މަޝްހޫރު ބޮޑުބެރު ގްރޫޕް ހޭވައްލާއިން ބޮޑު އީދާ ދިމާކޮށް ލަވައެއް ނެރެން ނިންމައިފި އެވެ.

ހޭވައްލާގެ މެނޭޖަރު އަހުމަދު ވަލީދު (ފިއްޓެ) ބުނީ އީދު ލަވަ ވަރަށް ވެސް ތަފާތު ވާނެ ކަމަށެވެ. އެ ލަވަ ނެރެން ނިންމާފައި ވަނީ އީދު ދުވަހު ހޭވައްލާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

ހޭވައްލާ ބޮޑު ބެރު ގްރޫޕަށް އަދި ވީ އެންމެ ދެ އަހަރު ނަމަވެސް އެ ގްރޫޕްގައި އަށް އަހަރުގެ ތަޖުރިބާ ހުރި ފަންނާނުން ހަރަކާތްތެރިވެއެވެ.

އޭގެ ތެރޭގައު މޯލްޑިވިއަން އައިޑަލްއިން ވަރަށް ބޮޑަށް މަޝްހޫރުވެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ނައުޝާދް ލަތީފް (ޒަރޭ)، އަބްދުﷲ މުރުޝިދް (ލާރާ)ވެސް ހޭވައްލާ ގްރޫޕްގައި ހަރަކާތްތެރިވެއެވެ.

މީގެ ކުރިން ވެސް އީދާ ދިމާކޮށް ހޭވައްލާ ބޮޑު ބޮރު ގްރޫޕުން ލަވަތައް ނެރެފައި ވެއެވެ. އަދި އީދުތަކުގައި ކުލަ ގަދަ ޝޯތައް ވެސް އެ ބޮޑުބެރު ގްރޫޕުން ދީފައި ވެއެވެ.

މި ފަހަރުގެ އީދުގައި ވެސް ހޭވައްލާ ބޮޑު ބެރު ގްރޫޕް ބުކް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ބުކް ކުރަން ބޭނުން ނަމަ 7966686 އަދި 7438996 އަށް ގުޅައިގެން ބުކް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޭލައްވަބަލަ ދެން

    ބަންގި ގަޑީ އަދި ކޮން ލަވައެކޭ ކިޔާކަށް؟

    2
    1
  2. ސ×އްދެތރ54

    ވަރަށް ތަފާތުވާނެ.. ކިޔާނީ ހަމަ އެކައްޗެއް.. އީދޭ ފެންޖަހާށޭ ގަހަށް އަރާށޭ ފެންބޯށޭ ކުލަ ޖަހާށޭ ދެން ކަރުބުޑުން ފެލިލާފާ ކޮސް ރެޕު ޖެއްސީމާ ތަފާތު ވާނެ

  3. އާށިއު

    ތީ ހަމަ ތަފާތު ޓީމެއް

  4. އައިޝާ

    2 އަހަރަކަސް އެމީހުން ޖަހާބެރުގަ ހުރޭ ނިކަން ވަރު ސަހާދެއް މިބުނީ

  5. ނާޒިރު

    ކާންޓް ވެއިޓް ހަމަ. ކުރިން ލަވަތަށް ވެސް ވަރަށް ރީތި.

  6. ޢަހްމަދު

    ދިވެހި ވަނއތަ ލަވައެއް ފެންނާނެ ކަމަށް އުންމީދުކުރަން