"ސިއްހީ ރިޕޯޓުތައް ބަލައި ޑޮކްޓަރުން ބުނަނީ އަހަންނަށް ދަރިއަކު ލިބުމުގެ ފުރުސަތެއް ނެތް ކަމަށް،" އަންހެނާ ދަރިމައިވުމަށް އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ބައްޔެއް ކަމަށްވާ އެންޑޯމެޓްރިއޯސިސް އަށް ޑައިގްނޯސް ކުރެވިފައިވާ ސަމާގެ ވާހަކަ އޭނާ ހިއްސާ ކުރިއެވެ.

ދަރިއަކު ހޯދަން ސަމާ އަށް ފަސޭހަ ކަމަކަށް ނުވިއެވެ. ދަރިއަކު ހޯދަން މަސައްކަތްކޮށް، ކާމިޔާބު ނުވުމުން ސަމާ އާއި އޭނާގެ އެންމެ ފުރަތަަމަ ފިރިމީހާ މަސައްކަތްކުރީ އައިވިއެފް ހެދުމަށެވެ. އެކަމަށް ދެމީހުން ކުރި މަސައްކަތުގެ ތެރެއިން ޑޮކްޓަރަށް ދައްކާއި، އިތުރު ޓެސްޓުތައް ހެދުނެވެ.

ސަމާގެ އޯވާރީގެ ޓެސްޓުތައް ހެދުމުން އޯވަރީގައި ސިސްޓެއް އަށަގަނެ، 8 ސެންޓިމީޓަރަށް އެ ސިސްޓް ބޮޑުވެފައިވާކަން ފާހަގަވިއެވެ. މިކަމުގައި ޑޮކްޓަރު ސަމާއަށް ލަފާދިނީ އޯވާރީ ނެގުމަށެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ސަމާގެ އޯވަރީ 2017 ވަނަ އަހަރު ނެގުނެވެ. އޭގެ ހަ މަސް ދުވަސް ފަހުން ސަމާގެ ވާއަތްފަރާތު އޯވަރީގައި ވެސް ސިސްޓް ހުރިކަން ދެނެގަނެވުނެވެ. 2018 ވަނަ އަހަރުވެސް އޮޕަރޭޝަނެއް ކުރިއެވެ. އަދި އެ އޯވަރީ “ވީކް” ކަމަށް ބުންޏެވެ.

ކައިރި ކައިރީގައި ދެ އޮޕަރޭޝަން ކުރިއިރު، ސަމާއަށް ފިރިމީހާގެ މާ ބޮޑު އަޅާލުމެއް ނުލިބުނެެވެ. އެ ދުވަސްވަރު ސަމާގެ ހާލަތު ހުރިގޮތް ކިޔައިދެމުން އޭނާ ބުނީ "އެ ހިސާބުން އަހަރެން އަމިއްލައަށް މަރުވަން ވެސް ހިތަށް އެރި،" ކަމަށެވެ.

ފިރިމީހާގެ އަޅާލުން ނުލިބުނު ތަނުގައި މުޖުތަމައުން ވެސް ކުރީ ފުރައްސާރަ ފިރިމީހާގެ އަޅާލުމެއް ނުލިބުނު ތަނުގައި މުޖުތަމައުގެ ތެރެއިން ވެސް ސަމާއަށް ކުރިމަތިވީ ގޮންޖެހުންތަކެވެ. އަޑު އިވެމުން ދިޔައީ ސަމާއަށް ބޮޑު ކުށެއް ކުރެވުން ފަދަ އިހްސާސެއް ކުރެވެން ފެށި ލަފްޒުތަކެކެވެ. "ތި ނުވޭ އަންހެނަކަށް ވެސް"، "ހާދަ ފަލައޭ މިހާރު"، "ދަރިން ނުލިބުން އެއީ ސަމާގެ މައްސަލަ" މިފަދަ ބަސްތަކުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުވަމުން ދިޔައެވެ.

