މާލޭގެ މިސްކިތެއްގައި ނަމާދު ކުރަން ހުރި މީހެއްގެ ފޯނު ވަގަށް ނެގި މީހަކު ހުތުރު ގޮތަކަށް ލަދުގަންނުވާލައިފިއެވެ.

މިއަދު ހެނދުނު ނޫރު މިސްކިތުން ވައްްކަން ކުރި ފިރިހެނަކު އެވަގުތު އެ މިސްކިތުގައި ތިބި ބައެއް މީހުންނާއި ބައެއް އާންމު ފަރުދުންވެގެން ވަނީ އަތުލައިގަނެ ބޭޒާރުކޮށްލައިފައެވެ.

ސަމްސަންގް ނޯޓް 2 ފޯނެއް ވަގަށް ނަގައިގެން ފިލަން އުޅުނު މި މީހާ ހިފަހަށްޓައި އޭނާ ލައިގެން ހުރި ޓީޝާޓްގެ ފަހަތުގައި އޭނާ ވައްކަންކުރި ތަނާއި ވަގަށް ނެތި އެތީގެ ނަން ވަނީ ލިޔެ މިސްކިތަށް އަރާފައިވާ ކޮންމެ މީހަކަށް އެ މަންޒަރު ފެންނާނެ ގޮތަށް ވަނީ ބަހަށްޓާފައެވެ.

ވަށްކަން ކުރި މީހާ ބޭޒާރުކޮށްލުމަށް ލިޔެފައިވާ ލިޔުން ކޮޅާއި އެކު ނަގާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނަ އިރު އެތަށް ބައެއްގެ ފާޑުކިޔުން ވަނީ އެމީހާއަށް އަމާޒުވެފައެވެ.

މީގެ ކުރިންވެސް މާލެއާއި އަތޮޅު ތެރޭގައި ވަށްކަމުގެ މައްސަލަތަކުގައ އެތަށް ބަޔަކު ވަނީ ފަލީހަތްކޮށްފައެވެ. އެގޮތުން ބޯ ބޭލުމާއި ސޯޔާސޯސް އުގުޅުމާއި އެނޫންވެސް އަދަބުތަށް ވަނީ ވައްކަން ކުރެވޭ ފަރާތްތަކަށް ދީފައެވެ.

ނަމަވެސް މިކަންކަމަކީ އާންމު ފަރުދުންނަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެއީ ވަށްކަމެއް ކޮށްފިނަމަ އެކަންކަމަށް އަދަބު ކަނޑައަޅާނީ ކޯޓުތަކުން ކަމަށް ވެފައި އެކަންކަން ތަންފީޒު ކުރަން ވަކި ހާއްސަ ބަޔަކު އައްޔަނުކޮށްފައި ތިބޭތީއެވެ. އެހެންކަމުން ވަށްކަމުގެ މައްސަލައެއް ނަމަ އެމީހަކަށް އަދަބު ދިނުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް އެމީހަކު ހަވާލު ކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޔާނ ފޯރ 2019ޔާނ ފޯރ 2019ޔާނ ފޯރ 2019ޔާނ ފޯރ 2019ޔާނ ފޯރ 2019ޔާނ ފޯރ 2019ޔާނ ފޯރ 2019ޔާނ ފޯރ 2019

 2. ކަމާ ބެހޭ ފަރާތާއި ހަވާލަ ކެޑެމެއި ،ވަލި ދޮރުން ދޫ ކޮއްލަނީ، ހެއުކޮށް ހެދީ

 3. ތަންފީޒޭ، އިދާރާއޭ، އަދަބޭ، ، ، ، ،
  ބިމުން މައްޗަށް ހިއްލިފައިވާ ތިޔާބުނާ އިދާރާއެއް ދައްކަބަލަ.
  އިދާރާ އަކީ އަދަބުދޭ ތަނެއްނޫން. އަދަބު ދޭނީ މީހުން މީހުނަށް. ތިކަން ތިކުރިމީހުން ތިޔަކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް. ތިޔަ ނެގިއެތީގައި އަތްކެނޑުމަށް އިސްލާމްދީން ހުއްދަކުރާމިންވަރު ހަމަވާނަމަ އެތަންފެނުނުމީހުން އެތަން ދެކުނު ބޮޑެތިފިރިހެނުންޖެހޭނެ އެމީހަކު ހިފާބަހައްޓާ އެތަނުން އެތަނުން ބޮޑުކަތިވަޅިން އަތްކަނޑާ ވައްޓާލަން .
  ﷲ އަށް ވަކީލު. އަދްލުވެރިކަމެއް ނެތްތަނެއްގައި އަދުލުވެރިކަން ޤާއިމް ކުރާނީ ރައްޔިތުން.

