ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އަނެއްކާވެސް ފިލްމެއް އުފަދަން ތައްޔާރު ވެއްޖެއެވެ.

މި ފިލްމު އުފައްދަން ތައްޔާރު ވަމުންދާއިރު މިދިޔަ މަހުގެ 28 ގައި ސަންޖޭގެ ހަޔާތުގެ މައްޗަށް 'ސަންޖޫ" ގެ ނަމުގައި ވަނީ ފިލްމެއް ނެރެފައެވެ. އަލަށް އުފައްދާ މި ފިލްމަކީ މަނާ ހަތިޔާރުގެ ގެންގުޅުމުގެ ސަބަބުން ސަންޖޭ ހައްޔަރުކުރިކުރުމަށް އަލި އަޅުވާލާ ނެރޭ ފިލްމެއްކަމަށް ވެއެވެ.

އެންމެ ދުވަހަކުން ހިންދީ ފިލްމަކަށް އެންމެ ބޮޑު އާމުދަނީއެއް ލިބުނު ފިލްމެއްގެ ރެކޯޑުވެސް މިހާރު އޮތީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ނެރުނު ފިލްމު "ސަންޖޫ" ގައެވެ.

ސަންޖޭގެ ރޯލުން ރަންބީރު ފެނިގެންދާއިރު މިއީ އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ކާމިޔާބެއް ފިލްމު ރިލީޒްކުރި ދުވަހު ލިބިގެންދިޔަ ފިލްމުވެސް މެއެވެ.

ސަންޖޫ އަށް ތައުރީފު އޮހެމުންދަނިކޮށް ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ މިވަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ފިލްމެއް ނެރޭނެކަން ހާމަކޮށްފައެވެ.

ޑައިރެކްޓަރު ރާމް ގޯޕާލް ސަންޖޭ މަނާ ހަތިޔާރު ގެންގުޅުނު ދުވަސްވަރުގެ ހާދިސާ ވަރަށް ތަފްސީލުކޮށް ގެނެެސްދޭން ބޭނުންވާއިރު އެފިލްމުގައި ސަންޖޭގެ ރޯލު ކުޅޭނީ ކޮން ފަންނާނެއްކަން އަދި ހާމައެއް ނުކުރެއެވެ.

1993 ވަނަ އަހަރު މުމްބާއީއަށް ދިން ހަމަލާއާއި ގުޅިގެން ސަންޖޭ ހައްޔަރުކޮށްފައިވަނީ ގެންގުޅުން މަނާ ހަތިޔާރު އޭނާގެ އަތުން ފެނުމާއި ގުޅިގެނެވެ. 2016 އަހަރު ސަންޖޭ މިނިވަންކޮށްފައިވަނީ އޭނާ ބަހައްޓާފައިހުރި ޔެރެވާޑާ ޖަލުގައި ވަރަށް އަހުލާގު ރަނގަޅުކޮށް އުޅެމުން އައިސްފައިވާތީއެވެ.