ސަމާއަށް ކުއްޖަކު ނުލިބޭނެތީ މީހަކަށް ނުވާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީ އެހެން ގަބޫލު ކުރެވެން ފެށުނެވެ. ސަމާ ބުނީ އަމިއްލައަށް މަރުވާން ވެސް މަސައްކަތް ކުރެވުނު ކަމަށާއި، ކުރެވެން އުޅެނީ ގޯސްކަމެއްކަން އިހްސާސްވީ ލޯގަނޑުން ކަރުގައި ބެޑްޝީޓް އައްސާފައިވާ މަންޒަރު ފެނުމުން ކަމަށެވެ.

"ލޯގަނޑުން މީހާގެ ސޫރަ ފެނުމުން ނަގައިގަނެވުން ކުރެވެން މިއުޅެނީ ގޯސް ކަމެއްކަން. އެހިސާބުން ވުލޫ ކޮށްލައިގެން ނަމާދު ކުރިން،" އަމިއްލައަށް މަރުވާން ކުރި މަސައްކަތް ހުއްޓުމަކަށް އައިގޮތް ސަމާ ކިޔައިދިނެވެ.

މަސައްކަތް ކުރީ އައިވީއެފް ހަދަން، އެކަމަށް ވެސް އުންމީދު ކުޑަ މަންމާއޭ ކިޔާ ގޮވާލާނެ ކުއްޖަކު ސަމާ ބޭނުމެވެ. އެކަން ހާސިލް ކުރުމުގެ ގޮތުން އައިވީއެފް ހަދަން އެ ދެމަފިރިން ނިންމިއެވެ. މިކަމަށް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމުގެ މަސައްކަތް ވެސް ދެމަފިރިން ކޮށްފައިވެއެވެ. ޑޮކްޓަރުން ބުނީ އައިވީއެފް ހަދައިގެން ވެސް ސަމާއަށް ދަރިއަކު ލިބުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ފަރުވާ އެއްގެ ގޮތުން ތިން މަސް ދުވަހަށް ބޭސް ނަގައިގެން ސަމާ ރާއްޖެ އައީ 3 މަސް ފަހުން އަަލުން ޑޮކްޓަރަށް ދައްކަން ރާއްޖެއިން ބޭރަށް ދަތުރުކުރަން ނިންމައިގެންނެވެ. "ތިން މަސް ވަންދެން ބޭސް ކޭ ފަހުން ފިރިމީހާ ބުނި ދެން ދަރިއެއް ހޯދަން ބޭނުން ނޫނޭ. އަހަރެން ދެކެ ލޯތްބެއް ނުވެއޭ މިހާރު. މެސެޖަކުން އޭނަ އަހަރެން ވަރިވެސް ކުރީ،"

ދެވަނަ ކައިވެންޏާއެކު އަލިމަގެއް

2020 ވަނަ އަހަރުގެ ޖުލައި މަހު ސަމާ ދެވަނަ ކައިވެންޏެއް ކުރިއެވެ. ކައިވެންޏަށް މަހެއް ވީތަނާ ސަމާ ބަނޑުބޮޑުކަން ދެނެގަނެވުނެވެ. "އޮގަސްޓް މަހު ޕީރިއަޑް މިސް ވެގެން ޓެސްޓް ކުރިއިރު ފައްސިވީ. ޑޮކްޓަރަށް ދެއްކުމުން ބުނީ ބަނޑަށް ހަތަރު ހަފްތާ ވެއްޖެ ކަމަށް. އަހަރެން ހުރީ ހައިރާން ވެފައި. މިހާރު އެ ދަރިފުޅަށް އެއް އަހަރު ވަނީ،" ސަމާގެ ދިރިއުޅުން ބަދަލު ކޮށްލި ހިސާބު އޭނާ ކިޔައިދިނެވެ.

