އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އުނާއޯ ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގެ ގޯތިތެރޭގައި އުމުރުން 18 އަހަރުގެ އަންހެން ނަރުހަކު ދަންޖައްސާފައި ހުއްޓާ ފެނިއްޖެއެވެ. އޭނާގެ ހަށިގަނޑު ދަންޖައްސާފައި ހުއްޓާ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެއީ މުސްލިމް ނަރުހެއް ކަމަށްވާ ނާޒިޔާ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 11 ޖަހާކަންހާއިރު ހޮސްޕިޓަލުގެ ބޭރު ފާރުގައި ވަލެއް ބޭނުންކޮށްގެން ދަންޖައްސާފައ ހުއްޓާ ފެނުނީއެ ތަނަށް ޒިޔާރަތްކުރި ބައެއް މީހުންނަށެވެ.

އެ ނަރުސްގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި މަރާލުމުގެ ކުރިން އޭނާ ވަނީ ގޭންގް ރޭޕްކޮށްފައެވެ. އެ ނަރުސްގެ މަންމަގެ ޝަކުވާގެ މައްޗަށް ބިނާކޮށް ތިން މީހެއްގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

އާއިލާގެ މެމްބަރުން ބުނާ ގޮތުގައި އެ އަންހެން މީހާ ހޮސްޕިޓަލާއި ގުޅިފައި ވަނީ މިކަން ހިނގިތާ އެއް ދުވަސް ކުރިންނެވެ. އޭނާ އެރޭ އަދާ ކުރީ ދަންވަރު ޑިއުޓީ ކަމަށް ވެއެވެ.

އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެ ހޮސްޕިޓަލް ހުޅުވިއިރު، ނާޒިޔާއަށް އެ ހޮސްޕިޓަލްގެ ނަރުހެއްގެ ވަޒީފާ ލިބުނެވެ. އަދި އޭނާ އެ ހޮސްޕިޓަލާއި ކައިރިން ކުއްޔަށް ކޮޓަރިއެއް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާގެ އާއިިލާ އިން ބުނާގޮތުގައި، ދުވާލު ގަޑީގައި ހޮސްޕިޓަލުގައި ބަލި މީހަކު ނެތުމުން އެ ނަރުސް އެނބުރި އޭނާގެ ކޮޓަރިއަށް ގޮސްފައިވެއެވެ.

"އެ ރޭ ދިހައެއް ޖަހާކަންހާއިރު، ހޮސްޕިޓަލުގެ ވެރިފަރާތުން އޭނާއަށް ގުޅި ކަމަށް ތުހުމަތު ކުރެވޭ، އޭނާ އެދުނީ ރޭގަނޑު ޑިއުޓީއަށް އައިސްދޭން،" ފުލުހުން ބުންޏެވެ.

"ނިއު ޖީވަން ހޮސްޕިޓަލުން މަރުވެފައި އޮތް އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ. މަރުގެ ހާލަތު ދެނެގަތުމަށް ޕޯސްޓް މޯޓަމް ހަދަން ވަނީ އަމުރުކޮށްފައި. އަދި އަންހެން މީހާ ރޭޕް ކޮށް، ދެން މަރާލީ ކަމަށް އާއިލާއިން ތުހުމަތު ކޮށްފައިވޭ. ތިން މީހެއްގެ މައްޗަށް މައްސަލަ އެއް ވަނީ ފައިލްކޮށްފައި. އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ،" އުނާއޯގެ އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝަޝީ ޝޭކަރް ސިންގް އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޝަޝީ ވިދާޅުވީ، އެ ނަރުސްގެ ހަށިގަނޑު ފެނުނުއިރު މޫނުމަތީގައި އޮތީ މާސްކު އަޅުވާފައި ކަމަަށެވެ. އޭނާގެ އަތުގައި ފޮތިގަނޑެއް އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެ ނަރުސް މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން ފޮނުވާފައި ވާއިރު، އެ މައްސަލަ ބަލަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިޔަ އިންޑިޔަލަށް ރޭޕިސްތާނު ކިޔަން ފެނޭ.

    10
  2. ާދިރާސާ

    އިންސާފުވެރިކަމާއެކު ތިކަން ބަލައި ތިފަދަ ކަންތައް ތަކުރާރު ނުވާވަރުގެ އަދަބު ދިނުމަށް ފެނޭ

  3. ސުބްޙާނަﷲ

    إِنَّا ِللّهِ وَإِنَّـا إِلَيْهِ رٰجِعونَ. މަރްހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ އާއިލާ އަށް ކެއްތެރިކަން ދެއްވާށި. އަނިޔާވެރިންނަށް އެކަމުގެ ހައްޤު ސަޒާ ދެއްވާށި. އިންޑިޔާގެ މުސްލިމުން ނަށް ގަދަކަންދެއްވާ އަދި އިންޑިޔާއަކީ ކުރިން އޮތްފަދަ އިސްލާމީ ވެރިކަމެއް ހިނގާފަދަ ގައުމެއްކަމުގައި ލައްވާށި. އާމީން