ބޮލީވުޑުގެ ސްޕަރ ސްޓަރ ޝާހުރުކް ޚާނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ސަޕޯޓަރުން ހުންނަ ފަންނާނެކެވެ.
މި ސަޕޯޓަރުންގެ ފަރާތުން ތަފާތު ކަންތައްތަކާއި ޝަހުރުކް ޚާނަށް ކުރިމަތިލާން ޖެހެއެވެ. އެފަދަ ބައެއް ހާދިސާތައް ޝާހު ވަނީ އިންޓަވިއުތަކުގައި ވެސް ހިއްސާ ކޮށްފައެވެ.
ބައެއް ސަޕޯޓަރުން އެމީހުންގެ ލޯބި ޝާހުރުކް ޚާނަށް ހާމަ ކޮށްދޭއިރު ބައެއް ސަޕޯޓަރުން ވަނީ ގަބޫލު ކުރަން ދަތި ކަންތައްތައް ވެސް ކޮށްފައެވެ.
މީގެ ތެރެއިން އެއް ހާދިސާއަކީ މުމްބާއީގައި ޝާހު ދިރިއުޅޭ ގެ ''މަންނަތު'' އަށް ވަގަށް ވަތް މީހެއްގެ ވާހަކައެވެ.
މި މީހާ ޝާހުގެ ގެއަށް ވަގަށް ވަދެފައިވަނީ ޝާހުއާއި ބައްދަލު ކުރުމަށް ނުވަތަ އޭނާއާއި އެކު ފޮޓޯއެއް ނެގުމަށް ނޫން ނަމަ އޮޓޯގުރާފެއް ވެސް ބޭނުން ވެގެނެއް ނޫނެވެ.
އިންޓަވިއުއެއްގައި މި ވާހަކަ ކިޔައިދެމުން ޝާހު ބުނެފައިވަނީ އެ މީހާ ޝާހުގެ ގެއަށް ވަދެފައިވަނީ ހަމައެކަނި އޭނާ ފެންވަރާ ފެނުން ފެންވަރާލަން ބޭނުން ވާތީ ކަމަށެވެ.
މި މީހާ ޝާހުގެ ގޭގެ ސްވިމިން ޕޫލު ކައިރިއަށް ގޮސް، އެމީހާ ލައިގެން ހުރި އެއްޗެހި ބޭލުމަށް ފަހު ސްވިމިން ޕޫލަށް އެރުނު ކަމަށް ޝާހު ބުނެފައިވެއެވެ.
އަދި ސެކުރިޓީ ގާޑުން އައުމުން އެމީހާ ބުނެފައިވަނީ ޝާހު ފެންވަރާ ފެނުން ފެންވަރާލަން ބޭނުންވާތީ އެ ޕޫލަށް އެރުނީ ކަމަށެވެ.
ޝާހުއަކީ އޭނާގެ ސަޕޯޓަރުންނާއި ގާތް ގުޅުމެއް އޮންނަ ފަންނާނެކެވެ. ޝާހުގެ ކޮންމެ އަހަރެއްގެ އުފަން ދުވަހު ވެސް ސަޕޯޓަރުންނާއި އޭނާ ފެނިލައެވެ.
ތިޔަވަރަށް ޝާހު އާ މޮޔަވެފަ ހުއްޓަސް ތިޔަ ފެންވެރުނީ ޝާހު ފެންވެރި ފެނަކުންނޫން! ތިޔައީ ސްވިމިންގ ޕޫލުގައި ހުރި ފެން ! ޝާހު ފެންވަރާ ފެނުން ފެންވަރަންޏާ ޝާހު ފެންވަރަން ގަޔަށް އެޅީމާ ގައިން ފައިބައިގެން ދާ ފެން އެއްކޮށްގެން ފެންވަރާ !