ބޮލީވުޑްގެ "ކަޕްލްސް" ގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭނެ ދެ ލޯބިވެރިންނަކީ ހަމަ ގައިމުވެސް ބޮލީވުޑް އެކްޓަރު ރަންވީރް ސިންގްއާއި އެކްޓްރެސް ދިޕިކާ ޕަދުކޯންކަން ގައިމެވެ. މިހާރު މިދެމީހުންގެ ލޯބީގެ ޑައިރީއަށް ފަސްވަރަކަށް އަހަރުވެފައިވާއިރު، ކައިވެންޏަކާއި ހަމައަށް މި ގުޅުން ގެންދިޔުމަށްވެސް އެދެމީހުން ވަނީ ނިންމާފައެވެ. ނަމަވެސް ދެ ތަރިންގެ ވެސް ބިޒީ ފިލްމީ ޝެޑިއުލްގެ ސަބަބުން ގިނަ ވަގުތު ދެމީހުންނަށް އެއްކޮށް ހޭދަ ނުކުރެވޭ ކަމަށް މީގެކުރިން ރަންވީރް ވަނީ ބުނެފައެވެ. ހަމައެހެންމެ ދާދިފަހުން ދެތަރިންވެސް މަސައްކަތްތަކުން އޮފް ނެގުމަށްފަހު ހައިދަރްއާބަދުގައި "ކޮލެޓީ" ވަގުތުކޮޅެއް ހޭދަކޮށްފައިވާ ޚަބަރު މިހާރު މިދަނީ ހަލުއި ދުވެލީގައި ފެތުރެމުންނެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންބާ"ގެ ޝޫޓިންއަށް އޭރު ރަންވީރް ހުރީ ހައިދަރުުއާބާދުގައި ކަމަށާއި ނަމަވެސް ފިލްމީ ކަންކަމުން ކުޑަ ބްރޭކެއް ނަގަން މީގެ ދުވަސްކޮޅެއް ކުރިން ގަސްތުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދޕިކާވެސް ފިލްމެއްގެ ޝޫޓިންއަށް މެލޭޝިއާގައި މަސައްކަތްކުރަމުންދިޔަ ނަމަވެސް، ވަރަށް ފަހުން އޭނާވެސް ވަނީ ބެންގަލޫރަށް އެނބުރި އައިސްފައެވެ. އަދި އެޔަށްފަހު ރަންވީރްގެ ގާތަށް ހައިދަރު އާބާދަށް ގޮސް، ދެމީހުން އެކުގައި ވަނީ ވަގުތު ހޭދަކޮށްފައެވެ.

ރަންވީރްމެންގެ މި ދަތުރާއި ބެހޭ މާ ގިނަ މައުލޫމާތެއް އާންމުވެފައި ނުވިނަމަވެސް، އެދެމީހުން ތިބީ ފައިވް-ސްޓާ ހޮޓަލެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ދިޕިކާއާއި ރަންވީރް މި އަހަރު ތެރޭގައި ކައިވެނި ކުރަން ނިންމާފައި ނުވާކަމަށްވެސް މީގެކުރިން އެދެމީހުން ވަނީ ބުނެފައެވެ.