ސަމާ މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. "އަހަރެންގެ ފިރިމީހާ އަކީ އަބަދުވެސް އަހަންނާއެކުގައި ހުރި މީހެއް. އަހަންނަށް ދަރިއަކު ނުލިބޭތީ އެކަން އޭނައަށް މައްސަލައަކަށް ނުވޭ. އައިވީއެފް ހަދަން ވިޔަސް، މީހެއްގެ ދަރިއެއް ބަލަން ވިޔަސް އޭނާއަށް މައްސަލައަކަށް ނުވޭ. އޭނާ ހަމައެކަނި ބޭނުންވަނީ އަހަންނާއި އެކުގައި ވާން،" ދިރިއުޅުން ބަދަލުވެފައިވާ މިންވަރު ސަމާ ތަފްސީލް ކޮށްދިނެވެ.

ސަމާ ބުނީ މި ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި ދޭތެރޭގައި އެހެން މީހުން ދެކޭގޮތް ވަރަށް ތަފާތު ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ފިރިހެނުންނަށް ވުރެ އަންހެނުންނަށް ބަލި ތަހައްމަލް ކުރަމުންދާ މީހާގެ އިހުސާސްތައް "އަންޑަސްޓޭންޑް" ނުވާކަން އޭނާ ފާހަގަކުރިއެވެ.

މުޖުތަމައުގައި އަންހެނުންގެ ފަރާތުން ވަކި ކަހަލަ ކަންތައްތަކެއް ފެންނަން މީހުން އުންމީދުކުރެއެވެ. އަދި އެކަމުގެ ސަބަބުން ބައެއް މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް ސަމާ ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހެޔޮއެދޭ

    މާތް ﷲ ގެ ކުޅަދުން ވަންތަކަން ނިކަން ދެކިބަލަ. މާތް ﷲ އެއްވެސް މީހަކު ނިކަމެތި ނުކުރައްވާނެ. އެކަނލާގެއީ އޯގާވަންތަ ރަސްކަލާންގެ. ސަމާއާއި އާއިލާއަށް ހެޔޮގޮތްތައް މިންވަރު ކުރައްވާށި. އާމީން.

    247
    3
  2. Anonymous

    ކަބުލޯ އަމިއްލަޔައް މރުވެއްޖެ މީހާވާނީ އަބަދުގެ އަބަދައް ނަރަކިގަ ވީމާ ޑޮރާމާ ކޮޕީނުކުރާތި ސަލަާމް

    72
    7
    • ށަވިޔަނި

      ﷲގެކުޅަދުން ވަންތަކަން ނިކަން ވިސްނާ ފިކުރުކޮށްލަމާ

      119
      3
    • ޓުރޫ

      އެހެންވެގެންތާ ނަމާދަށް އެ އެރީ..ކުރެވެން އުޅުން ނުބައިކަންތައް ދޫކޮށްފަ. ސަމާގެ ހިތަށް ހައްގު ގޮތް ވެއްދެވި ﷲއަށް ޙަމްދުކުރަން. ސަމާއަށް ސިއްޙަތު ރަގަޅު ދަރިންދެއްވައި ހެޔޮމަގުގައި ދަރިންތައް ލައްވާނދޭވެ އާމީން

      31
  3. ިމުހައްމަދު

    ކީރިތި ޤުރްއާން ކިޔަވައި އަދި ޤުރްއާނުގައިވާ އެއްޗަކާމެދު ވިސްނައި ފިކުރުކުރަންވީ. ޒަކަރިއްޔާގެފާނަށް ޔަޙްޔާގެފާނު ދެއްވި ގޮތް ހަނދުމަކުރަންވީ. އެކަލާނގެ ރަޙްމަތާމެދު އުންމީދު ކަނޑާނުލަންވީ. ދެއްވި ނިޢުމަތާމެދު ޝުކުރުކުރަންވީ. އޭރުން މާޔޫސްވެ ގޮތް ހުސްވެ ފިކުރު ބޮޑުވާކަށް ނުޖެހޭނެ.