 4. އެހެދީ ރަނގަޅަށް ލަދުގަތުމަކީ އެމީހާ އިސްލާހް ވުމަށް އެހީތެރިއެއް ކޯޓަށް ދާށޭ؟ ކޯޓުން ފުރަތަމަ ބަލަންޖެހެނީ އޭނާގެ މިހާރު ފިކުރާވަނީ ކޮން ކުލައަކަށްތޯ އޭނާ ފިކުރާވާ ކުލައިގެ ގޮތުން އަދަބެއް ލިބޭވަރުވާނީ

  • ވައްކަންކުރިމީހާރަނގަޅުކުރަނީކީނޫންއެކަމުވައްކަންކުރިމީހާޔައްވުރެދަށުދަރަޖަޔަކައްދެންތިބިމީހުންދިޔުމަކީގަބޫލުކުރެވޭކަމެއްނޫންއިސްލާމްދީނޭމުސްލިމުންނޭކިޔައިގެންއަހަރެމެންމިއުޅެނީއެހެންވީމަވައްކަންކުރީމަތަންފީޒީއިދަރާއައްހުސަހަޅައިގެންކުރިޔައްދާންޖެހޭނީއިސްލާމްދީނުގަނޯވޭކުއްކުރާމީހާޔައްގޮއްމުށުބާރުންއަދަބުދޭކައްވައްކަންކުރިމީހާދިފާއުކުރަނީކީނޫންދެންމީހަކުރޭޕްކުރިކަންއެނގުނީމައޭނަހިފާފަބުރިކޮއްލަންތައިސްލާމްދީނުގައޮންނަނިއެހެނެއްނޫންދޯތިމީހާހިފާބުރަކަށީގަލިޔަންފުރުސަތުލިބުނުގޮތައްކަމާބެހޭފަރާތާހަވާލުކުރިނަމަކިހާރީތިމިސާލެއްއެކަމުމިހާރުވައްކަންކުރިމީހާއެކޭއެމީހާޔާމެދުތިކަންކުރިމީހުންނެކޭތަފާތެއްއަހަރެންނަކައްނުފެނުނު

 5. މިހާރު މިގައުމުގަ އިންސާފުހޯދަންޖެހޭނީއެބަޔަކުއަމިއްލަޔައް

 6. ތީ ތިކަން ކުރަން އޮންނަ ރަނގަޅު ގޮތެއް ނޫން ތޮގޮތަށް މީހުން ފަޟީޙަތް ކުރުން

 7. ކީއްކުރަން ހަވާލު ކުރަން ވީ ކަމާ ބެހޭ ފަރާތާ... ޥަރައް ރަގަޅު ތި ހެދި ގޮތް...
  ??????????????????????

 8. އައްޔަންކޮށްފައި ތިބޭ ޚާއްސަ މީހުން ކަން ކަން ނުކުރާތީ މިހިސާބަށް މިއައީ.
  ގެންދާ އިރަށް ބުނާނެ ހެކި ނެތީއޭ.
  ޕާޓޭމެން ބޮއިގެން އައްޑޫގައި އެުޅޭނީ، ހަމަ ފެންނަ ކޮށްމެ މީހަކަށް ބަލާލާއިރަށް އިނގޭ، އެކަމަކު ފުލުުހުންނަކަށް ނެގޭ.

 9. ތިހެދީ ރަގަޅަށް. ކޯޓްތަކަށް ދިޔައިމާ ވާނެކަމެއް އޮންނާނެތަ. އޭރުން އަނެއްދުވަހު ނަގާނެ އިތުރު 2 ފޯނު.. މިހާރު ފޯނުވަގު ފެނުނީމަ އެގޭނެތާ ކޮންމެ މީހަކަށްވެސް އަމިއްލަ ފޯނު ތަންކޮޅެއް ރަގަޅަށް ރައްކާކުރަން..

 10. އިގިރޭސިވިލާތަށް އިޔޫ މީހުންނަށް ފޮނުވަން ނެގި ފޯނެއްކަމަށް ވާނީ، އެއީ ވައްކަމެއް ނޫން، ބަޔަކަށް އެހީވުމަށް އޭނަ މަސައްކަތް ކުރަނީ

 11. ޑިމޮކްރަޓިސްޓް

  ތިކަން ތިކުރީ ހާދަ އަނިޔާވެރި ބައެކޭ! ކޮބާ އެމްޑީޕީ ކީކޭ މިކަމާބުނަނީ! ވައްކަންކޮށްގެންނޯ! ވަގުގެ ހައްގުކޮބާ ދޯ؟ މިހާއަނިޔާވެރި ވާކަށްނުވާނެ! ބޮޑުއަނިޔާ!

