ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުކުރާ ޖަންކް ފުޑް ނުކާތާ ދެ މަސް ވެދާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރް ބުނެފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި ޖާންވީ ވަނީ އޭނާގެ ޑައިޓް އަދި އިވެންޓަކަށް ތައްޔާރުވާ ގޮތްތައް ހިއްސާކޮށްފައެވެ.

ޖާންވީ ބުނި ގޮތުގައި އޭނާ ތަނަކަށް ދާން ތައްޔާރު ވާން 50 މިނެޓް ނަގާނެއެވެ. އޭނާއަށް އެއަށްވުރެ އަވަހަށް ތައްޔާރު ނުވެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާ ލާ ހެދުމަށް ބައެއް މީހުން ފާޑު ކިޔާކަން ފާހަގަކުރަމުން ޖާންވީ ބުނީ މީހުން އޭނާގެ ހެދުމާއި މެދުގައި ދެކޭ ގޮތާއި މެދުގައި އޭނާ އަޅާ ނުލާ ކަމަށެވެ.

ސިއްހަތުގެ ވާހަކަ ދައްކަމުން ޖާންވީ ބުނީ އޭނާ މިހާރު ކަނީ ހަށިގަނޑަށް ވަރަށް ބަލައިގެން ކަމަށެވެ. އެގޮތުން އެއްވެސް ޖަންކް ފުޑްއެއް ނުކާތާ މިހާރު ދެ މަސް ވެދާނެ ކަމަށް ޖާންވީ ބުނެއެވެ.

އޭގެ ސަބަބަކަށް ޖާންވީ ބުނީ އޭނާ ކުޅެން ހަމަޖެހިފައިވާ ފިލްމަށް ހިކެން ޖެހޭތީއެވެ. އެ ފިލްމުން އޭނާ ފެނިގެން ދާނީ ކްރިކެޓް ކުޅުންތެރިންގެ ބައިން ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިކަހަލަ ޢިއްފަތްތެރިކަމެއް ނެތް އަންހެނުންގެ ފޮޓޯތަކުން ނޫހެއްގެ ސަފުހާތައް ހަޑިކުރާ ބަޔަކު މި ވަގުތު ވާ މެނުވީ ނުވޭ.