އުމުރުން 59 އަހަރުގެ މުއްސަނދި ދިވެހި އަންހެނަކު އިންނާނެ ޒުވާން ފިރިހެނަކު ހޯދަން އިއުލާނުކޮށްފިއެެވެ.
ރާއްޖޭގައި ހިންގާ ކައިވެނި ޕޭޖްތަކުގެ ޑިމާންޑް ވަރަށް ބޮޑެވެ. އެ ޕޭޖްތަކަށް މެސެޖްކޮށްގެން ހަޔާތުގެ ބައިވެރިން ހޯދައިގެން މިހާރު ކައިވެނިކޮށްގެން އުޅޭ މީހުންވެސް އުޅެއެވެ.
ކައިވެނި ޕޭޖްގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކައިވެނި ކުރަނެ ފިރިހެނަކު ބޭނުންވާ ކަމަށެވެ. އެ ޕޯސްޓްގެ ނަމްބަރަކީ ޕީ3860އެވެ.
ޕޯސްޓްގައި ބުނެފައި ވަނީ، އޭނާއަކީ މާލެއަށް އުފަން އުުމުރުން 59 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މާލޭގައި އޭނާގެ އަމިއްލަ ގެދޮރު ހުންނަ ކަމަށާއި، އާމްދަނީ ހޯދުމަށް ވިޔަފާރިވެސް ކުރާ ކަމަށް ބުނެފައި ވެއެވެ. އޭނާ ކުރަނީ ކެފޭ ރެސްޓޯރެންޓް ވިޔަފާރިކަމަށްވެސް ބުނެފައި ވެއެވެ.
އެ ޕޯސްޓްގައި ބުނެފައި ވަނީ އާމްދަނީގެ ގޮތުގައި ގޭގެ ކުއްޔާއެކު ޖުމްލަ ސާފު ފައިސާ މަހަކު 150،000ރ އަށް އަރާ ކަމަށެވެ.
އެ ޕޯސްޓްގައިވާގޮތުން އޭނާ ބޭނުންވަނީ އޭނާއަށްވުރެ ދޮށީ ނޫން ހަށިގަނޑު ފިޓްކޮށް ހުންނަ ޒުވާން ފިރިހެނެކެވެ. އަދި ހަށިގަނޑު ފިޓްްކޮށް އަބަދުވެސް ރީތިކޮށް ހުންނަ މީހަކަށް ވާން ވާނެ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ވިޔަފާރިއާއި ހަވާލުވެ އޭނާ ބެލޭނެ ފަދަ ހަރުދަނާ މީހަކަށް ވާން ވާނެ ކަމަށް ބުނެފައި ވެއެވެ.
މިފަދަ ޕޭޖްތަކުގައި ޕޯސްޓްތައް ޖަހަނީ ފައިސާ ދީގެންނެވެ. އަދި ޕޭޖްގައި ޖަހާ ޕޯސްޓްތަކަކީ ރަނގަޅު ޕޯސްޓްތަކެއް ކަމަށް ޕޭޖްތަކުންވެސް ބުނެފައި ވެއެވެ.
ނަސީބެއް މިޔަހަރު ފެށުނުދުވަހު ހަށިގަޑު ރީތިކުރަން ފެށުނުކަން ނޭގިނަމަވެސް މިތަޔާރުވެވުނީތިކަމަށް. މަންޖޭ މަ ރެޑީ
ހަހާ ފިރިހެން ގޯލްޑްޑިގާއިންވެސް އުޅޭކަން މިއެނގެނީ.
😂😂
60 ހަމަވާން 1 އަހަރު މާބޮޑުތަނުން މުސްކުޅި.. އެކަމަކު ޒުވާންކޮށް ފިޓުކޮށް ހުންނަ ފިރިހެނަކު ބޭނުންވަނީ. އަހަރެން ބޭނުންވަނީ ޒުވާންކޮށް ދޮންކޮށް ހުންނަ 18 އަހަރުގެ އަންހެން ކުއްޖަކު. ވީމާ ތިކަމާ ކައިރިވާންވެސް ބޭނުމެއް ނޫން. ސޮރީ
ހަހާ ފިރިހެން ގޯލްޑްޑިގާއިންވެސް އުޅޭކަން މިއެނގެނީ.
ފިރިހެނުން ގޯލްޑް މައިނިން ކުރާތާ އެތައް ގަރުނެއްވެއްޖެ ލޮލް
ގޯލްޑްޑިގަރ ކިޔަނީ ހަމައެކަނި އަންހެނުންނަކަށްނޫން.
މުޖުތަބާ ކިހާވަރެއް ސެލެރީ؟ އޭޖްވެސް ބުނެލަބަލަ.
މުޖުތަބާމެންގެ ގަމާރުކަން ދޯ؟ ބަލަ ދަރިޔާ މިޒަމާނުގަ 18 އަހަރުކުދިންވެސް އެދުވަނީ ފައިސާ ފަހަތުންނޭ. ބޮޑުތަނުން ފައިސާ ނެތި އެއްކަމެއްވެސް ނުވާނެ މިހާރަކު. އެދައިތަ މަރުވީމަ ޅަކުއްޖަކާއިންނަންބޭނުމިޔާ އެކައުންޓް ފުރާލަބަލަ.
