މަރުވެފައިވާ މަކުނުތައް ރޮބޮޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ސައިންސްވެރިން ފަށައިފިއެވެ.

މިމަސައްކަތް ސައިންސްވެރިން ފަށާފައިވަނީ މެކޭނިކަލް އިންޖިނިއަރިން ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށްވާ ފަޔޭ ޔަޕްއަށް މަރުވެފައިވާ މަކުނެއް ފެނިގެން އެކަމާއި ބެހޭ ގޮތުން ވިސްނުމުންނެވެ.

މަކުނުތަކުގެ ފައިގައި ހުންނަ އެއްޗެއްގެ ސަބަބުން އެފަދަ ދިރޭ އެއްޗިއްސަށް ބަރު ތަކެތި އުފުލުމުގެ ބާރު ލިބިގެންވެއެވެ. އެހެން ކަމުން އެފަދަ ދިރޭ ތަކެތި މަރުވި ކަމުގައިވީނަމަވެސް އެކަން ކުރެވެއެވެ.

އެފަދަ ވިސްނުމެއް ލިބުމާއި އެކީ އޭނާ ވަނީ އޭނާއާއި ކިޔަވަމުން އަންނަ ޑެނިއަލް ޕްރެސްޓަން ނަމަކަށް ކިޔާ ދަރިވަރަކާއި އެކީ މަކުނުތައް ރޮބޮޓެއްގެ ގޮތުގައި ބޭނުން ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެތަކެއްޗަށް 'ނެކްރޮބޮޓިކްސް' ނަމުން ނަންދީ އެފަރާތްތަކުން ވަނީ އެކަން ކާމިޔާބު ކޮށްފައެވެ.

އެފަރާތްތަކުން ބުނެފައިވަނީ މަކުނުގެ ގަޔަށް އެމީހުން ކޮންމެ ވެސް ކަހަލަ އިންޖެކްޝަނެއް ޖެހި ކަމަށާއި އޭގެ ފަހުން އެމީހުން ބޭނުންވާ ގޮތަށް ތަކެތި އުފުލުމަށް މަކުނުގެ ފައި ބޭނުން ކުރެވޭ ކަމަށެވެ.

އެފަރާތްތަކުން ބުނީ އެންމެ ފުރަތަމަ މަކުނުގެ ގަޔަށް އިންޖެކްޝަން ޖަހާފައިވަނީ އެއްވެސް ގޮތަކަށް އެކަން ކާމިޔާބުވާނެ ކަމަށް ބަލާފައި ނޫން ކަމަށެވެ.

ނަމަވެސް މިހާރު އެކަން ކާމިޔާބުވެ، މަކުނު ބޭނުން ކޮށްގެން ލެބޯޓްރީގައި ބޭނުން ކުރާ ކުދިކުދި އާލާތްތައް އުފުލުމަށް މަކުނު ބޭނުން ކުރެވޭ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިޔާލެއް

    އޭގެ ހުއްދަ ނެތި އިހުތިޔާރެއް ނެތި އެ ކުޑަ ނަފުސު ލައްވަ އަޅު މަސައްކަތް ކުރެވޭނެބާ

    9
    1
  2. ނަގުލު ފިއްތި

    ބޭކާރު ކަންތަށް

  3. އަޙްމަދު

    ނަރު ކޮޅެއް ބުލިގަނޑަކަށް ހަދާފަވެސް ތިކަހަލަ ރޮބަޓް ހެދިދާނެ .