ކޭ-ޕޮޕް ބޯއީ ބޭންޑް ބީޓީއެސްގެ އެންމެ ދުވަސްވީ މެމްބަރު ޖިން އިން ފެށިގެން އެންމެ ހަގު އުމުރުގެ މެމްބަރާ ހަމައަށް އަސްކަރީ ހިދުމަތް ދޭން މަޖުބޫރު ވާނެ ކަމަށް އެ ބޭންޑުގެ އެޖެންސީން ބުނެފި އެވެ.

"އެހެން ހުރިހާ މެންބަރުންވެސް އެފަރާތްތަކުގެ ޕްލޭނާ އެއްގޮތަށް މަޖުބޫރު އަސްކަރީ ޑިއުޓީ އަދާކުރާނެ،" އެ ބޭންޑުގެ މެނޭޖްމަންޓް ގްރޫޕް އެޗްވައިބީއީއިން ރެގިއުލޭޓަރީ ފައިލިންގައި ބުނެފައިވެ އެވެ.

މިލިޓަރީ މެންޕަވާ އެޑްމިނިސްޓްރޭޝަންގެ ކޮމިޝަނަރު ލީ ކީ ސިކް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވީ، އެ ގައުމުގެ އަސްކަރީ ހިދުމަތުގައި އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި ބީޓީއެސްގެ މެމްބަރުން އަސްކަރީ މަސްއޫލިއްޔަތު އަދާކުރުމަކީ އެދޭ ކަމެއް ކަމަށެވެ.

ޖޭ-ހޯޕް ބީޓީއެސްގެ މުސްތަގުބަލާ ގުޅޭގޮތުން ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ބުނީ އޭނާ އަށް ހީވަނީ އެ ބޭންޑުން ތިބީ ސަޕޯޓަރުންގެ އިތުބާރު ބޭނުންވާ މަރުހަލާއެއްގައި ކަމަށެވެ.

މިދިޔަ ޖުލައި މަހު ޖޭ-ހޯޕް ވަނީ އޭނާގެ އަމިއްލަ ރަސްމީ ސޯލޯ ޕްރޮޖެކްޓެއް ކަމަށްވާ "ޖެކް އިން ދަ ބޮކްސް" ލޯންޗްކޮށްފަ އެވެ. ބީޓީއެސްގެ ލޭބަލް ބިގް ހިޓް މިއުޒިކްގައި ރިލީޒްކުރި މިސެޓަކީ ޖޭ-ހޯޕްގެ ފުރަތަމަ ރިއަލް ސްޓޫޑިއޯ އަލްބަމް (2018 ވަނަ އަހަރު ސޯލޯ މިކްސްޓޭޕެއް އަދި 2019 ވަނަ އަހަރު ބެކީ ޖީއާ އެކު ލަވައެއް) އަދިސިންގަލްސް "މޯ" އާއި "އާސަން" ހިމެނެ އެވެ.

"ކޮންސެޓް މިހާރު ވެސް ނިމިގެން ދިއުމަކީ އެހާ ހިތާމަހުރި ކަމެއް ނަމަވެސް އެއީ ހަމައެކަނި މިވަގުތު އަޅުގަނޑުމެންނަށް ލިބޭ ކަހަލަ ކަމެއް ނޫން. 30 އަހަރު ވަންދެން ކުރިއަށް ދާނަން... އަދި އުމުރުން 70 އަހަރުގައި ވެސް ޕާފޯމް ކުރާނަން،" ހޮނިހިރު ދުވަހު ބޭއްވި ބުސާން ޕާފޯމަންސްގައި ޖިމިން ބުންޏެވެ.