ބޮލީވުޑްގެ މަޝްހޫރުގެ ބަތަލާ ކާޖަލް އަގަރްވާލް އޭނާގެ އަލަތު ދަރިފުޅު ދައްކާލައިފި އެވެ.

މަންމައިންގެ ދުވަހާއި ދިމާކޮށް ކާޖަލް އިންސްޓަގްރާމްގައި ވަނީ ދަރިފުޅު އުރާލައިންގެން އޮންނަ ފޮޓޯއެއް ލާފަ އެވެ.

އެ ޕޮޓޯގައި ކާޖަލްގެ ދަރިފުޅުގެ މޫނެއް ނުފެނެ އެވެ. ނަމަވެސް އަތާއި މޫނުގެ އެއްފަޅި ކުޑަކޮށް ފެނެ އެވެ.

އެ ޕޯސްޓުގައި އޭނާގެ ދަރިފުޅުދެކެ ލޯބިވާވަރު ހާމަކުރަމުން ކާޖަލް ބުނެފައިވަނީ މަންމަ އަކަށް ވުމުން ވަރަށް އުފަވާ ކަމަށާއި އައި އެއީ ވަރަށް ބޮޑު ނިޔުމަތެއް ކަމަށެވެ.

ކާޖަލް އޭނާގެ އަލަތު ދަރިފުޅު ވިހާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ކާޖަލްއަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ކާޖަލް އޭނާގެ ފިިރިމީހާ ގޯތަމްއާ ކައިވެނި ކޮށްފައިވަނީ 2020 ވަނަ އަހަރުގައި ކޮވިޑްގެ ލޮކްޑައުންގެ ތެރޭގަ އެވެ.

ކާޖަލް އޭނާ ބަނޑުބޮޑުކަން އިއުލާނު ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ.

ކާޖަލް އަގަރްވާލް ވަނީ ބޮލީވުޑް އަދި ޓެލީވުޑްގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސްގެ "ހޭ ޝަމީކާ" ފިލްމުން ނެވެ.