އަނބިމީހާއާއި އޭނާގެ މަންމަގެ ފަރާތުން އެކި އަނިޔާތައް ލިބެމުންދިޔަ ފިިރިހެނަކު އޭނާ ކިޑްނެޕްކޮށްފައިވާކަމަށް ބުނެ މަންމައަށް މެސެޖްކޮށްފިއެވެ. އޭނާ މިގޮތަށް ބުނެފައި ވަނީ އެ މީހުންގެ ކިބައިން ސަލާމަތްވުމަށެވެ.

އިންޑިއާގެ އަވަށެއްގައި މި ހާދިސާ ހިނގިއިރު، އެ ފިރިހެން މީހާގެ އަނބިމީހާ ވަނީ ފުލުހަށް އެ މައްސަަލަ ހުށަހަޅާފައެވެ.

މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އޭނާ މަސައްކަތަށް ގޮސް އެނބުރި ގެއަށްދާކަށް ބޭނުން ނުވިއެވެ. އަދި ޖުލައި މަހުގެ 11 ވަނަ ދުވަހު އޭނާ ކައިވެނިކޮށްގެން އުޅޭ އަންހެން މީހާގެ މަންމަގެ ފޯނަށް މެސެޖްކޮށް އޭނާ ކިޑްނެޕްކޮށްފައިވާކަމަށް ބުންޏެވެ.

އެކަމާއި އޭނާގެ އަނބިމީހާ ހާސްވެގެން ފުލުހަށް މައްސަަލަ ހުށަހެޅިއިރު، ފުލުހުން އެ ފިރިހެން މީހާގެ ފޯން ޓްރޭސްކޮށްގެން ހޯދިއިރު، ފުލުހުންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެެވެ. އެ ފިރިހެން މީހާ އުޅެމުންދިޔައީ އޭނާގެ ދައްތައެއްގެ ގޭގައެވެ. އެއްވެސް ކަހަލަ ނުތަނަވެސްކަމެއް އޭނާގެ މޫނުމަތިންވެސް ފެންނަން ނެތެވެ.

އެހެން ނަމަވެސް ފުލުހުންނަށް ފަހުން އެނގުނުގޮތުގައި އޭނާ އެގޮތަށް ރިޕޯޓްކުރީ އޭނާއަށް އަނބިމީހާ އާއި މަންމަ ޖެއްސުން ކުރާތީއެވެ.

އެ ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ ވާނީ އަދި އަހަރެކެވެ. އެ ދެމީހުން މައްސަލަ ޖެހެން ފެށީވެސް ވަރަށް ފަހުންނެވެ. އެގޮތަށް ގޮސް އޭނާގެ އަނބިމީހާ އާއި މަންމަގެ އުނދަގޫ ޖެހިގެން އެންމެ ފަހުން އޭނާ ބޭނުންވީ އެ މީހުން ކައިރިން ސަލާމަތްވުމަށް ކިޑްނެޕްކޮށްފައިވާކަމަށް ރިޕޯޓް ކުރާށެވެ.

ފުލުހުން ބުނީ، އެ މީހުންގެ މައްސަލަތައް ހައްލު ކުރުމަށް އެ މީހުން އެހީތެރިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު