މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ކުރި ފުރަބަންދާއި އެކީ އުފަންދުންތެރި ގިނަ ބަޔަކު ދުނިޔޭގެ އެކި ހިސާބުތަކުން އުފެދިގެން ގޮސްފައިވާ ކަމަށް ދިރާސާއަކުން ބުނެފިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގެ ދިރާސާ ކުރާ ފަރާތްތަކުން ހެދި މި ދިރާސާއަކީ 2020 ވަނަ އަހަރުގެ މާޗް މަހުން މެއި މަހުގެ ނިޔަލަށް ފްރާންސްގެ ފުރަތަމަ ފުރަބަންދުގައި އެގައުމުގެ ބަހުން ވާހަކަ ދައްކާ 400 އަށް ގިނަ މީހަކު ބައިވެރި ކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.

ދިރާސާގެ ފުރަތަމަ ބައިގައި ހިމަނާފައިވަނީ ގިނަ ދުވަސްތަކެއް ގޭގައި ތިބެގެން ބައިވެރިންގެ ހާލަތާއި އިހުސާސްތައް ދެނެގަތުމަށް ކޮށްފައިވާ ސުވާލުތަކެކެވެ. އެގޮތުން ބައިވެރިންގެ ދިރިއުޅުން ހުރި ގޮތުން ވަނީ ސުވާލު ކޮށްފައެވެ.

ދެވަނަ ބައިގައި ދިރާސާވެރިން ވަނީ އެކި ކަހަލަ ކަންކަން ކުރުމަށް އެފަރާތްތަކާއި ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކެއްކުން، ފެހުން، ބަގީޗާ ހެއްދުން ފަދަ ކަންކަން ވަނީ ކުރުވާފައެވެ. އަދި އެފަރާތްތަކުން މީގެ ކުރިން އެކަން ކޮށްފައިވޭތޯ އާއި ނޫނީ އެއީ ފުރަބަންދު ތެރޭގައި ފަރިތަ ކުރި ކަންކަންތޯ ވަނީ ސުވާލު ކޮށްފައެވެ.

ދިރާސާގައި ބައިވެރި މީހުންގެ އެކި ކަހަލަ 40 ހަރަކާތްތައް ކޮށްފައިވާ މީހުންގެ 40 އިންސައްތަ އެކަންކަމަށް ފަރިތަކަން ވަނީ ފާހަގަވެފައެވެ. އެހެން ކަމުން ފުރަބަންދުގެ ތެރޭގައި ގިނަ ބަޔަކު މޯޓިވޭޓްވެފައިވާ ކަމަށާއި ހަރުދަނާ ބަޔަކަށްވި ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.