އާއްމު އުސޫލުން އެއްވެސް މީހަކު މަރާލަން، ނުވަތަ އަނިޔާވެރި އަމަލެއް ހިންގަން ފޭސްބުކް އާއި އިންސްޓަގްރާމްގައި ގޮވާލުމަކީ، ލިޔުމަކީ މަނާ ކަމެކެވެ. ނަމަވެސް މިއުސޫލަށް ފޭސްބުކް އާއި އިންސްޓްގްރާމް އިން މިހާރު ވަނީ އިސްތިސްނާއެއް ދީފައެވެ. އެއީ ބައެއް ގައުމުތަކުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މަރާލަން ގޮވާލުމަކީ ހުއްދަ ކަމެއް ކަމަށް މިހާރު ވަނީ ހަދާފައެވެ.

ފޭސްބުކް އާއި އިންސްޓަގްރާމް ހިންގާ "މެޓަ" އިން މޮޑަރޭޓަރުންނަށް ފޮނުވި އީމެއިލްއެއްގައި ބުނެފައި ވަނީ މީގެ ކުރިން އާއްމު އުސޫލެއްގެ ގޮތުގައި މަނާ ކޮށްފައިވާ ކަންކަން މިހާރުގެ ހާލަތު އޮތް ގޮތުން ހުއްދަ ކުރާކަމަށެވެ. އެއީ ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޕޫޓިން އަށް މަރުގެ އިންޒާރުދީ. ޕޫޓިން މަރާލަން ގޮވާލުން ބައެއް ގައުމުތަކުގައި ހުއްދަ ކުރިއިރު އެގައުމުތަކުގެ ތެރޭގައި ރަޝިއާ ވެސް ހިމެނެއެވެ. ރަޝިއާގައި ފޭސްބުކް ބޭނުން ކުރާ މީހުންނާއި އިންސްޓަގްރާމް ބޭނުން ކުރާ މީހުން ޕޫޓިން މަރާލަން ގޮވާލުމުން ފޭސްބުކް އިން އެޕޯސްޓް ރިމޫވެއް ނުކުރާނެއެވެ. ނަމަވެސް ރަޝިއާގެ ކަމާބެހޭ އިދާރާތަކުން އެމީހަކަށް ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެކެވެ.

ޕޫޓިން މަރާލަން ގޮވާލާ ޕޯސްޓްތައް ކުރުމުން ފޭސްބުކް އާއި އިންސްޓަގްރާމް އިން އެތަކެތި ރިމޫވްނުކޮށް، ޕޫޓިން މަރާލަން ގޮވާލުމުގެ އިސްތިސްނާއެއް ދީފައި ވަނީ 12 ގައުމެއްގެ މީހުންނަށެވެ. އެއީ ރަޝިއާގެ އިތުރުން އަރްމޭނިއާ، އަޒަރުބައިޖާން، އެސްޓޯނިއާ، ޖޯޖިއާ، ހަންގޭރީ، ލެތުވިއާ، ލިތުއޭނިއާ، ޕޮލެންޑް، ރޮމޭނިއާ، ސްލޮވާކިއާ އަދި ޔޫކްރޭން މީހުންނަށެވެ.

މެޓަގެ އީމެއިލްގައި އިތުރަށް ބުނެފައި ވަނީ ރަޝިއާގެ ރައީސްގެ އިތުރުން ބެލަރޫސްގެ ރައީސް އާއި އަދި ރަޝިއާގެ ސިފައިންގެ އިތުރުން ޔޫކްރޭނަށް ހަމަލާ ދިނުމުގައި ބައިވެރިވާ ރަޝިއާގެ މީހުން މަރާލަން ގޮވާލުން އެއީ ވެސް މިހާރު ފޭސްބުކް އާއި އިންސްޓަގްރާމްގައި ކުށެއް ނޫން ކަމަށެވެ.

ރަޝިއާ އިން މިދިޔަ ހަފްތާގައި ވަނީ ފޭސްބުކް ބްލޮކް ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަޒިއްޓެ

    މިއީ ކޮންކަހަލަ ފޭސް އަކާ ގުރާމެއްތަ. މުސްލިމުންގެ އެތަކެއް ބިމެއް ފޭރި އެބިންތަކުގައި ވާ އެތައް މިލިޔަން މުސްލިމުން ކަތިލައި އެބިންތަކުގައި ވާ މުސްލިމުންގެ ހަރުމުދާ ފޭރިގަނެގެން މުސްލިމުންގެ ގޯތިގެދޮރާ ފަނާކޮއްފައި ވާއިރު އަދި މިހާރުވެސް ކުރަމުން ދާއިރު މި ފޭސް އަކާ ގުރާމެއް ތިބީ އަތްޖަހަން

    35
  2. ހުސޭނުބެ

    ސަޅި! ލަސްވެސް ވެއްޖެ ތިކަން ކުރަން!

