ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

މިހާތަނަށް މީޑިއާއަށް ދަރިފުޅާއި ބެހޭގޮތުން ނުވަތަ ދަރިފުޅުގެ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައި ނުވާ ޕްރިޔަންކާ ފުރަތަމަ ފަހަރަށް އޭނާގެ ދަރިފުޅާއި ބެހޭގޮތުން އަދި ދަރިފުޅު ތަރުބިއްޔަތު ކުރުމާއި ބެހޭގޮތުން މި ވަނީ ވާހަކަ ދައްކައިފައެވެ.

ލިލީ ސިންގްގެ އައު ފޮތް އިފްތިތާހު ކުރުމަށް ޕްރިޔަންކާއާއި އެކު ބޭއްވި ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން އަލަށް މަންމައަކަށް ވުމާއި ގުޅޭގޮތުން ވެސް ވަނީ ވާހަކަ ދައްކާފައެވެ.

''އަލަށް މަންމައަކަށް ވީ މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނެލަން ބޭނުންވަނީ އަހަރެންގެ ބިރު، ބޭނުންތައް، އަހަރެން ބޮޑުކޮށްފައި ހުރި ގޮތް އަހަރެންގެ ދަރިފުޅު ބޮޑުކުރުމުގައި ހުރަހަކަށް ނުވާނެ. އަހަރެން ބޭނުންވާ ގޮތަށް ދަރިފުޅުގެ ހުރިހާ ކަމެއް ނުނިންމާނަން. އެއީ އަހަރެން އަބަދުވެސް ގަބޫލުކުރާ ގޮތް. އަހަރެމެންގެ ސަބަބުން ދުނިޔެއަށް އައި ނަމަވެސް އެކުދިން ވެސް އަމިއްލަ ދިރިއުޅުމެއް ބައްޓަން ކުރާނެ. ކުރަން ޖެހޭނެ. އެންމެ ކުރިއްސުރެ މި ކަންތައްތައް މިގޮތަށް ގަބޫލު ކުރާތީ ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި ވަރަށް ފަސޭހަ'' ޕްރިޔަންކާ ބުނެފައިވެއެވެ.

މި ޗެޓް ޝޯގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ މައިންބަފައިން ވެސް އޭނާ ތަރުބިއްޔަތު ކުރުމުގައި އެގޮތަށް ކަންތައް ކޮށްފައިވާ ކަމަށާއި އޭނާ ކުރާ ހުރިހާ ކަމަކަށް ފާޑުކިޔުމުގެ ބަދަލުގައި އޭނާއަށް މަގުދައްކައިދީ ހިތްވަރު ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ޕްރިޔަންކާ ވެސް އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރާނީ އެގޮތަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ތިމާ ބަޑުއަޅާ ވިހާ ދަރި ބަލާ ބޮޑުކުރަން އެގޭނީ އަދި އެދަރިއަށް މައިކުލުނު ޖެހޭނީ އަމިއްލަ ދަރިއަކު ބަޑުއަޅާ ވިހައިގެން ! އެހެންމީހުންގެ ރަހިމު ކުއްޔަށް ހިފައިގެން ކުއްޖަކު ހޯދިއަސް އެއީ ތިމާގެ ދަރިއެކޭ ބުނެވޭކަށް ނޯންނާނެ ! އަދި ދަރިއަކަށް ދޭންޖެހޭ ލޯތްބާއި ކުލުނުވެސް ތިމާގެ ހިތުގައި އަށަނުގަންނާނެ ! ދެން ދަރިން ބަލާނެ ގޮތޭ ކިޔައިގެން ކަލޭމެން ކަހަލަ މީހުނަށް ވާހަކަ ދައްކާކަށް ނޭގޭނެ !

    28
    5
  2. Anonymous

    އަލްޖިބުރާ އެކަނބުލޭގެ މުސްކުޅިވެދާނެތީ ބިރުގަންނަނީ ތޯއްޗެ.