51 އަހަރުގެ ދިވެހި އަންހެނަކު ކައިވެނި ކުރަން ޒުވާނަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ކައިވެނި ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާއަކީ ކައިވެންޏެއްކޮށް ވަރިވެފައިވާ ހަތަރު ދަރިން އަދި ދެ މާމަ ދަރިން ތިބި އަންހެނެއް ކަމަށެވެ.

މާލެއަށް އުފަން އެ މީހާ ބުނެފައިވާގޮތުގައި، އޭނާ ބޭނުންވަނީ އުމުރުން 30 އަހަރާއި 44 އަހަރާއި ދެމެދުގެ ސިއްހަތު ރަނގަޅު މުރާލި ފިރިހެނަކާއި ކައިވެނި ކުރާށެވެ.

އެ ޕޯސްޓްގައިވާގޮތުން އޭނާގެ އަމިއްލަ ގެދޮރު ހުޅުމާލެ އާއި މާލޭގައިވެސް ހުރެއެވެ. އަދި ކޮންމެ މަހަކުވެސް ކުލީގެ ގޮތުގައި އާއި އަމިއްލަ ގާމެންޓްސް ފިހާރައިން ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް އެ ޕޯސްޓްގައި ވެއެވެ.

އެ އަންހެން މީހާގެ އެ ޕޯސްޓްގައިވާގޮތުން އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ބޭނުންވާ ފިރިހެން މީހާގެ އެންމެ މުހިންމު އެއް ޝަރުތަކީ ވިޔަފާރި ބެލެހެއްޓޭ މީހަކަށް ވުމެވެ. އަދި އަނބިމީހާގެ ހުރިހާ އެދުމެެއް ފުއްދައި ދެވޭނެ މީހަކަށް ވާން ވާނެ ކަމަށް އެ ޕޯސްޓްގައި ވެއެވެ.

ކައިވެނި ކުރާނެ މީހަކު ހޯދަން އިއުލާންތައް ޖަހައިދޭ ފޭސްބުކް ޕޭޖްގައި އިއުލާންތައް ޖަހަމުން ގެންދަނީ އިއުލާން ޖަހަން ބޭނުންވާ މީހާ ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެޕޭޖްގައި އިއުލާން ޖަހައިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ގަދަކޮއި

    ކުރާނެ ކަމެއްނެތް ،،، ވަރަށް ދެރަ ،،، މަށައް 45 އަހަރު ފުރުނީ އިއްޔެ ،،، އެހެންނޫންނަމަ ތިޔަ ކައިވެންޏަށް އެދޭނަން.....

    22
  2. ފަގުޑި

    51 އަހަރުގެ އަންހެން ކުއްޖެއް ދޯ.

    26
    2
  3. ހުލިހުލިސާ

    ލޮލް

    16
    2
  4. Anonymous

    މިހާރަކަށް އައިސް މުސްކުޅި އަންހެނުން ޒުވާން ފިރިހެނުންނާ އިންނަން ހާދަހާ މަސައްކަތެއް އެބަކުރެއެވެ. އެ އަންހެނުންނަކީ ދުވަހަކު ވެސް މަރުނުވާނެ ބަޔެއް ކަމުގައި ހީކުރާ ކަހަލައެވެ. ދުނިޔޭގެ ދަހިވެތިކަން އިންތިހާ ދަރަޖައަށް ދިޔައިމާ، އާޚިރަތްދުވަސް ހަނދާންނެތެނީއެެވެ. ތިކަހަލަ މީހުން ދުނިޔޭގެ އުފަލަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ތި އަންހެނާއާ އިންނާނީ ކޮން ފިރިހެނެއް ހެއްޔެވެ؟ މިހާރު އެތައް ފަހަރަކު ތި އަންހެނާ ޒުވާން ފިރިހެނަކާ އިންނަން އިޢުލާންކޮށްފިއެވެ.

    25
    10
    • ހަނި

      ތި ބޭފުޅާގެ ވިސްނުމުގެ ކޮށިކަމާއެވެ. އާހިރަތް ހަނދާން ވާތީ ދޯ ގޯސްގޮތަކަށް ނޫޅެ އޭނަގެ ކަންތައް ކުރެވޭނެ ވަރު މީހަކު އެހޯދަނީ. އަނެއްކާ ޒުވާނަކާ އިނުމަކީ މަރުނުވާނެ ފަންޑިތައެއްކަމަށް އެ ދައްތަ ދެކޭ ކަން ކަލެޔަށް ކިހިނެއް އެނގުނީ؟ ސަރުތު ހަމަ ނުވާތީ ހަސަދަވީ ދޯ

      38
      3
    • ޜަނާ

      މުސްކުޅި ފިރިހެނުންވެސް އިޢުލާން ނުކުރިޔަސް ފައިސާގެ ދަހިވެތި ކަމުގައި ޖައްސައިގެން ނޫނީ މައިން ބަފައިންނަށް ފައިސާ ގަނޑެއް ދީގެން ކައިވެނި ކުރަނީކީ މަދެއްކޮށް ނޫން.ބަލާބަލަ މަމެންގެ ގާސިމުވެސް ނަހުލާވެސް ބުނި މަންމަ ބުނި ކަމެއް ކޮށްދޭންވެގެން ގާސިމާ އިނީކަމަށް. ޙަގުއަބީގެ ހާލެއް ނޭގެ ކޮންފަދަ ޖާދޫއެއްގައި ޖައްސައިގެން ކަމެއްވެސް . އަންހެނުންނަށް އެކަނި އެއްޗެތި ނުކިޔާ

      14
    • ކޭ

      މުސްކުޅި ފިރިހެނުންވެސް ފައިސާގެ ދަޅަދައްކައިގެން ޅަކުދިން ހޯދަނީ އަންހެނުންވެސް ފައިސާ އޮތިއްޔާ އެކަންކުރާނެ އަށާރަ ފުރިފައި ހުރިއްޔާ ކޮބާ މައްސަލައަކީ ކިތަމެހަގަސް.

