މީގެ 15 ވަރަކަށް އަހަރުގެ ހަނދާނަކުން ފަށައިގަންނާނަމެވެ. ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލްގައި ކިޔަވަން އުޅުނު އިރު ޕީއޭ ގަޑީގައި ބައްދަލު ވާނީ ނަސްރުﷲ އަލީ (ނަސްރު ސާ) އެވެ. އޭރު ވެސް ނަސްރުގެ ކުރެހުންތައް ފެނެއެވެ. ކުރެހުންތައް ވަރަށް ފުރިހަމައެވެ. ވަރަށް ރީއްޗަށް ކުރަހައެވެ. އަޖައިބުވާ ސޮނިވެއްޓޭ ވަރުވެސް ވެއެވެ. އޭރު އަސްލު ނަސްރު ސާ އެ ސްކޫލްގައި މަސައްކަތް ކުރީ ސްޕޯޓްސް ސުޕަވައިޒަރަކަށްވެސް ވިޔަސް، އޭނާ ވަނީ ގިނަ ދަރިވަރުންނަށް ޕީއޭ ކްލާސް ނަގައިދީފައެވެ.
މިހާރު ގދ، ތިނަދޫ ކައުންސިލް ނައިބް ރައީސްގެ މަގާމް ފުރުއްވަމުންގެންދަވާ ނަސްރުއަށް، ނަސްރު ސާގެ ނަމުން މުހާތަބު ކުރާ އެތައް ބަޔަކު ތިބޭނެއެވެ. ކުދިންނާ ވަރަށް ބޮޑަށް ގުޅޭ، މަޑުމައިތިރި ޓީޗަރެކެވެ. މިހާރު ސިޔާސީ ދާއިރާގައި އޭނާ އުޅުނުކަމުގައިވިޔަސް އާޓްސްގެ ދާއިރާއަށް ވަނީ "ހިތް" ޖެހިފައެވެ.
ނަސްރުﷲ ވިދާޅުވިގޮތުގައި، އޭނާ ކުރަހަން ފެށީ ސްކޫލް ދުވަސްވަރުއެވެ. އޭރު ގާތްގަނޑަކަށް އުމުރުން ވާނީ ހައެއް ނޫނީ ހަތް ވަރަކަށް އަހަރު ކަމަށް ވިދާޅުވިއެވެ. މިކަމަށް ހިތްޖެހުނީ ބޭބެ ކުރަހާ މަންޒަރު ފެނިގެން ކަމަށް ވިދާޅުވިއެވެ.
"އޭގެ ވީގޮތަކީ ކުރާހިތްވާ ކަމެއްގައި ހިތްޖެހުނީމަ، ކޮންޓިނިއުސްކޮށް ކުރެވޭނެތާ، އެގޮތަށް ފަހުން ހޮބީއަކަށް އެކަން ކުރީ". ނަސްރުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްކޫލްގައި އުޅުނުއިރު ކުރަހާ އުޅުނީ ސްކޫލުން ދޭ އެއްޗިއްސާއި މީހުން ކުރަހާ އެއްޗެހި ބަލައިގެން ކުރަހާ ކުރެހުންތައް ކަމަށެވެ. އަދި މަސައްކަތް ކުރީ އެ ކުރަހާފައިވާ ކުރެހުމާ އެއްގޮތަށް ކުރެހޭތޯ ކަމަށް ވިދާޅުވިއެވެ.
އެކަމަކު ނަސްރުﷲ ވިދާޅުވިގޮތުގައި، ސްކޫލްގައި އޭރު ކިޔަވަން ދިޔައިރު އާޓް އަކީ ވަކި މާއްދާއެއްގެ ގޮތުގައި އޮންނަ އެއްޗެއް ނޫނެވެ. ނަމަވެސް ޓީޗަރުން ސްކޫލްގެ އެކި އާޓް ހަރަކާތްތަކުގައި އޭނާ ޝާމިލް ކުރާ ކަން ފާހަގަކުރެއްވިއެވެ.
"ފަހު އަހަރުތަކުގައި ކިޔެވިއިރު، އާޓްގެ ކަމެއްގައިވެއްޖެ ނަމަ އަޅުގަނޑު އިންނާނެ ބައިވެރިވެފައި، ސްކޫލުން އަޅުގަނޑު ބައިވެރިކުރާނެ، ސްކޫލުންވެސް ސަޕޯޓް ލިބޭ".
