ދިވެހިންގެ މެދުގައި އެންމެ ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ޓީވީ ސީރީސް ކަމަށްވާ "ދިރިއުޅުމަކީ މިއީބާ!"ގެ ކުރިއަށް އޮތް ސީޒަން "ވަގުތު" އިން މިރޭ ދައްކަން ފަށަން ނިންމައިފިއެވެ.

ދިރިއުޅުމަކީ މިއީބާގެ ހަތަރު އެޕިސޯޑް "ވަގުތު" އިން ރަމަޟާން މަހު ގެނެސްދޭނެއެވެ.

އެގޮތުން މިރޭ 22:00ގައި ފުރަތަމަ އެޕިސޯޑް ދައްކަން ފަށާނެ އެވެ. މި އެޕިސޯޑް ދައްކަން ފަށާނީ "ވަގުތު" ޕޭޖްގައެވެ.

މިރޭ ދިރިއުޅުމަކީ މިއީބާގެ ފުރަތަމަ އެޕިސޯޑް ދައްކަން ފަށާއިރު، އެ އެޕިސޯޑްގެ ރިޕީޓް އާދީއްތަ ދުވަހުގެ ރޭ ދައްކާނެއެވެ.

ޔޫސޭ "ވަގުތު"އަށް ވިދާޅުވީ މިއަހަރުގެ ސީޒަންގައި ވެސް ބެލުންތެރިންނަށް އިޖުތިމާއީ ގިނަ މައްސަލަތަކެއް މަޖާ ގޮތަކަށް ގެނެސްދޭނެ ކަމަށެވެ.

މިރޭ ދައްކަން ފަށާ ދިރިއުޅުމަކީ މިއީބާ އަކީ މިސީރީސްގެ 41 ވަނަ ސީޒަންއެވެ. ފާއިތުވި 41 އަހަރު ދުވަސް ތެރޭގައި ކޮންމެ އަހަރަކު ވެސް މިސީރީސް ގެނެސްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލި

    ޚކާ ކު ޕޭޖުން ބަލާނީ

  2. ސުވަލަފިންދަ

    މާބޮޑަށް ސިޔާސީވެ ޕޮލިޓިކަލް ކެމްޕޭނަކަށްވެފަ އޮތީ ޑްރާމާ ކަމަކުނުދޭ

    10
    4
  3. ބޮލުގާ ރިއްސާ

    ވަގުތު ޕޭޖަކީ އެއީ ކޮން ޗެނަލެއެއްތަ؟ ނުނީ ވަގުތު ޕޭޖް ފެންްނާނީ 3ޑީ ގްލާސް އަޅައިގެން ބެލީމަތަ؟ ނޫނީ "ވަގުތު" ޕޭޖް އަކީ އެއީ ހަމަ އެކަނި "ވަގުތު" ޕްރިމިއަމް ޔޫޒާޒްތަކަށް ހާއްސަ ޕޭޖެއްތަ؟ ވަރަށް ހޯދިން ތިބުނާ ވަގުތު ޕޭޖް ނުފެނުނު.. އެއީ ކީއްވެ ނުފެނުނީ؟

  4. މުހައްމަދު

    ޕޭޖުގެ ލިންކެ ޙަބަރަށް ވައްޓާލިނަމަ ދޯ

  5. ބެސްޓް

    ވަރަށް ތަފާތު.ޔޫސޭ ވަރެއް ނެތް.ސާބަހޭ ޔޫސޭޭޭޭ

  6. ރަން ރީނދޫ

    މިހާރު ޔޫސޭއަށް ވެސް ރަނގަޅު ޕެންޝަނެއް ދީފައި ގޭގައި ބަހައްޓަން ރަނގަޅީ.،ޅައިރު މުސްކުޅި ރޯލް ތައް ކުޅުން މަޖަލަކަސް،މީހާ މުސްކުޅިވީމަ އެ ރޯލް ކުޅުމުން ނުއެއް ހެވޭ.

  7. ލލ

    ލޭބަރުންގެ ނަމުގައި މަސައްކަތް ދަސްކުރަން ދިވެހިރާއްޖެ އަންނަ ބޭރުމީހުން މިތަނަށް އެތެރެ ކޮށްގެން ފައިދާ ނަގަނީވެސް މިކިޔާ ސިޔާސީ ވަފާތެރި ކެހިވެރި ންގެ ބަޔަކު، ލޯ ކޮލިޓީ ލޭބަރުން އެތެރެކޮށް ގެން ރައްޔިތުންނަށް ދުއްތުރާ، މުޅި ރަށުތެރޭގައި މި ލޭބަރުން އެބުރެނީ ހަމައެއް ލަމައެއްނުބަލާ، މަގުން ސައިކަލެއް ދުއްވާ ލެވޭވަރެއްނުވޭ، ޕޭމެންޓުން ހިގާ ލެވޭ ވަރެއް ނުވޭ ! މިފަދަ ލޭބަރުންގެ ކިބައިން ޤައުމުގެ ތަރަޤީއެއް ނުފެންނާނެ !