      14
    • ނާނޭ

      މާތް ނަބިއްޔާގެ ފުރަތަމަ ކައިވެނިފުޅަކީ އެކަލޭގެ ފާނަށްވުރެ އެތައް އަހަރެއް ދޮށި ހަދީޖަތުގެފާނާ ބައްލަވައިގެތް ކައިވެނިފުޅު. ކަލެއަށް ނޭނގިނަމަވެސް ތިޔަ ފުރައްސާރަ ކުރެވެނީ ދީނަށް!

      11
      1
  5. އަހަންމަދު

    މަށަށް 1 ގެ ދެންޏާ އިނދެވިދާނެ

    20
    7
  6. ރަދީފް

    މަ ބޭނުން.

  7. ޖައްބު

    އުގަގަނޑަށް މިފުރެނީ 29 ،، ދައްތައަޅެ ،،،،،،،،،،،،،،،،،،،،،،،،،.

  8. ހަމިއްޓޭ

    ޢާއްމު އުސޫލަކުން ފިރިހެނުން އަންހެނުންނާއި އިންނަނީ އަންހެނުންގެ ތަޢުލީމީ ސެޓްފިކެޓް ބޮޑުކަމަކުން ނުވަތަ ފައިސާ ގިނަކަމަކުން ނޫނެވެ. ފިރިހެނުން ބަލަނީ ސިއްޙަތު ރަނގަޅު ޒުވާން ރަހިމެއްގެ ބޭނުމުގައެވެ.

    6
    4
    • ފުރުސަތު

      މާނައަކީ އެންމެ ބޭނުމެއްގައޭ ގިނަ ފިރިހެނުން މީހުންނާ އިންނަނީ..ތިއީ ތެދަކަށް ވީމަ މިހާރު ކައިވެނިތައް އެހާ ފަސޭހައިން ރޫޅެނީ..ކައިވެނީގެ އަސްލު މަޤްސަދު މުޅިން އޮޅިފަވާތީ..ކައިވެނި ކުރުމުގަ ދީނުގަ ބަލާ މިންގަނޑަށް އަމަލު ނުކުރާތީ.ކައިވެންޏެއް ކުރުމުގަ އާއްމުކޮށް މިބަލަނީ ދީންވެރިކަމަށާއި ހަސަބާއި ނަސަބަށާއި މުއްސަނދިކަމަށާއި ރީތި ކަމަށް..މިތަނުން އިސްލާމް ދީނުގަ ބޮޑަށް ބާރު އަޅަނީ ދީންވެރި އަންހެނާ ނުވަތަ ފިރިހެނާ އިހްތިޔާރު ކުރަން..މިގޮތުން ކައިވެނީގެ ހަޔާތް ބާއްޖަވެރި ކުރެވޭނެތީ..ޒުވާންކަން އަބަދު ބޭނުންވާނެ ކޮންމެ މީހަކުވެސް..އެކަމަކު މިދުނިޔޭގަ ދިރި ހުރިހާ، ހިނދަކު އުމުރު ހިނގާނެ...މުސްކުޅިވެސް ވާނެ..އެކަން ބަދަލެއް ނުވާނެ..އަބަދު ޒުވާންކަން ބޭނުންވާ މީހާއަށް އޮތީ ސުވަރުގެ ލިބިގަތުމަށް މަސައްކަތް ކުރުން..ސުވަރުގޭގަ ތިބޭނީ ހުސް ޒުވާނުން..ދުވަހަކު މުސްކުޅިއެއް ނުވާނެ..މިމަގުވެސް ލިބެން އެބައޮތް ހިތްވަރާއެކު ދީނުގަ އޮތް ގޮތަށް އަމަލުކޮށްގެން...

  9. ޟުނާ

    ތިހާ ދުވސްވީމަ އެހާ ޅަ ސޮރަކާ އިނީމަ ހެނދުނު ރަނގަޅަށް ނުހިނގިދާނެތީ ބޭބެ ބިރުގަންނަނީ

    9
    1
  10. ސޯދު

    ޒުވާން ފިރިހެނުން ދޮށީ އުމުރުގެ އަންހެނުންނާ ކާވެނިކުރުމީ ގަދަވެގެންވާ ސުންނަތެއް ތިކަހަލަ ފުރުސަތު އަބަދަކު ނުލިބޭނެ!

    9
    1
    • މަ

      ސުންނަތްކަން ގަދަ ވަނީ މިފަދަ ދަޅަ ދެއްލިވަރަކަށް ތޯ
      ނޫނީ މިފަދަ ސަރުތު ކުރި ވަރަކަށްތޯ
      ނޫނީ ހުވަފަތް ވެފައިވާ އެކަނިވެރިޔަކާ އިނުންތޯ

  11. ސޭޓު

    އަހަރެން ކަމުދޭތަ؟

  12. އަޙްމަދު

    އަހަރެން ކަމުދޭތޯ ބަލާދީބަލަ!