ސިޑިން އަރާ ފޭބުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ބައެއް ފަހަރު ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރު އެކަން ކުރަން ޖެހެއެވެ. މިއީ ބައެއް މީހުންނަށް އާއްމުކަމަކަށް ވަނީ ވެފައެވެ.

މިއީ ތި އަރާ ސިޑިތަކުގެ ތެރެއިން ތަފާތު ސިޑިއެކެވެ. މި ސިޑިއަށް އަރާ އަރާ ވަރުބަލި ވާއިރުވެސް ދެވެނީ އެއްތާކަށެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟. މިއީ ގިނަބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ.

މިއީ ނިއުޔޯކްގެ ތަނެއްގައި ހަދާފައިވާ ސިޑިއެކެެވެ. މި ސިޑި ހަދާފައި ވަނީ ވަރަށް ވިސްނައިގެންނެވެ. ހުރިހާ މެތަޑްއެއް ބޭނުންކޮށްގެންނެވެ.

އެތައް ބަޔަކަށް މި މަސައްކަތް ކަމުދިޔައިރު، މިއީ އެއްވެސް ވަރަކަށް ވެދާނެކަމެއްކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. މިއީ އާއްމުކޮށް 3ޑީ ކުރެހުމަކުން ފެނިދާނެ އެއްޗެެކެވެ.

ނަމަވެސް 1968 ވަނަ އަހަރު މި ސިޑި ވަނީ ހަދާފައެވެ. ފިލިޕޯނީގެ އާކިޓެކްޓަރ ރަފާއިލް އެލްސަން އަބޯގަންޑާ ހެދި މި ސިޑި ވެފައި ވަނީ އެތައް ބަޔަކު ހައިރާންކޮށްލާ ވަރުގެ ސިޑިއަކަށެވެ.

މި ސިޑީގައި ވާގޮތުން މައްޗަށް އެރުމުން މީހާ ހުންނާނީ އެ އެރި ސިޑީގެ ދަށުގައި ހުންނަ ސިޑީގައެވެ. އަނެއްކާވެސް ޖެހެނީ އެތަނުން އަރާށެވެ. އަރައިގެން ހަމަ ދެވެނީ ތިރީ އިންނަ ސިޑިއަށެވެ. ކިތަންމެ ވަރަަކަށް އަރާ މީހާ ވަރުބަލި ވިޔަސް އެއަށްވުރެ މައްޗަކަށް ނުދެވެއެވެ.

ބައެއް މީހުން އަދިވެސް މިކަން ގަބޫލެއް ނުކުރެއެވެ. އެހެންކަމުން މި ސިޑިން އަރާލުމަށް ނިއުޔޯކްގެ ރޮޗެސްޓާރ އިންސްޓިޓިއުޓް އޮފް ޓެޗްނޮލޮޖީއަށް ދަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައިލީ ރެއިޑް

    މިއީ ފޭކް ވިޑިއޯއެއް. ސިޑި ނިމޭ ކޮޅު ތަޅުމެއް ނުދައްކާނެ މި ވިޑިޔޯ ހެދި މީހުންނެއް ، އެއީ އެތާ އިންނަން ޖެހޭނީ ސޮންދާ ފިލަ އެއް ވީމަ. މި ވިޑިޔް އަކީ ސަމާސާ އެއް ނޫނީ ފިލްމް މޭކިން ހުނަރު ދައްކާލާ މަޖާ ވިޑިޔޯ އެއް.

  2. ހައްބެ

    ހެޔޮ އިމްޕޮސިބަލް ކަމެއް ތީ?

    • ރާނީ