އަދި އާޓް ސްކީމްވެސް ސްކޫލަށް ތައާރަފްވެގެން ދިޔައީ، ސްކޫލް ނިމުނު ފަހުން ކަމަށް ވިދާޅުވިއެވެ.
"ސްކޫލް ކިޔެވިއިރު، އާޓްގެ ފުރުސަތެއް ނުލިބޭ، ސްކޫލުން ދަސްކޮށް ފަރިތަ ކުރާކަށް، ދެން ސްކޫލް ނިންމިތާ ހަ އަހަރު ފަހުން، އަމިއްލަ ގޮތުން ބައިވެރިވެ އޯލެވެލްގައި އާޓް ހެދިން"،
އެފަހަރު ނަސްރުﷲ ވަނީ އާޓް މާއްދާ އިން އޯލެވެލް އިން ރާއްޖެއިން އެއް ވަނަ ހޯދާފައެވެ. އަދި ދުނިޔެއިން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި އޭނާ ހިމެނިގެން ދިޔައެވެ. އޭނާއަށް ރައީސް ދެެއްވި ޓްރޮފީ އާއި ފައިސާގެ އިނާމްވެސް ލިބިވަޑައިގެންނެވިއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ސެޓްފިކެޓެއް ދިނެވެ.
"އެއީ އަޅުގަނޑު ޕްރެކްޓިސް ކުރި އެއްޗެއްވެސް ނޫން، ކިޔެވި އެއްޗެއްވެސް ނޫން، ހަމައެކަނި ޓެސްޓަށް ދިޔައީ، ތިން ޕޭޕަރެއް ލިބުނު، އޭގައި ތަސްވީރު ކިޔާދީފައި އިނީ، ދެން އަހަރުމެން ޖެހޭނީ އޭތި ކުރަހަން".
އޭގެ ފަހުން އޭނާ ވަނީ އަބޫބަކުރު ސްކޫލަށެވެ. އެ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރަކަށް ވަތް ކަމުގައިވިޔަސް، އޭރު ޕްރިންސިޕަލް ބޭނުންވީ އޭނާ އާޓް މާއްދާ ކުދިންނަށް ކިޔަވާ ދިނުމަށެވެ. އެގޮތުން އެ ސްކޫލްގައި ހަތް އަހަރު ވަންދެން އާޓް ކްލާސްތައް ނަގައިދީފައި ވެއެވެ.
"އެ އެކްސްޕީރިއަންސް އެއީ އަހަރެން ހަޔާތުގައި ކުރި އެންމެ ހިތްހަމަޖެހޭ އެކްސްޕީރިއަންސް، އޭގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކަށް މަގުފަހިވެގެން ދިޔަ، ގިނަ ކުދިންތަކަކަށް އަޅުގަނޑު ކިޔަވާދެވިފައި ހުރީމަ އާއި އެ ކްލާހަށް ދެވިފައި ހުރީމަ، އެ ކުދިންނާއި އަޅުގަނޑު ވަރަށް ގުޅޭ، މިފަހުން ސިޔާސީ ދާއިރާއަށް ނުކުންނަންވެސް އެ ކުދިންގެ އެހީތެރިކަން އަޅުގަނޑަށް ވަރަށް ލިބުނު". ނަސްރު ވިދާޅުވިއެވެ.
ނަސްރުﷲ ވިދާޅުވީ، ދިރިއުޅުމުގައި މިހެން އުޅޭއިރުވެސް ކޮންމެ އެއްޗެއް ފެނުނަސް، އޭތީ ކުރަހާލައިފިނަމަ ހުންނާނީ ކިހިނެއްތޯ ހިޔާލަށް ގެންނަ ކަމަށެވެ.