    141
    2
  4. Anonymous

    މާޝާﷲ
    އެކި މީހުންނަށް އެކި ނިޢުމަތްތައް
    ދަރިންނަކީ އެކަލާނގެ ދެއްވާ އަމާނާތެއް
    ފިރިމީހާ ދަރިން ނުލިބޭކަމަށް ބުނެ އަނބިން ވަރިކުރާއިރު އަންގަވާފައިވާ ބަސްފުޅުތައްނޭނގެނީބާ؟ އެއްބަޔަކަށް ފިރިހެން ދަރިން އަދި އަނެއްބަޔަކަށް އަންހެން ދަރިން އަދި އަނެއްބަޔަކަށް އަންހެން ދަރީންނާއި ފިރިހެން ދަރިން އަދި އަނެއްބަޔަކަށް އެއްވެސް ދަރިއެއް ނުދެއްވާނެ ކަންވެސް އަންގަވާފައިވޭ
    ކީރިތި ޤުރުއާނުގައި ޙަދީޘް ދޮގު ނުކުރެވޭނެ

    76
    1
  5. ޣގ

    ޢޯވަރީ ނެގީިމަ ޕްރެގްވޭތަ

    20
    12
    • ގަމާރު

      އެކަތި ނެގި ވާހަކަ ލިޔެފަ އޮތީ ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ

      36
      1
    • އޯ ވަރީ

      ދެ އޯވަރީ އެއް ނުނަގާ. ދެވަނަ އޯވަރީން ސިސްޓް ނެގީމަ އެ އޯވަރީ ބަލިކަށި ވީ .

      31
      1
  6. ޢަބްދުﷲ ޝަރީފް

    ދަރިން ދެއްވަނީ ދެމަފިރިން ކާވެނިކުރާތާ 1 އަހަރު 2 އަހަރު 10 އަހަރު ފަހުން ކަމަކަށް އެއްވެސް ވަޙީއަކުން ޙަދީޘަކުން އެނގެންނެތްއިރު ކިތަންމެ ގިނަ އަހަރުތަކަކަށް ފަހުވެސް މާތްﷲ އިންސާނާއަށް ދަރިން ދެއްވަފާނެކަން ޤަބޫލުކުރަން ޖެހެއެވެ. އެއީވެސް އަޅުތަކުންގެ ކެތްރިކަމާއި މާތްﷲ ގެ ރަޙުމަތަށް އުއްމީދު ކުރާވަރު ރަނގަޅަށް އެނގޭ އިމްތިޙާނެއްނޫންތޯއެވެ. އަޅުތަކުންނަށް އޮތީ ކިތަންމެ ދުވަހެއް ނުވަތަ އަހަރެއްވިޔަސް އުއްމީދު ކަނޑާނުލައި ﷲ ރަޙްމަތަށް އެދި ދެންނެވުންމަތީ ޘާބިތުވެ ހުރުމެވެ. މާތްﷲ އަހަރެމެންނަށް ރަޙްމަތް ލައްވާނެކަން ކަށަވަރެވެ.

    67
    1
  7. ޑިވެހި

    ޢެހެންވީމައި ސައިންސް ގެ އަލީގައި އޮވަރީން އުފައްދާ ބިހަކާއި ސްޕާރމް ގުޅުމުން ދަރި އެއް އުފެދޭ ކަމަށް ހޯދިފައިވާ ހޯދުން އެއީ ހަގީގަތަކަށް ނުވަނީތާ.! އެންމެ އޯވަރީއެއް ނެތަސް ދަރިޔަކު ލިބިދާނެ ކަން އެނގެންޖެހޭ..މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ..