 12. ތިޔަ މައްސަލައަކީ ސިޔާސީ މައްސަލައަކަށް ނުވެފައި ، ތިޔަ ބުނާ ތަންތަނާ ހަވާލު ކޮށްފިނަމަ 2025 ވަނަ އަހަރުގެ ކުރިން ތިޔަ މައްސަލަ ނިމޭނެހެނެއް ހިއެއް ނުވެއެވެ.

 13. މަ ތިކަން އީޔޫއަށް އަންގާނަން. ސިޔާސީ ފަރާތަކާމެދު ތިހެން ކަންތައްތައް ކުރީތީވެ. އޭރުން ފިޔަވަޅުއަޅާނެ!!!!!!

 14. ބަލަގަ ކޯޓަށް ގެންދާއިރަށް ދޫކޮށްލަނީއޭ ފުލުހަށް ލާއިރަށް ނެރެނީއޭ ކިޔޭކަށްނެއް
  އަހަރެމެން ހަދާ މޮޅެތި ގާނޫނު ތަކުގެ ސަބަބުން ނޯވޭ ތީންމީހަކާ ދިމާލަށް ބަލާލެވެންވެސް. ދެން ކޮންވާހަކައެއް ތިދައްކަނީ.
  އަމިއްލައަށް ފޭހޭ އިލޮށި އަމިއްލަ ލޮލަށް

 15. ތީ އަނެއް ދިވެހިރާއްޖޭގެ މީހުންނޭ...

 16. މީހަކަށް ކުށެއް ކުރެވުމުން ދީނުގައި އޮންނަނީ އެމީހާ ބޭޒާރުކޮށް ފަޟީޙަތް ކޮށްލުމެއް ނޫން. އޭގެ ބަދަލުގައި އެމީހައަށް ނަސޭޙަތް ތެރިވުނ ްްްްްްްްް ރަނގަޅު ގޮތަކީ. އެމީހާ އެކުރީވެސް ރަނގަޅު ކަމަކޭ ނުބުނަން ހަމަ އެގޮތަށް ތިކަމެއް ތިކުރި ބަޔަކު ތިކުރީ ވެސް ރަނގަޅު ކަމެއް ނޫން. ވަރަށް ސަލާމް

 17. ކަމަކުނުދޭކަންކުރިގޮތެއްއިސްލާ،މްދީނުގަނޯވޭތިގޮތައްކަންކުރާކައްއެއްވެސްރިވާޔަކުންތިއުސޫލުންކަންކުރާކައްއޮންނަކަމެއްއަޅުގަނޑަކައްއަދިއެއްނެއްއެނގިފައެއްކަމާބެހޭފަރާތާހަވާލުކުރުމުންއެމޫހާދޫކޮއްލުމަކީތިޔަބައިމީހުންއެކަމާކަންބޮޑުވާންވީކަމެއްނޫންމިހާރުތިޔަވީގޮތުންތިތާގަތިތިބީހުސްކުއްވެރިންދީނުގަބުނާގޮތުންދެންކޮމެންޓުކުރާމީހަކުމިކަ،މާދެކޮޅައްލިޔޭކޮންދީނެއްހޭއޭރައްއޮންނާނީރަނގަޅައްއަޅުގަނދުގެއަޚުންނޭއެއްވެސްހާލެއްގައިތިޔަކަންކުރެވުނީރަނގަޅަކައްނޫންތިޔަވެއްޓުނީއެމީހާޔާއެއްދަރަޖަޔައްކަންހަނދުމަކޮއްދެން ދެންވެސްއެހެންނުހަދާކަންކުރަންއޮންނަރިވެތިއުސޫލުންކންކުރޭއެފަދަވިޔާނުދާ ދަރަޖަޔަކައްވެއްޓިނުގަނޭއެނުވާނެމީހާދެރަވިކަމަކައް

 18. ތިކަންކުރިމީހުންނައްކީއްވެބާމިގައުމުގެފައިސާޔައްޚިޔާނާތްތެރިވާމީހާހިފާބުރަކަށީގަލިޔެލަންނުކެރެނީހަމައޭނަގެބުރަކަށީގަވެސްލިޔަންވީނުތިގޮތައްތިކަންހުއްޓޭކަމައްވާނަމަ

 19. އިސްލަމްދީނުގަނޯވޭވައްކަންކުރީމައެމީހާފަޟީހަތްކޮއްލަދުގަންނަވާކައްތިޔައްވުރެރަނގަޅުވީސްއެމީހާޔައްހެޔޮނަސޭހަތެއްދިންނަމަ