އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝާންތަނައު މުކަރްޖީ (ޝާން) އާއި ރާއްޖޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ލަވަކިޔުންތުންތެރިޔާ މަރިޔަމް އުނޫޝާއާއެކު ކިޔަވާފައިވާ ލަވަ ގިނަ ބަޔަކަށް ކަމު ގޮސްފިއެވެ.

ޝާންގެ ޔޫޓިއުބް އެކައުންޓްގައި "ދިލް އުޅެޔާ" އިއްޔެ ނެރެފައިވާއިރު މިހާތަނަށް 41,872 މީހުން ވަނީ އެ ވީޑިއޯ ލަވަ ބަލައިފައެވެ.

ގިނަ ބައެއްގެ ތައުރީފް ވެސް އެ ލަވައަށް ވަނީ ލިބިފައެވެ. އެގޮތުން ޔޫޓިއުބް ޗެނަލްގައި މިވަގުތު އެކަނި ވެސް 239 މީހުން ވަނީ ލަވަ ކަމު ގޮސްގެން ކޮމެންޓް ކޮށްފައެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ލަވައިގެ ލިރިކްސް ވަރަށް ރީއްޗެވެ. އަދި އުނޫޝާ އާއި ޝާން ލަވަ ކިޔާފައިވާ ގޮތް ވެސް ވަރަށް ކަމުދާ ކަމަށް ބުނެފައިވެއެވެ. އެ ލަވަ ބަލާ ފޫހި ނުވާ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ދިވެހިންގެ އިތުރުން އިންޑިއާގެ ގިނަ ބައެއްގެ ތައުރީފް ވެސް އެ ލަވައަށް ވަނީ ލިބިފައެވެ.

އެ ލަވައިގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ދެ ރިސޯޓްގައެވެ.

އެ ލަވަ ފެށެނީ އުނޫޝާ ބޭންޑާއެކު ލަވަ ކިޔަން ތައްޔާރުވެ ހުރެ، ޝާންއަށް ގޮވާ ތަނުންނެވެ. ލަވަ ފަށަނީ ޝާންއެެވެ. ރިސޯޓްގައި އުނޫޝާ އާއި ޝާން އުޅޭ މަންޒަރު ފެންނަ ވީޑިއޯ ކްލިޕްތައް ލަވައިން ފެނިގެން ދެއެވެ.

އެ ލަވައިގެ ބޮޑުބައި ޝާން އާއި އުނޫޝާ ކިޔަނީ ހިންދީ ބަހުންނެވެ. ނަމަވެސް ލަވައިގައި ކޮންމެވެސް ވަރަކަށް ދިވެހި ބައިތައް ހިމަނާފައި ވެއެވެ. އުނޫޝާ އާއި ޝާންވެސް ދިވެހި ބައިތައް ލަވައިގައި ކިޔައެވެ. މިއީ އެހުންތެރިންނާއި ބެލުން ތެރިންނަށް ބޮޑު ސަޕްރައިޒަކަށް ވާނެ ކަން ޔަގީނެވެ.

ލަވައިގެ ދިވެހި ލިރިކްސް ލިޔެފައި ވަނީ އަހްމަދު އަބްދުލް ޣަނީ (ތޭރާވާ) އެވެ.

އުނޫޝާއަކީ މީގެ ކުރިންވެސް ބޮލީވުޑްގެ ފިލްމްތަކަށް ލަވަ ކިޔާދީފައިވާ ފަންނާނެކެވެ.

"ދިލް އުޅެޔާ" ނެރެފައި ވަނީ ޝާން މިއުޒިކްގެ ފަރާތުންނެވެ. ލަވަ ކޮމްޕޯޒް ކޮށްފައިވަނީ ޝާންއެވެ. އަދި ލަވައިގެ ހިންދީ ލިރިކްސް ލިޔުނީ ރާޖޭސް މަންތަންއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ފުރަތަމަ ބަލާލުމުންވެސް ފޫހި ވެއްޖެ ، މިހާރު ބެލުނު މޮޔަ ހިތައް އަރާފަ މީނީ.

    18
    10
  2. ހދޖސ

    ހަޑި

    11
    4
  3. ަސދ

    މިލަވަ ކަމުދޭ.

    2
    2
  4. Anonymous

    ރާއްޖޭގެ ރީތި މޫދާ ތަންތަން އެޑިޓްކޮށް ކުލަ ބަދަލުކޮށްފަ ހުރީމަ އެއްގޮތަކަށްވެސް ކަމަކު ނުދޭ. މާ ބޮޑަށް އެފެކްޓްސް ލާފަ ހުރީ

    1
    1