    42
    4
  8. Anonymous

    މި އާޓިކަލްގައިވާ ހުރިހާ މަޢުލޫމާތް ގަބޫލުކުރަން ދަތި، 2 އޯވަރީވެސް ނަގާފައި ހުއްޓާތޯ ދަރިއެއް ލިބުނީ؟؟ ފޭސްބުކްގައި އިނގްލިޝް އާޓިކަލްއާއި ތަފާތުހެން ހީވާތީ، އުފާވެރި ޚަބަރެއް، ކޮންމެއަކަސް ﷲގެ ތަގުދީރާއި ތަނަވަސް ރަހުމަތްފުޅުވާނެކަން ގަބޫލުކުރެވޭޙާލު ތިމެންނަ ބޭނުންހާ ނިއުމަތެއް ނުލިބުމަކީ އަމިއްލަނަފުސު ނަރަކައަށް ހުށަހެޅުމަށް ކުޑަކޮށްވެސް ވިސްނަންޖެހޭކަމެއްނޫން؟؟ އެދޭކަންތައް ޙާސިލުކުރަން ބޭސްފަރުވާއާއި ﷲއަށް އަޅުކަންކުރުމާއި ދުޢާކުރަން ޖެހެނީ، ޝައިތޯނީ ވަސްވާހަށްހެއްލުމަކީ ކޮންފަދަ ނުބައިކަމެއްބާ!!؟؟ އެއްމެ ދަރިއެއް ނެތް އަންހެނުންވެސް އެބަތިބި އެއްބަނޑު މީހުންނާއި ބޮޑުދައިތަ ކިޔާކުދިންގެ ލޯއްބާއި އޮގާތެރިކަން ލިބިގެން ނޫނީ އެޑޮޕްޓް ކޮށްގެން ދަރިއަކު ބޮޑުކޮށްގެން، ދަރިއަކުނެތް މަގޭ ބޮޑުދައްތަ ނުދަނޭ ތިމެންނަގެ ދަރިއަކު ނެތްކަމެއްވެސް، ﷲ ދެއްވި ރަޙުމަތަށް ހަމުދުކޮށްގެން އުފަލުގައި ހުންނަނީ.

    29
    10
    • ާއެނޮ

      މީގަ ނެތޭ 2 އޯވަރީ ނެގި ވާހަކައެއް. އޮތީ 1 އޯވަރީ ނަގާފަ އަނެއްކާވެސް އޮޕަރޭޝަނެއް ކުރި ވާހަކަ އަނެއް އޯވަރީގައި ސިސްޓު ހުރެގެން.

      28
      1
  9. ެެނޫ މެެން

    ދެވަނަ އޯވަރީ ނުނަގަ،ވީކު ކަމަށް.

    23
    1
  10. ޜުހަ

    ދެއޯވަރީއެއް ނުނަގާ

    21
    1
  11. ާ😞

    ދަރިއަކު ނުލިބޭ މީހުން އެކުރާ ހިތާމަ ކުޑަކޮއްވެސް އިހުސާސް ކުރާރަށް ދަރިން ލިބިފަ ތިބި މީހުން ނަކައް ނޭނގޭނެ ދަރިން ލިބިފަ ތިބި ބައެއް މީހުންނަކީ އެކަމާ ބޮޑާވެ ފަހުރުވެރިވެފަތިބޭ ބައެއް އަނެކާއަށް ހިއްވަރުދޭން ބޭނުން ނުވާބައެއް ހަމަ ދިމާލަށް މަލާމަތް ކުރާނެ ސަމާ ތިބުނީ ވަރަށްބޮޑު ތެދެއް އެމީހުނައް ހީވާ ކަހަލަ ދަރިންނަކީ ރުފިޔާދީފަ ގަންނަ އެއްޗެކޭ

    39
    2
    • 😞

      🤲

  12. Anonymous

    ދެވަނަ އޯވަރީ ނެގިވާހަކަ ނެތެއްނު
    އޮޕަރޭޝަނެއް ކުރިވާހަކަ އޮތީ ދެވަނަ އޯވަރީ ވެސް ބަލިކަށި ވާހަކަ އޮތީ ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތް.
    ޝުކުރުވެރި ވާބަޔަކު ކަމުގައި އަޅަމެން ލައްވާށި އާމީން

    25
    • Anonymous

      މިއާޓިކަލް ފުރަތަމަ ކީއިރުގަ ހުރީ ޑރ. ޢެޑްވައިސް ދީގެން 2ވަނަ އޮޕަރޭޝަނެއްކޮއްފަ ދެވަނަ އޯވަރީވެސް ނެގާލިކަމަށް، އެހެންނަމަވެސް އެއީ ކުށަކަށްވާތީ ފަހުން އެވަނީ އިސްލާހުކޮށްފައި، މިހާރު މިލިޔުމުގައި ވާގޮތުންވިއްޔާ 2ވަނަ އޯވަރީއެއް ނަގާގައި ނުވޭ، އެ އޯވަރީ ވީކު ކަމަށް ޑރ. އެންގީޔޯ!!!

