ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަރްޝަދް ވާރްސީ އަދި ސަންޖޭ ދަތް އަނެއްކާވެސް އިތުރު ކޮމެޑީ ފިލްމެއްގައި އެކީ މަސައްކަތް ކުރުމަށް ތައްޔާރުވެއްޖެއެވެ.

މީގެ ކުރީގައި "މުންނާބާއި" ސީރީޒް ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ މި ދެ ތަރިން މަގުބޫލުވުމުން އަދިވެސް އެއްފަހަރު މި ސީރީޒްގެ އިތުރު ފިލްމަކުން ފެނިގެންދާނެކަމަށް ވަރަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

މި ސީރީޒްގެ 3 ވަނަަ ފިލްމެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބަސް، އަދި އަދަށްވެސް މި ފިލްމުގެ 3 ވަނަ ބަޔާއި ބެހޭގޮތުން އެއްވެސް ޙަބަރެއް ލިބިފައި ނުވެއެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރި މަޝްހޫރު މި ފިލްމު ސީރީޒްގައި ސަންޖޭ ދަތު އާއި އަރުޝަދު ވާސީ ވަނީ އޯގާތެރި ގޭންގްސްޓާރުން ކަމަށްވާ މުންނާބާއީ އާއި ސާކިއުޓްގެ ރޯލު ކުޅެފައެވެ.

ފޭނުންނަށް ވުރެ ބޮޑަށް ޚުދު އޭނާ އަރްޝަދާއި އެކި މަސައްކަތްކުރަން ކެތް މަދުވެފައި ހުރި ކަމަށް ސަންޖޭ ދަތު ވަނީ މި ވާހަކަ އިއުލާނު ކުރަމުން ބުނެފައެވެ. އޭނާ ހިއްސާކުރި ފިލްމުގެ ފުރަތަމަ ލުކްގައި އޭނާ އާއި އަރުޝަދު ތިބީ ޖަލު ގޮޅި ފަހަތުގައެވެ. ތްރީ ޑައިމަންޝަން ޕްރޮޑަކްޝަންސް އިން ޕްރެޒެންޓް ކުރާ މި އައު ފިލްމުއަށް ނަމެއް އަދި ނުދެއެވެ. އެއީ ސިދާންތު ސަޗްދޭވް ޑައިރެކްޓް ކުރާ ފިލްމެކެވެ.

މިދިޔަ އަހަރު އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި މިކަމާއި ބެހޭގޮތުން އަރުޝަދު ވާސީ ބުނީ މުންނާބައި 3 އުފައްދާނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.