ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކު ކައިރިން އެމީހުން ދަރިން ހޯދާނީ ކޮން ދުވަހަކުންތޯ ސުވާލު ކުރުމަކީ އަޙްލާޤީ ގޮތުން ބަލާއިރު ވަރަށް ދަށްފެންވަރުގެ ސުވާލެކެވެ. އެއީ ދެމަފިރިންގެ ވަރަށް ޒާތީ ކަމެކެވެ. ނަމަވެސް ބައެއް މީހުން އެސުވާލު ކުރެއެވެ.

ދާދިފަހުން ޕްރިންސް ހެރީ އާއި މޭގަން މާކެލް އަޔަލޭންޑަށް ކުރި ދަތުރުގެ ތެރެއިން ވެސް މީހަކު ވަނީ ޕްރިންސް ހެރީ އާއި މިސުވާލު ކޮށްފައެވެ. ޕްރިންސް ހެރީގެ ދެމަފިރިންނަށް މަރުޙަބާ ދަންނަވަން އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ޕްރިންސް ހެރީ އާއި ސަލާމް ކުރުމަށް ފަހު ބުނީ "އަހަރެންގެ ފިރިމީހާގެ ބޮލުގެ އިސްތަށިގަނޑު ވެސް ހުންނަނީ ރަތްކޮށް. އަހަރެންގެ ފިރިމީހާ މިހާރު އަހަރެންނަށް ފަސްކުދިން ދީފި. ޕްރިންސް ހެރީ އާއި މޭގަން ދަރިއަކު ހޯދާނީ ކޮންދުވަހަކުން؟"

ޖަވާބުގައި ޕްރިންސް ހެރީ ބުނީ "ފަސް ކުދިންނޭ؟ އެއީ މާބައިވަރު."

ދަރިއަކު ހޯދާނީ ކޮންދުވަހަކުންތޯ ކުރި ސުވާލަށް ޕްރިންސް ހެރީ ޖަވާބެއް ނުދިނުމުން ޕްރިންސް ހެރީގެ ދެމަފިރިން ދަރިއަކު ހޯދާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުންނަށް ވަނީ އަނެއްކާވެސް އިންތިޒާރެއް ކުރަން ޖެހިފައެވެ.

ޕްރިންސް ހެރީ އާއި މޭގަން އެންގޭޖްވި ފަހުން ބީބީސީ އަށް މިދިޔަ ނޮވެމްބަރ މަހު ދިން އިންޓަވިއުއެއްގައި ބުނީ ދަރިއަކު ހޯދުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. "ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅާނީ. އުއްމީދު ކުރަނީ ލަސްތަކެއް ނުވެ އާއިލާއެއް ފެށޭނެ ކަމަށް." އެއިންޓަވިއުގައި ޕްރިންސް ހެރީ ބުންޏެވެ.

ދަރިން ހޯދުމާއި ބެހޭ ގޮތުން ޕްރިންސް ހެރީ އާއި މޭގަން އާންމު ފޯރަމްތަކުގައި ވާހަކަ ނުދެއްކި ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެމަފިރިންގެ އުމުރަށް ބަލާއިރު ވަރަށް އަވަހަށް މޭގަން ބަލިވެ އިންކަމުގެ ޚަބަރު ލިބުން އެކަށީގެންވެއެވެ.

މޭގަންގެ އުމުރުން މިހާރު 36 އަހަރު ވެއްޖެއެވެ. މޭގަން އާއި ޕްރިންސް ހެރީ ކައިވެނި ކުރީ މިއަހަރުގެ މެއި 19 ވަނަ ދުވަހު އެވެ.

ޕްރިންސް ހެރީ އަށް އަދި ދަރިއަކު ނުލިބުނު ނަމަވެސް އޭނާގެ ބޭބެ ޕްރިންސް ވިލިއަން އަށް މިހާރު ވަނީ ތިން ދަރިން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތިމަންނަ

    އަހަރުމެންނަށް ކީ ކީއް!!

  2. ޙުސޭނު

    އިށް އޭ އިނީ

  3. ލޮލި

    ދަރިން ނަކީ ދެށް ވާ ނިއު މަތެ ކޭ ކާފަރާ

    • ހުށާ

      މިކަހަލަ ބަސްމަގު ހަޑި ކޮމެންޓު ނުލިޔާށެވެ. ބޭފުޅާ

  4. ރީޑާ

    ޕްރިންސް ހެރީ އާއި މޭގަން ރޭކުރާނީ ކޮންދުވަހަކުންތޯ ފުރަތަމަ ހަބަރަކަށް ގެނެސްދީފައި ދެން ތިޚަބަރު ގެނައުން ރަނގަޅުވާނީ.