އަނބި މީހާދެކެ ރުޅި އައިސްގެން އޭނާ ފަހާ ކާރު ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރު ކޮށްފައިވަނީ ސްކޮޓްލޭންޑް މީހެކެވެ.

ސްކޮޓްލޭންޓްގެ މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ޖެކް ހައުސާ ކިޔާ 44 އަހަރުގެ މީހެކެވެ. އަދި މިމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ޖެކްގެ އަނބިމީހާ ބުނެފައިވާ ގޮތުގައި މިމީހާދެކެ އޭނާގެ ފިރިމީހާ ރުޅި އައިސްފައިވަނީ ރުފިޔާގެ މައްސަލައެއްގައި ކަމަށާއި ނަމަވެސް މިވަރުވާނެ ކަމަށް ހީ ނުކުރާ ކަމަށެވެ.

ޖެކްގެ އަނބިމީހާ އިތުރަށް ބުނެފައިވަނީ އޭނާގެ ފިރިމީޙާ ފުރަތަމަ ރުޅި އައިސްގެން ދިޔައީ ގޭ ތަޅުލާފައި ކަމަށާއި އެހެންވެ ކާރުގައި މިމީހާ އޮތް ކަމަށެވެ. އަދި ފަހުން ޖެކް އައިސް އޭނާ ކާރުން ވައްޓާލުމަށްފަހު އޭނާ ފަހަތުން ކާރުރޭ ދުއްވި ކަމަށްވެސް މީނާ ބުނެފައިވެއެވެ.

ޖެކް މިމީހާ ފަހަތުން ކާރު ދުއްވުމުގެ ތެރޭގައި މި އަންހެން މީހާ ވެއްޓި އޭނާގެ ފައި މައްޗަށް ކާރުގެ ފުރޮޅުވަނީ އަރާފައެވެ. އަދި ފަޔަށް އެރުވުމަށް ފަހު ޖެކް ފިލާފައިވާ ކަމަށްވެސް މިއަންހެން މީހާ ބުންޏެވެ.

ޖެކް އާ ދެކޮޅަށް ގިނަ ބަޔަކު ހެކި ބަސް ދީފައިވާއިރު، ޖެކްގެ މައްޗަށް ކުރަނީ ގެވެށި އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިމީހާ

    ޙަބަރުގަ ބުނާ އެއްޗެއް ސާފެއްނުވެ