މިސްރުގެ މިސްކިތެއްގައި އިމާމްވެ ތަރާވީސް ނަމާދު ކުރަމުން ދިޔަ އިމާމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އުމުރުން 55 އަހަރުގެ މުހަންމަދު މަރްވާން ވެއްޓިފައިވަނީ ބުދަ ދުވަހުގެ ރޭ، ގާހިރާގެ އުތުރުގައި އޮންނަ ވިލޭޖެއްގައި ތަރާވީހް ނަމާދު ކުރުމުގެ ތެރޭގައި ކަމަށް، ނިއުސް ޕޯޓަލް އަލް ޔޫމް އަލް ސަބާއިން ރިޕޯޓް ކޮށްފައި ވެއެވެ.

"އަޅުގަނޑުގެ ބޭބެ ނިޔާވީ ތަރާވީސް ނަމާދު ކުރަމުން ދަނިކޮށް،" މަރްވާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސަންޔާ ބުންޏެވެ.

ސަންޔާ ބުނީ ބޭބެ އުޅުނީ މޭގަނޑުގައި ރިއްސާތީ ކަމަށާއި، އަދި އެންމެ ފަހެ ނޭވާލާފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ.

އޭނާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

"ޝެއިޚް މުހަންމަދުގެ މަރާއި ގުޅިގެން މީހުން ހިތާމަކުރި ނަމަވެސް، އޭނާގެ ހަޔާތް ބާއްޖަވެރިވުމުގެ ސަބަބުން އެމީހުން ތިބީ އުފަލުން،" ނަމާދު ގެ ތެރޭގައި އިމާމު މީހާ ނިޔާވި ކަމަށް އިޝާރާތް ކޮށް އެކަކު ބުނެފައި ވެއެވެ.

އޭނާއަކީ ގުރުއާން ހިތުދަސް މީހެކެވެ. އަދި އޭނާއަކީ ކުދިންނަށް ގުރުއާން ކިޔަވާ ދިނުގައިވެސް އުޅޭ މީހެއް ކަމަށް ވެއެވެ.