ބޮލީވުޑްގެ މަޝްހޫރް އެކްޓަރު ސަންޖޭ ދަޓްގެ ހަޔާތާއި ގުޅޭގޮތުން އުފެއްދި ފިލްމު "ސަންޖޫ" އަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާއިރު، އާންމުންގެ މެދުގައި އެހާ މަޤުބޫލް ފިލްމަކަށް މި ފިލްމު ވެފައިވަނީ ފިލްމުގައި ދައްކައިދީފައިވާ ސަންޖޭގެ ހަޔާތުގެ ވާހަކަ ތަކުން ކަން ގައިމެވެ. އެގޮތުން ސަންޖޭއާއި އޭނާގެ މައިންބަފައިންގެ ގުޅުމުގެ މައްޗަށާއި ޑްރަގް އެޑިކްޓަކަށް ވެގެން ދިޔަ ގޮތާއި ޖަލުގައި ހޭދަ ކުރި ހިތްދަތި ދުވަސްތަކުގެ ވާހަކަތައްވެސް ވަރަށް ރަނގަޅަށް ފިލްމުން ފެނިގެންދެއެވެ.

"ސަންޖޫ" ފިލްމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސަންޖޭ ބުނެފައިވަނީ އޭނާގެ ހަޔާތާއި ބެހޭ ހުރިހާ ވާހަކަތަކެއް ފިލްމު އުފައްދާ ފަރާތްތަކަށް ކިޔައިދީފައިވާ ކަމަށާއި އެންމެ ފުރަތަމަ އޭނާގެ ހަޔާތަށް ބައޯޕިކްއެއް ހެދުމުގެ ޚިޔާލު އައީ އޭނާގެ އަންހެނުންނަށް ކަމަށެވެ. އަދި ސަންޖޭ ޖަލުގައި ހުރި ދުވަސްކޮޅު އޭނާގެ އަންހެނުން ފިލްމު އުފެއްދި ފަރަތާއި މި ވާހަކަ ހިއްސާކޮށް ފިލްމު އުފެއްދުމުގެ ޚިޔާލު ކުރަން ފެށީކަމުގައެވެ.

"އަހަރެންގެ ހަޔާތް ބަރުބާދު ކޮށްލީ ބަޑިއެއް. އެ ބަޑި ގޭގައި އޮތް ކަމަށްޓަކައި ވަރަށް ބައިވަރު ފައިސާ ދައްކަން ޖެހުނު. އެކަމަކު އަހަރެން އެ ބަޑި ގޭގައި ގެންގުޅުނީ އައިލާގެ ރައްކާތެރި ކަމަށް. އެއީ އެދުވަސް ވަރު އެކިގޮތް ގޮތުން އަހަރެންނަށާއި އާއިލާއަށް އިންޒާރުތައް ލިބެމުންދިޔައީމާ. އެއްވެސް ހާލެއްގައި އަހަރެންނަކީ ނިރުބަވެރިއެއް ނޫން. އަހަރެން ހައްޔަރު ކުރުމުންވެސް ފިލަން ނުގޮސް ރީތި ގޮތުގައި ޖަލަށް ދިޔައިން." ސަންޖޭ އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެމުން ބުނެފައިވެއެވެ.

"އަހަރެން އަހަރެންގެ ހަޔާތަށް އައި އަންހެނުންގެ ވާހަކަތައް ވެސް ފިލްމު އުފެއްދި ފަރާތްތަކަށް ހިއްސާކުރިން. އެމީހުން އަމިއްލަ އަށް ނިންމީ ފިލްމުގަިއ ހިމަނަން ވީ ބައިތަކާއި ނުހިމަނަން ވީ ބައިތައް. ވެދާނެ ބައެއް ތަންކޮޅުކޮޅު ނުހިމެނީ ފިލްމު މާ ދިގު ވެދާނެތީ ކަމަށް" ސަންޖޭ އިތުރަށް ބުނެފައިވެއެވެ.

"ސަންޖޫ'އަށް މިހާ ބޮޑު ތަރުހީބެއްް ލިބުނީ ފިލްމުގެ ވާހަކަތަކުގައި ތެދުވެރިކަން ހިމެނޭތީ ކަމުގައި ދެކޭކަމަށް ވެސް ސަންޖޭ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަޑިއެއްެގެ ސަބަބުން ދިރިއުޅުން ހަލާކުވެފަ ތިބި ވަރަށް ގިނަ ދިވެހި ފިރިހެނުން އަދި އަނެހެނުންވެސް އުޅޭ

  2. މަ ހީކުރީ ބަޑި އަންހެނެއްގެ ސަބަބުންކަމަށް!!!!!!!!!!!