"ދެން އެހެން ތަނެއްގައި އެއްޗެއް ކުރަހަން ލިބުނަސް ހަނދާން ހުރޭ އިމޭޖްކޮށްލީމަ، އިންނާނެ ގޮތް، އެގޮތަށް އަޅުގަނޑު ފުރަތަމަ އިމޭޖްކޮށްލަނީ، ދެން އެ އިން ގޮތަށް ކުރެހޭތޯ ބަލަނީ، ކުރަހާ ގަޑީގައި އަޅުގަނޑު ވަރަށް އިތުރުކަމަކާއި ހިޔާލު ނުކުރަން، ކުރަހާ ގަޑީގައި އެކަމަށް ހިޔާލު އަންނާތީ އެ ތަސްވީރު ފެންނަހެން ހީވާނީ".
އާއްމު ގޮތެއްގައި އެއްޗެއް ކުރަހަން ނަގާ ވަގުތު އެނގޭނީ ބޮޑުކުޑަމިން ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ފަހަކަށް އައިސް ކުރަހަނީ ބޮޑެތި ކުރެހުންތައްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ފާރުގައި ކުރަހާނަމަ އާއްމުކޮށް ނަގާނީ ދެ ދުވަސް ނޫނީ ތިން ދުވަސް ކަމަށެވެ.
"މިސާލަކަށް ވޯލް އެއްޗެހީގައި މި ކުރަހަނީ، އެ ކުރެހުންތައް އާއްމުކޮށް، ބްރޭކް ދީގެން، 24 ފީޓްސް 10 ފީޓްސްގެ ވޯލްތައް، ގާތްގަނޑަކަށް ދެ ދުވަހުން ނޫނީ ތިން ދުވަހުން ކުރެހޭނެ".
އަދި އާއްމުކޮށް ބޮޑަށް ކުރަހާ ހިތްވަނީ ބޮޑެތި ގްރެފިޓީ ކަމަށް، ކުރެހުމުގެ އިތުރުން ޑިޒައިން ކުރުމުގެ މަސައްކަތާއި، ކެލިގްރަފީ ފަދަ މަސައްކަތުގައި އުޅޭ ނަސްރުﷲ ވިދާޅުވިއެވެ.
އޭނާ މިހާތަނަށް ބޮޑު މުބާރާތެއްގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ރަހުމަތްތެރިއަކު އެދިގެން ކޮފީއެއްގައި އިނދެ ކުރެހި ޑޫޑްލްއެއް ރެޑްބުލް މުބާރަތަކަށް ލައިގެން އޭގެން ހަތަރު ވަނަ ލިބުނުކަން ފާހަގަކުރެއްވިއެވެ.
އޭނާ މިހާތަނަށް ކުރި އެންމެ ބުރަ މަސައްކަތަކަށް ފާހަގަކުރެއްވީ ކާޑެއްދޫ އެއާޕޯޓްގައި ހުންނަ ރެސްޓޯރެންޓްގެ ސީލިންގގައި ކުރެހުން ކަމަށް ވިދާޅުވިއެވެ.
"މުޅި ސީލިންގގައި ކުރަހާފައި ވާނެ، ހަދާ ނިންމާފައި ހުރި ތަނެއްގައި ކުރަހަންވީމަ އެ އުނދަގޫ އަދިވެސް އިހުސާސް ކުރެވޭ، އެއީ ވަރަށް ހަނދާން ވާ ދުވަހެއް". ނަސްރު ވިދާޅުވިއެވެ.
ނަސްރު މިހާރު ބޭނުން ވަނީ އޭނާގެ ހުނަރު ދައްކާލާށެވެ. އެ މަސައްކަތް ކުރުމަށް އޭނާ ބޭނުންވެއެވެ. ތިނަދޫގައި ކްލާހެއް ގޮތަށް ހިންގާފައި ނުވަތަ ކޯހެއް ގޮތެއް ހިންގާފައި ކުދިންގެ އާޓްތަކާއި އޭނާގެ އަމިއްލަ ފެންނާނެ ގޮތް ވުމަކީ މިހާރު އޭނާގެ އުއްމީދެއް ކަމަށް ވިދާޅުވިއެވެ.
