމްގެ ޔޫސަރނޭމްއަކީ ''rkive'' އެވެ. އެއްދުވަހުގެ ތެރޭގައި 15.7 މީހުންވަނީ މި އެކައުންޓް ފޮލޯ ކޮށްފައެވެ. މިހާތަނަށް އާރްއެމް ވަނީ 5 ފޮޓޯއެއް ހިއްސާކޮށްފައެވެ.

ޖިން

ޖިންގެ އެކައުންޓުގެ ނަމަކީ ''Jin'' އެވެ. މިހާތަނަށް ތިން ފޮޓޯ ހިއްސާ ކޮށްފައިވާ ޖިންގެ ފޮލޯވަރުންގެ އަދަދަކީ 16 މިލިއަނެވެ.

ސުގާ

''agustd'' ގެ ނަމުގައިވާ ސުގާގެ އެކައުންޓުން ހިއްސާ ކޮށްފައިވަނީ އެންމެ ފޮޓޯއެކެވެ. މި އެކައުންޓު ފޮލޯ ކޮށްފައިވަނީ އެންމެ 4.5 މިލިއަން މީހުންނެވެ.

ޖޭ-ހޮޕް

ބީޓީއެސްގެ ސަޕޯޓަރުންނާއި ގުޅުވައިލައިގެން ޖޭ-ހޮޕް އޭނާގެ އިންސްޓަގުރާމު ނަން ދީފައިވަނީ ''uarmyhope'' ގެ ނަމުންނެވެ. މިހާތަނަށް ތިން ފޮޓޯ ހިއްސާ ކޮށްފައިވާ މި އެކައުންޓުގެ ފޮލޯވަރުންގެ އަދަދަކީ 15.7 މިލިއަނެވެ.

ޖިމިން

ޖިމިންގެ އިންސްޓަގުރާމު ނަން ވަނީ ވަރަށް ވެސް އާދައިގެ ގޮތަކަށެވެ. ''j.m'' ގެ ނަމުގައިވާ މި އެކައުންޓުން ހިއްސާ ކޮށްފައިވަނީ އެންމެ ފޮޓޯއެކެވެ. ނަމަވެސް 16.4 މިލިއަން މީހުން ވަނީ މި އެކައުންޓް ފޮލޯ ކޮށްފައެވެ.

ވީ

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވީގެ އެކައުންޓުގެ ނަމަކީ ''thv'' އެވެ. ތިން ފޮޓޯ ހިއްސާ ކޮށްފައިވާ މި އެކައުންޓަށް ފޮލޯ ކޮށްފައިވަނީ 17.6 މިލިއަން މީހުންނެވެ.

ޖަންކުކް

މި ގުރޫޕުގެ އެންމެ ތަފާތު އެއް ނަމެއް ދީފައިވަނީ ޖަންކުކްއެވެ. ''abcdefghi_Imnopqrstuvw'' ގެ ނަމުގައިވާ މި އެކައުންޓުން ހިއްސާ ކޮށްފައިވަނީ ދެ ފޮޓޯއެވެ. ފޮލޯވަރުންގެ އަދަދަކީ 16.8 މިލިއަނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސްނަ

    މީ ހާދަރީތި އަންހެންކުދިންތަކެކޭދޯ

    9
    20
    • މަ

      ބީޓީއެސް: "ނޯ މެޓާ ވަޓް ޔޫ ހޭޓާސް ސޭ، އައި ޖަސްޓް ޑޯންޓް ކެއާ.."