    1
    29
  3. ކަޒިއްޓެ

    މިއީ ކޮންކަހަލަ ފޭސް އަކާ ގުރާމެއްތަ. ޔަހޫދީންނާ އެމެރިކާއާއި އެމެރިކާގެ ބައިވެރިން މުސްލިމުންގެ އެތަކެއް ބިމެއް ފޭރި އެބިންތަކުގައި ވާ އެތައް މިލިޔަން މުސްލިމުން ކަތިލައި އެބިންތަކުގައި ވާ މުސްލިމުންގެ ހަރުމުދާ ފޭރިގަނެގެން މުސްލިމުންގެ ގޯތިގެދޮރު ފަނާކޮއްފައި ވާއިރު އަދި މިހާރުވެސް ކުރަމުން ދާއިރު މި ފޭސް އަކާ ގުރާމެއް ތިބީ އަތްޖަހަން. އަދި އަނބިދަރިން މަރައި މުދާފޭރި ބިން ފޭރުނު މީހުންގެ ފަރާތުން ބަދަލު ހިފާނެކަމަށް ބުނި މުސްލިމަކު ވެއްޖެއްޔާ އެ މުސްލިމަކު ވާނީ ޓެރަރިސްޓަކައް ހަރުކަށި މީހަކަށް. އިޒްރޭލާ އެމެރިކާއާއި އެމެރިކާގެ ބައިވެރިން މުސްލިމުންގެ ބިންތަކަށް އަރައި އެބިންތަކުގައި ގަތުލު އާއްމު ހިންގައި ބިންތައް ފޭރުނަސް އަނބި ދަރިންނާ މުދަލާ ބިން ދިފާއު ކުރުމަށް މުސްލިމުން ނުކުތުމަކީވެސް ޓެރަރިޒަމް. އަދި މުސްލިމުން ގެ ދިފާޢުގައި އެހެން ބިންތަކުން ދާމީހުންނަކީ ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަންނަން ދާ ކުށްވެރި ޓެރަރިސްޓުން. އެކަމަކު އިޒްރޭލް ދިފާއު ކުރަން ދާމީހުންނަކީ ބަތަލުން. ޔޫކުރައިން ދިފާއު ކުރަން ދާންވެސް ޖެހޭ އަދި އެދާ މީހުންނަކީ ދާހިލީ ހަނގުރާމައިގެ ތެރެއަށް ދާ ޓެރަރިސްޓުންނަކަށް ވެސް ނުވޭ. މިއީ ކޮންކަހަލަ އިންސާފެއް ތޯ. އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު އާ އެމެރިކާގެ ވެރިންނާ އިންޑިއާގެ ހިންދޫއިންގެ ވެރި މޯދީމެން މަރާލަން ގޮވުމަކީ ކުށްވެރި ވާކަމެއް. އެކަމަކު ޔާމީނު އާއި ޕޫޓިން މަރާލަން ގޮވުމަކީ ބަތަލެއްގެ ދަރަޖަ ދެވޭކަމެއް މީއީ ކޮންކަހަލަ އިންސާފެއް ތަ.

    22
  4. Anonymous

    ތިއީ ސައިބަރ ކްރައިމެއް.

    17
    1
  5. ޝުއާޒް

    ޕުޓިންނަކީ ވަރުގަދަ ލީޑަރެއް.. ޔޫކުރޭނު ހަމަ ތަޅާ ތިރިކޮއްލާނެ. އެމެރިކާއާއި ހުޅަނގައް އަދިކިރިޔާ ވަރުގަދަ ބާރަކާއި ދެކޮޅައް ނިކުތުމުގެ ރާހަތު މިނލިބެނީ. ކުރީގަ ހުސް އާރެއް ބާރެއް ނެތް މެދުއިރުމަތީގެ ގައުމުތަކަށް އަރައިގެންވެސް ކާމިޔާބެއް ނުލިބުނު ބަޔެއް. މިފަހަ އެމެރިކާއާއި ހުޅަނގު ފަނާކޮއްލާނެ. އަދި މުޅި ދުނިޔެ ބަދަލުކޮއްލާނެ.

    25
    1
    • ބެރީ

      އާ އެހެންވެ އެމެރިކާއާއި ވިލާތުގެ ލަޝްކަރުތަކުން ޔޫކްރޭނަށް އެހީވާން ވަންނަން ނުކެރިގެން އެއުޅެނީ.

  6. ސަލް

    އެމެރިކާއާއި ޔޫރަޕުގެ މުނާފިގުކަން ފާޅުވެގެންދާ ހަނގުރާމައެއް.

    24
    1
  7. ސޮއްބެ

    ތާހިރެއްނު

  8. ހަބީ

    ތި އުސޫލުން އިޒްރޭލު މީހުން މަރަން ވެސް ގޮވާލެވެންޖެހޭނެ. އެ މީހުން ކިތައް މުސްލިމުންގެ ލޭ އޮހޮރުވާލަނީ