ވަރަށް ފުރިހަމަ ލިޔުމެއް. ކުރެހުންތަކުގެ ތިރީގައި އަދި ލިޔުމުގައި (މިހާރަކަށް އައިސް) މި ބޭނުން ކުރެވޭ "ސާ" އަކީ ވަރށް އަޅައިގަންނަ ނުގުޅޭ އެއްޗަކަށް އެބަވޭ. އިޙްތިރާމް ކުރުމުގެ ގޮތުންވެސް ބަހެއް ބޭނުން ކުރެވިދާނެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ބޭނުން ކުރެވެމުން އައިސްފައި ތިބި ދިވެހިވަންތަ ބަސްބަސް ދޫކޮށް މިފަދަ ބަސްބަސް ބޭނުންކުރަން ފެށުމަކީ ހިތާމަ ހުރިކަމެއް. އަބަދު ސާސާ ތަކުރާރުކުރުމަކީވެސް ވަރަށް ބޮޑަށް ލިޔުން ކިޔާލަން އުނދަގޫވިކަމެއް.
އައިސްފަ ހުރި
ނަސްރުގެ ހަޔާތުގެ އެއްބައި މަދު .. ކުރެހުމުގެ ހުނަރަށް ހިޔަނި އެޅުނު ދުވަސްތައް ކިޔައިދީފައި އިންނަމަ ކިޔުންތެރިންނަށް އިންސްޕިރޭޝަންއަކަށް ވާނެ.. ނަސްރު އަކީ ތިނަދޫގެ ޒުވާނުންނަށް ނަމޫނާ ޒުވާނެއް. ކޮންމެ ފަދަ ހާލަތަކުން އަރައިގަނެވިދާނެ ކަން ދެއްކި ހިތްވަރުގަދަ ޒުވާނެއް.
ނަސްރު ސާ އަކީ ވަރަށް މޮޅު މީހެއް. މާޝާ ﷲ. އަހަރެން ދެކުނިން އޭނަގެ ކެލިގްރަފީގެ ހުނަރު ކައިރިން. ބުނާނެ އެއްޗެއް ނޭނގިފަ އިނީ.
ކާޓޫން ކުރެހިދާނެ ކޮށްމެ މީހަކަށްވެސް. އަސްލު އެއްޗެއް އަސްލާއެއްގޮތަށް ކިރަހަބަލަ
ސޮނި ނުވެއްޓޭ އެކަމަކު ބިރު ގަންނަނީ... އިންސާނުންގެ ތަސްވީރު އަދި ޖަނަވާރުންގެ ތަސްވީރު ކުރާހާ މިހަކަށް ހުރި ޢަޒާބުގެ ވާހަކަ ބަޔާންވެގެންވާ ހަދީޘް ހަނދާނަށް އަންނީ.. ގަސްތަކާއި ފަރުބަދަތައް ފަދަ އެއްޗެހި ކުރެހުން ހުއްދަވެެގެންވޭ... އެކަމަކު ދިރޭއެއްޗެހި ކުރާހާމީހަކަށް ޤިޔާމަތްދުވަހު އެކުރެހި އެއްޗަކަށް ފުރާނައެޅުމަށް ބުނެވޭނެއެވެ........... އަވަހަށް ތައުބާވޭ!
ގަސް އެއީ ދިރޭއެއްޗެއް ނޫންދޯ….
ގަސްއެއީ ދިރޭ އެއްޗެހި އެކަމަކު އެއީ އެެއްބައި މަދުކޮށް ލިޔެވިފަ އެޔޮތީ... އެއީ ޖަނަވާރުތަށް ވާހަކަ.. އިތުރު ސުވާލެއްއުފެދޭނަަމަ އިތިބާރުހުރި އިސްލާމީ ޢިލްމުވެރިޔަކާއި ސުވާލުކުރުން އެދެން..
ސައުދީ ހާބީން ދައްކާ ވާހަކަ
ކެމެލް ހަމަ ތަފާތެ
ލިޔުންތެރިޔާއަށް ކުރެހުނަކަށް ވާކަހަލަ ކުރެހުމެއް ފެންނަނަމަ ދަންޖެހި މަރުވެދާނެތާ؟
ހަގީގަތައް ބުނާނަމަ މާ މާ ރީއްޗެއްނޫން،
ތިޔައް ވުރެ ރީއްޗައް ކުރަހާ މީހުން ބައިވަރު އުޅޭ..
ކޮންމެ ޑްރޯވިން އެއްގެވެސް އަނގަޔައް ބަލާލީމަ އެނގޭނެ، ކުޑަކޮއް އައުޓްއޮފް ޕްރޮޕޯސަންކަން.. އެސްޕެސިއަލީ ލަޔަން..