Bey nu mehr noon
Gym jahssan dho dhaan v furathama
ކިތައް ކުދިން ތިބޭކަންވެސް އިޢުލާންގަ ޖަހަންވާނެ. ތިއިން ފައިސާ ފޮއްޗެއް އިންނަ މީހަކަށް ލިބޭނެ ކަން އެނގޭނީ ވެސް އޭރުން.
60 އަހަރު ވުމަކީ މުސްކުޅިވުމެއްނޫން ، 60 އަހަރުގައި ވަރަށް ޒުވާންކޯސްތިބޭ ރީތި އަންހެން ކަނަބަލުންތިބޭ ، އެހެންނޫނަސް އޭނާ ބުނެފައި އެއޮތީ އޭނާގެ ވިޔަފާރި އާއި ޢަދި އޭނާ ބަލަހައްޓާނެ ރަގަޅުހަރުދަނާ މީހެއްގެ ވާހަކަ ، ވަރަށް ރަގަޅު ނިންމުމެއް ،،،،،
ހެނދުނާ ހޭލައިން ތެދުވެވޭނީ ކިހާއިރަކުންބާ ؟ ސައިދީ ހެދޭނެބާ ؟؟
އަމުދަކުން އަމިއްލަޔަށް ކައި ބޮއެ ނުހެދޭ ވަރުގެ ތުއްތު ފިރިހެން ބޭނުމެއްނޫން. ކެއުން ބުއިމަކީ އަމިއްލަ ޒިންމާގައި ހިމެނޭ ކަންކަން، ލައިފް ސްކިލެއް އެއީ. މިވަރު ނުވަންޏާ ބޮޑު ވަރު. 150،000 ރުފިޔާގެ އާމްދަނީ އަންހެން މީހާ ހޯދަމުން ވެސް މި ބޭބީ ފިރިހެނަށް ކާން ދޭން ވެސް ހޭލުވޭނެހޯ. ލޮލް.
ދެއަންބަށް އިނދެފާނެތަ!
މަށަށްވުރެ 20 އަހަރު ދޮށި އެކަމަކު މަވެސް ލައިކްވޭ ކަނބުލޮ އޯކޭ ވަންޏާ މަށަށް ގުޅާބަލަ
އެއީ އޭނާގެ ޕުރެފަރެންސް، އެކަމާ ކޮންމެހެން އެއްޗެހި ކިޔުމެއްނެތް.
މަ ބޭނުން އެކަމަކު ޢުމުރަކީ 52 ވަރަށް ޒުވާންކަމަށް ފެންނާނެ ވަޒީފާވެސް އަދާކުރަން. 4ކުދީންތިބޭ.
މާ މުސްކުޅީ.
ފައިސާގެ ދަހިވެތިކަމުގެ އިނުމުގެ ބޭނުމެއް ކޮބާ! ވިސްނާ ވިސްނާ ނޭގުނު ހަމަ.
ހަމަ އިނަން ވީ
ކަޑުގަ ރާޅުހުރިވަރު އެގޭނީ ކަޑަނިކުތީމަ ދޮ
ކިތަށްދަރިން އެބަތިބި. ވަޞިއްޔަތުން މުޅިމުދާ މިހާރު ހުރީ ދަރިންނަށްދީނިންމާފަދޯ. އެހެން ކަމަށްވަނީ ވިއްޔާ ސޮރީ. މުދަލާ ގޯއްޗާ ގެޔާ ފިހާރަޔާ ހުރިހާ އެއްޗެއް ހުރީ ހަމަ އެއްވެސް މީހަކަށްނުދީ ކަމަށްވަނީ ވިއްޔާ އޯކޭ. ހަމަ ތައްޔާރު. މުޅި މުދަލުގެ ދެބައިކުޅަ އެއްބައި ގެޔަ ގޯތީގެ ވެސް ދެބައިކުޅަ އެއްބައި އަހަރެންނަށް ހިބައިންދޭންޖެހޭނެ ކައިވެނީގެ މަޖިލީހުގައި ކައިވެނީގެ ވަލީއާއެކު. އެހެންނޫނީ އަނބި ޤަބޫލުކުރުމެއް ނެތް. މަ ބޭނުމީ މުދާ. މުދަލުގެ ދެބައިކުޅަ އެެއްބައިދޭ އަނބިމީހާ އުފަލުން އަބަދު ބަހައްޓާނަން. ނުފައިބަން ގަދަހަދާ ތަރިވެސް ބާލާފަ ހަމަ ސީދާ އުނގުގަ ބައިންދާނަން. މައިބޭބީ ގެ ނަމަށް ނަންވެސް ބަދަލުކުރާނަން
މި ޝަރުޠާ އެއްބަސްވާނަމަ ހަމަމާދަމާ ރެޔަށް ކައިވެނި ތައްޔާރު މިކުރަނީ... އަންގާލާ ސާފުސީދާ ތެދުބަހުން.
އޭނަޔާ ނީނދެ މުދާކޮޅާއި ފައިސާއާ އިންނަންވީ ނުން...އިންނަންޏާ، އިންނަންވާނީ ހެޔޮ ހިތުން..އޭނަ ބޭނުންވަނީ އޭނަޔަށް އެހީތެރިކަން ..މީހަކަށް ރަނގަޅަށް ކަމެއް ކޮށްދިނީމަ އޭގެ ބަދަލު މާތްﷲ ދެއްވާނެ..
3860
ކޮންމެވެސް މީހަކު ވަގުތު ނޫހާއި އިދެބަލަ