ބޮލީވުޑް އެކްޓްރެސް ދިޕިކާ ޕަދުކޯނާއި އެކްޓަރު ރަންވީރް ސިންގްހް ރައްޓެހިވެގެން އެތައް ދުވަހަކު އުޅުމަށްފަހު މިހާރު ދެމީހުން އެންގޭޖްވެ، ކައިވެނީގެ ކަންތައްތަކަށް ތައްޔާރުވަމުން ދާއިރު، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މި ދެ ލޯބިވެރިން ކައިވެނި ކުރަން އުޅޭ ޚަބަރު މީގެ ކުރިން ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. މިހާރު މި ދެ ލޯބިވެރިންގެ ކައިވެނީގެ ހަފްލާ ބާއްވާނެ ތަނަކާއިމެދު މަޝްވާރާތައް ކުރެވެމުންދާއިރު، އެކްޓްރެސް އަނުޝްކާ ޝަރުމާއާއި ވިރާތު ކޮލީއެކޭ އެއްގޮތަށް ދިޕިކާއާއި ރަންވީރުގެ މަންޒިލަކަށް ވެފައިވަނީ އިޓަލީއެވެ.

ބޭރުގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ދިޕިކާއާއި ރަންވީރް ކައިވެނި ކުރުމަށް ހަމަޖެހިފަިއވަނީ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ކައިވެނީގެ ހަފްލާ ބޭއްވުމަށް ވަރަށް ކުރިއްސުރެވެސް އިޓަލީ ޚިޔާރުކުރި ނަމަވެސް ސީދާ މަންޒިލް ފައިނަލް ނުކުރެވޭތީ އެ ވާހަކަ އާންމު ނުކުރީ ކަމަށްވެސް ރިޕޯޓްތަކުގައި ވެއެވެ.

"މިހާރު މިވަނީ އިޓަލީގެ ލޭކް ކޮމޯ އެމީހުންގެ ކައިވެނި ހަފްލާގެ މަންޒިލަކަށް ފައިނަލް ވެފަ. މި ހިތްގައިމު ތަން ޚިޔާރު ކުރީ ދުރުދުރުން ފެންނަ މަންޒަރު ތަކާއި މޫދުގެ ވިއު ރީތި ކަމުންކަމަށްވެސް އެދެމީހުން ބުނެފައިވޭ." މީޑިއާތަކަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

އިޓަލީގެ ލޮންބާރޑީގައި ހުންނަ ލޭކް ކޮމޯ އަކީ އެހާމެ ހިތްފަސޭހަ ހިތްގައިމު މާހައުލެކެވެ. އަދި އެއީ ދުނިޔޭގެ އެތައް ބަޔަކު ކައިވެނީގެ ހަފްލާ ބާއްވާ މަންޒިލެއްވެސް މެއެވެ.

މިކަމާއި ގުޅިގެން، ދިޕިކާ އާއި ރަންވީރްވެސް ވަކި އެއްޗެއް ބުނެފައި ނުވާއިރު، ދެމީހުން ކުރެ އެކަކުވެސް އަދި އޮފިޝަލް ސްޓޭޓްމެންޓެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބިސް

    ޑޫ އައި ލުކް ލައިކް އައި ކެއާ؟؟

    • Anonymous

      ޔެސް.... އޯރެލްސް ވައި ދަ ހެކް ޔޫ ކޮމެންޓް ؟؟