ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ކާޖޮލް ވަނީ އޭނާ މީސް މީޑިއާއިން ބްރޭކެއް ނަގަން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. އަދި މިއަދު އޭނާ ވަނީ އިންސްޓާގްރާމާއި ޓްވިޓާގައި ޕޯސްޓް ކޮށްފައި ހުރި ހުރިހާ ޕޯސްޓެއް ޑިލިޓްކޮށް، ޕޯސްޓެއް ކޮށްފައެވެ.

އެ ޕޯސްޓްގައި އޭނާ ލިޔެފައި ވަނީ "އުނދަގޫ ދުވަސްތަކާއި މި ދަނީ ކުރިމަތިލަމުން". "މީސް މީޑިއާއިން ބްރޭކެއް އެބަ ނަގާލަން". މިހެންނެވެ.

ނަަމަވެސް އޭނާއަށް ދިމާވެގެން އުޅޭ އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިއާއެކު އޭނާގެ ފޭނުން ތިބީ މާޔޫސްވެފައެވެ. ދިމާވެގެން އުޅެނީ ކޮން މައްސަލައެއްކަން ނޭނގިއެވެ.

ކާޖޮލްގެ އިންސްޓަގްރާމް ޕޯސްޓަށް ސަޕޯޓަރުންގެ އެތައް ކޮމެންޓެއް އައިސްފައިވާއިރު، ގިނަބަޔަކު ވަނީ ކާޖޮލްގެ އެ ނިންމުމާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ.

"ކީއްވެ އެހާ ކުއްލިއަކަށް" އެކަކު ލިޔެފައި ވެއެވެ. އިތުރު މީހުން ވަނީ ބަތަލާއަށް ހެޔޮ އެދުންތައް ފޮނުވާފައެވެ. އެތައް ބަޔަކު އޭނާއަށް ހިތްވަރުދީވެސް މެސެޖް ކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by Kajol Devgan (@kajol)


ކާޖޮލްގެ މޯސް މީޑިއާ ޕޯސްޓުތަކުން އަބަދުވެސް އޭނާގެ ފޭނުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭކަން ފާހަގަކޮށްލެެވެއެވެ.

އަދި އޭނާއަކި ފިރިމީހާ އަޖޭ ދޭވްގަން އާއި ދަރިން ކަމަށްވާ ނައިސާ ދޭވްގަން އާއި ޔޫގް ފަދަ އާއިލާގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާ ކުރާ ފަންނާނެކެވެ. އަދި އޭނާގެ ފިލްމުތަކުން ނަގާފައިވާ ތްރޯބެކް ފޮޓޯތައް ވެސް އިންސްޓަގްރާމްގައި ވަރަށް ގިނައިން ލައެވެ.

ކާޖޮލް ދެން އެންމެ އަވަހަށް ފެނިގެންދާނީ ކުރިއަށް އޮތް ފިލްމް ލަސްޓް ސްޓޯރީޒް 2 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސެން `

    އަޖޭ އާއި ދެމީހުން ވަރިފަށަށް އެރީ

  2. ކުރަނޑިފަތި

    ވަރިފަށައް އެރީ. ފައްކަޑާފާނޫނީ ދޫކޮއްނުލާތި އަންހެނާ...

  3. ގައްބަރު ސިންގު

    ކައްދާ އަޖޭއައް ވަގައް ޟާުހުއާ ގުޅިގެންއުޅެނީ އަދިކުރިކަމަކީ ޟާހުއައް ވަރައްގިނަ އުއްމަދީފަވީ އެކަމާ އަޖޭރުޅިއައީ

  4. ލަކްނައު

    އަހަރެން ތިޔަށްތުރެން މާލޮޅު ހަޔާތެއްވެސް ކާޖަލްއަށް ހޯދާދީފާނަން. ހާސްނުވޭ،އެއް އަޖޭ ގެއްލިއްޖިއްޔާ،ހާސް އަޖޭ ހޯދާ ދޭނަން.

  5. ރިއާނު

    އިންސްޓަގްރާމް އެކައުންޓުގައި އަދި އެބަހުރި ޕޯސްޓް ތައް.
    ތިވާނީ ދެން އެންމެ އަވަހަށް ނިކުންނަ ފިލްމް / ސީރީޒް ގެ ޕްރޮމޯޝެނެއް ކަމަށް.