      5
      1
  13. Anonymous

    "ނިކަން ވިސްނަވާށޭ ފިކުރުފޯރުވާ،
    ރިކަންވަންތަ ކުޅަދުންވެ ހުރިގޮތް ބަލާ."

    -ޙުސައިން ޞަލާޙުއްދީން-

    12
  14. ޙަަަހަ

    ޢެއްވެސް މީހެއްގެ ތަޤދީރެއް އެއްވެސް މީހަކަށް ނޭނގޭނެ ، އޮތީ ﷲ އަށް ދުޢާކޮށް ކެތްތެރިކަމާއި އެކު މަސައްކަތްކުރުން ، ސަމާ ތިހިތްވަރަށް ސާބަސް ، އަދި އަމިއްލަ ނަފްސަށްވުރެ ގަދަވީމަ މިއަދު ތި ސަލާމަތްވީ ، ﷲ ތިޔަ ޢާއިލާ ފާގަތިކަމާއި ބަރަކާތްލައްވާށި

  15. މަރީނާތު

    އޯވަރީބާ ނެގީ ނޫނީ އޯވަރީގަ އިން ސިސްޓްބާ؟ އޯވަރީ ނެތިއްޔާ ބިސް އުފެދޭނެ ގޮތެއް ނޯންނާނެތީ މިހެން މިބުނީ.

  16. Anonymous

    މިއާޓިކަލް ފުރަތަމަ ކީއިރުގަ ހުރީ ޑރ. ޢެޑްވައިސް ދީގެން 2ވަނަ އޮޕަރޭޝަނެއްކޮއްފަ ދެވަނަ އޯވަރީވެސް ނެގާލިކަމަށް، އެހެންނަމަވެސް އެއީ ކުށަކަށްވާތީ ފަހުން އެވަނީ އިސްލާހުކޮށްފައި، މިހާރު މިލިޔުމުގައި ވާގޮތުންވިއްޔާ 2ވަނަ އޯވަރީއެއް ނަގާގައި ނުވޭ، އެ އޯވަރީ ވީކު ކަމަށް ޑރ. އެންގީޔޯ!!!

  17. Anonymous

    ނޫހުގައި މައުލޫމާތު ޝާއިއު ކުރާމީހުންގެ ސަމާލުކަމަށް،:-ލިޔާ އާޓިކަލްގައި ކުށެއް ލިޔެވި އަދި ފަހުން އެކުށް އިސްލާހު ކޮށްފިނަމަ އެކަން ކިޔުން ތެރިންނަށް އެންގުމަށް "ކުށް އިސްލާހުކޮށްފިކަން"ވެސް އާޓިކަލްގައި ލޔެލަންޖެހޭ، އެގޮތަށް ނެހެދުމުން އިސްލާހުކުރުމުގެކުރިން ކިޔުންތެރިން ލިޔެފައިވާ ކޮމެންޓް ތަކަށް ކުށްއިސްލާހު ކުރުމުގެ ފަހުން ކޮމެންޓް ލިޔާ މީހުންގެ މަލާމާތާއި ފާޑުކިޔުން އެބަ ރައްދުވޭ، (ރަނގަޅަށް ކޮމެންޓް ކިޔާފަ ކޮމެންޓް ލިޔާށޭ) ކިޔާފަ، މިފަދަ ކަންތައްތައް ހައްލުކުރުންވަނީ ނޫހުގައި މައުލޫމާތު ޝާއިއުކުރާ ލިޔުންތެރިންގެ އަތްމަތީގައިކަމަށް ދެކެން.

    11
  18. ކިސް

    ނަސީބެއް ކުރީ ފިރިމީގާތުން ވަރިވެވުނު ކަން..އެހެންނޫން ނަމައަދިވެސް ދަރިއެއް ނުލިބޭނެ

    14