އިންޑޮނޭޝިއާގެ ބާލީގައި ބަރަހަނާވެގެން ފޮޓޯ ނެގި ރަޝިއާ މީހަކު ހަ އަހަރަށް ޖަލަށްލަފާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މީސް މީޑިއާގައި ހަރަކާތްތެރި އެލީނާ ފަޒްލީވާ އޮރިޔާންވެގެން ފޮޓޯ ނަގާފައި ވަނީ ބާލީގައި ހުންނަ 700 އަހަރުވީ ބޮޑު ގަހެއްގެ ދަށުގައި ހުރެގެންނެވެ. އިންޑޮނޭޝިއާގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެ ގަހަކީ ވަރަށް ހުރުމަތްތެރިވެގެންވާ "ބަރަކާތްތެރި" ގަހެކެވެ.

އިންސްޓަގްރާމްގައި މަޝްހޫރު އެލީނާގެ ފްލޯވަރުންގެ އަދަދު 16،000 އަށް ވުރެ ގިނައެވެ. މި ފޮޓޯޝޫޓާ ގުޅިގެން އެލީނާ ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

އެލީނާ ބާލީ އަށް ގޮސްފައި ވަނީ އޭނާގެ ފިރިމީހާއާ ވެސް އެކުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިންޑޮނޭޝިއާ އިން ވަނީ މި ދެ މީހުން ޑީޕޯޓްކޮށްލުމަށް ވެސް ނިންމައިފައެވެ.

އިމިގްރޭޝަނުން މި ދެ މީހުން މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެއެވެ.

އިންޑޮނޭޝިއާގެ ގާނޫނުގައިވާ ގޮތުން ރަޝިއާގެ މި މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، 78،000 ޔޫރޯ އިން ޖޫރިމަނާކޮށް ހަ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

އެލީނާ ފުރަތަމަ ވަނީ މި ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި އާންމުކޮށްފައެވެ. އެކަމަކު، އިންޑޮނޭޝިއާ ރައްޔިތުން އޭނާ އަށް ފާޑު ކިޔަން ފެށުމާ އެކު، އެ ފޮޓޯގަނޑު ވަނީ އިންސްޓަގްރާމުން ނަގައިފައެވެ.

އޭގެ ފަހުން އެލީނާ އާންމު ކުރި ވީޑިއޯއެއްގައި ބުނީ އެ ފޮޓޯ، އެ ތަނުގައި ނެގުމާ ގުޅިގެން އެކަމަށްޓާކައި އިންޑޮނޭޝިއާގެ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ މާފަށް ވެސް އެދުނު ކަމަށް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަން ރީނދޫ

    އެމަންޖެގެ ހެދުންތައް ގެއްލިގެން،ގަސްދޮށުގައި ހޯދަން ހުއްޓާ ބަޔަކު މީހުނަށް ފުއްލާއެއް ކަމަށް ހީކޮށް އޭނާގެ ފޮޓޯ ނެގުނީ. 🏖️

  2. މުނާ ވަހީދު

    މި ޤައުމުގަ ތިޔަފަދަ ކަމެއް ވިއަސް ދުވަހަކު ވެސް ފިޔަވަޅެއް ކަމާބެހޭ މުއައްސަސާއަކުން އަޅާ ތަނެއް ނުފެނޭ.

    22
    2
  3. ބުރުގާ

    ތީ ރާއްޖޭގަ ހިނގިކަމެއްނަމަ ތި 700 އަހަރުވީ ގަސް ކަނޑާލާފަ، އެ ގޮތްކުޑަ ދައިތައައް އެއްވެސް އަދަބެސް ނުދޭނެ.

    25
    3
  4. Anonymous

    ސުވާލަކީ އޮރިޔާންވަނީ ކިހާވަރަކަށް އޮރިޔާންވީމަތޯ؟
    މި ރާއްޖެއަށް އަންނަ ބައެއް ގެސްޓުންވެސް ތިބޭ އޮރިޔާމުން. އާނއެކޭ ހެދުން ލައިގެން ތިއްބަސް ބައްޓަމާއެކު ކުލަ ނިވާ ނުވަންޏާ އެތިބީ އޮރިޔާމުންނޭ.
    ފިޔަވަޅެއް އަޅަންޏާ އަޅަންވީތާ

    26
    4
  5. އަިޮލ

    ރާއްޖޭގައި ތި ފޮޓޯ ނަގަން ސަރުކާރުން ލާރި ދީގެންވެސް ގެންނާނެ..

    27
    3
    • ކަނީރު

      ކަލޭ އެންމެ ކިޔާހިއްވީ މިޚަބަރު ދޯ!

  6. ޖާމުނަގަރު

    އެމަންޖެ އޭލިއަނުން ދަހިކުރަން ޖައްވަށް ފޮޓޯ ފޮނުވަން އުޅޭތީނޫންތަ ފޮޓޯނެގީ !!