ފަސް މީހުންގެ ގުރޫޕްއަކުން އަންހެނަކު ގޭގައި އޮއް ރޭޕް ކުރުމަށްފަހު އޭނާ އަންދާލާފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ފަސް މީހުންގެ ގުރޫޕްއަކުން މިމީހާ ގޭގައި ނިދާފައި އޮއްވާ ރޭޕްކޮށްފައިވަނީ ރޭގައި ކަމަށާއި މިމީހާ ރޭޕް ކުރުމަށްފަހު ވަނީ އަންދާލާފައިކަމަށެވެ. އަދި މިމީހާއަށް މި ފަސް މީހުން ފޮށޭތާ ގިނަ ދުވަސް ތަކެއް ވެއްޖެ ކަމަށާއި މީގެ ދުވަސް ކޮޅެއް ކުރިން މިފަސް މީހުން މިއަންހެން މީހާ އާ މަގުމަތީގައި ފޮށުމުން މިމީހުންނާ ދިމާޔަށް މިއަންހެން މީހާ ހަޅޭލެވި ކަމަށް އެއަވަށުގެ މީހުންނާއި ހަވާލާދީ އިންޑީޔާގެ ނޫސްތަކުން ބުނެއެވެ.

އިންޑިޔާގެ ނޫސްތަކުން އިތުރަށް ބުނެފައިވަނީ ފަސް މީހުންގެ ގުރޫޕްއަކުން މިމީހާ ރޭޕް ކުރުމަށްފަހު ފުރަތަމަ އަންދާ ނުލާ ކަމަށާއި އަންދާލީ މިމީހުންނާއި ދެކޮޅަށް ހެކި ބަސް ދީފާނެތީ ފަހުން އައިސް ކަމަށެވެ. އަދި މިވަގުތުގައި ރޭޕް ކުރެވުނު މީހާ ފުލުހުންގެ އެހީތެރިކަމަށް އެދި ފުލުހުންނަށް ގުޅުމުން ފުލުހުން ފޯނު ނުނަގާ ކަމަށެވެ. އަދި މި ރޭޕް އާ ބެހޭ ގޮތުން އޭނާގެ ބޭބެ އަށް އެންގި ކަމަށާއި ނަމަވެސް ބޭބެ ގެޔަށް އައިއިރު އެމީހުން މި އަންހެން މީހާ އަންދާލި ކަމަށެވެ.

މިމައްސަލަ މިހާރު ހޫނުވެފައިވާއިރު، އިންޑިޔާގައި އަންހެނަކު ނުވަތަ ކުޑަ ކުއްޖަކު ރޭޕް ކޮށް ނުލާ ދުވަހެއް މަދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރހހ

    ކޮންމެ ދުވަހަކު ދެދަޅަޔައް ރޭޕްކުރިޔަސް އެމްނެސްޓީ ޢާއި ޢީޔޫ، ޢދ ފަދަތަންތަނައް ހަމަރަގަޅު، އެހެންތާވާނީ ހުރިހާދީނަކައް އުޅުމުގެ މިނިވަންކަން ނަމެއްގަނަމަވެސް އިންޑިޔާގަ ހުއްދަ. އެހެންވީމަ އެވަރުން ޢީޔޫ އައްވެސް ހަމަފުދޭ.

  2. ތ

    سبحان ﷲ.. ހާދަ ގޯހޭ