އަންނަ މަހުގައި ފެށޭ ބޮޑު އީދާ ފޯރި ގަދަ ލަވައެއް ނެރެން ނ. އަތޮޅު މަނަދޫއަށް ނިސްބަތްވާ ފޯރިގަދަ ނަށާ ގްރޫޕް "ހިޔަލަ ޑާންސް ގްރޫޕް" އިން ތައްޔާރުވެއްޖެ އެވެ.

އެ ޑާންސް ގްރޫޕްގެ މެނޭޖަރު އަހުމަދު އަބްދުﷲ ބުނީ، އެ ގްރޫޕްގެ ފަރާތުން މި ފަހަރުގެ ބޮޑު އީދަށް ފޯރިގަދަ ލަވައެއް ނެރެން ތައްޔާރު ވަމުންދާ ކަމަށެވެ.

އީދަށް ނެރޭ ލަވައަކީ ތޮއްޑޫ ބަނޑިޔާ ގްރޫޕްގެ "އައި ޒަމާނޭ" ގެ ރިމޭކެކެވެ. އެ ލަވައަށް ކުޑަކޮށް ބަދަލު ގެނެސްފައިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

އަހުމަދު ފާހަގަކުރިގޮތުގައި، އެ ލަވަ ނެރެން ހަމަޖެހިފައިވާ އީދު ކުރިންނެވެ.

" ލަވައިގެ ޝޫޓިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. ލަވައިގެން ފެނިގެންދާނެ އަޅުގަނޑުމެން ގްރޫޕްގެ ނެށުން. އަދި ކުރީގައި ދިވެހިން ކުޅުނު ބައެއް ކުޅިވަރުތައް ކުޅޭ މަންޒަރުވެސް ފެނިގެންދާނެ." އަހުމަދު ބުންޏެވެ.

ލަވަ ކިޔާފައިވަނީ ޖޫނި އާއި އައިނީއެވެ. މިއުޒިކް އަދި ކޮމްޕޯޒް ކޮށްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް އަލީ (ކުޑަ އިއްބެ) އެވެ.

އަދި ލަވައިގެ ޅެން ހެދީ އަބްދުﷲ ޝާހިދެވެ. ވީޑިއޯ ކޮށްދެނީ ޝުޖާއު އެވެ.

އަހުމަދު ބުނިގޮތުގައި، އެ ލަވައިގެން އިވިގެން ދާނީ އެއްބައިވަންތަ ކަމަށާއި އީދުގެ ވާހަކަތަކެވެ

ހިޔަލަ ޑާންސް ގްރޫޕުން މީގެ ކުރިން ނެރުނު ލަވަތާއި މި ފަހަރު ނެރެން ހަމަޖެހިފައިވާ ލަވަ ވަރަށް ތަފާތު ވާނެ ކަަމަށް އެ ގްރޫޕުން ބުނާއިރު، ލަވައިގެ ކޮލިޓީވެސް ރަނގަޅުވާނެ ކަމަށް ބުނެފައި ވެއެވެ.

އެ ލަވައަށް ސްޕޮންސަރުން ވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ލަވަ ނެރުމަށް ފަހުގައި ޓީވީ ޗެނަލް ތަކަށް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ލަވަ ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނެ ނަމްބަރަކީ 7537525 އެވެ.

ހިޔަލަ ޑާންސް ގްރޫޕަކީ އީދާއި، އެ ނޫންވެސް ހަރަކާތްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޝޯ ދެމުން އަންނަ ޒުވާން ނަށާ ގްރޫޕެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޫނީ

    ތިޔަ ގުރޫޕް ގަ ތި ތިބަ ކުދިންގެ ފަތިފުއްބަލާލަބަލަ. ސަލާމަތުން ނެތް އެކަކުވެސް

    9
    5
  2. ޝާނާ

    މީ ހުނަރުވެރި ކުދިން ކޮޅެއް

    2
    7